ދިވެހިބަހުގެ އެކެޑަމީ
ދިވެހިރާއްޖެ
އޮފީސް އެސިސްޓެންޓް

ދިވެހިބަހުގެ އެކެޑަމީ

      މާލެ،

    ދިވެހިރާއްޖެ.

                                                               ނަންބަރު: (IUL)430-DBA-I/1/2017/2

 

  އިޢުލާން 

ދިވެހިބަހުގެ އެކެޑަމީގެ ނަންބަރު: (IUL)430-DBA-I/1/2017/01 އިޢުލާނަށް އެންމެ ފަރާތަކުންވެސް ކުރިމަތިލައިފައިނުވާތީ، އެ އިޢުލާނު ބާޠިލުކޮށް އަލުން އެކަމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލީމެވެ. އެހެންކަމުން ދިވެހިބަހުގެ އެކެޑަމީގެ އޮފީސް އެސިސްޓެންޓެއްގެ ގޮތުގައި މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން މިކަމަށް އެދި ހުށަހެޅުން އެދެމެވެ.

މަޤާމުގެ ނަން:

އޮފީސް އެސިސްޓެންޓް

ބޭނުންވާ ޢަދަދު:

1

ރޭންކު:

އެސް. އެސް. 2

ކުލެސިފިކޭޝަން:

ސަޕޯޓް ސްޓާފް ގްރޭޑް: 2

މުސާރަ:

3470.00  ރުފިޔާ

ސަރވިސް އެލަވަންސް:

1000.00 ރުފިޔާ

މަޤާމު ގިންތި:

ދާއިމީ

މަސައްކަތްކުރަން ޖެހޭ ސެކްޝަން:

އިދާރީ ހިންގުމާއި ފައިސާ  

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ދިވެހިބަހުގެ އެކެޑަމީ/ މާލެ،

ޝަރުތު:

- ޤައުމީ އޮނިގަނޑުތަކުގެ ތެރޭގައި ހިމެނޭ ދާއިރާއެއްގެ ސަނަދެއް ހާސިލުކޮށްފައިވުން.

ނުވަތަ

- މަޤާމަށްބޭނުންވާ ތަމްރީނެއް/ލައިސަންސެއް/ހުއްދައެއް/ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

  1. އޮފީހުން ބަހަންޖެހޭ ތަކެތި ބެހުމާއި އޮފީހަށް ގެންނަންޖެހޭ ތަކެތި ގެނައުން.
  2. އޮފީހުގެ ޚިދުމަތްތައް ހޯދަން އަންނަ ފަރާތްތަކަށް މަގުފަހިކޮށްދިނުން.
  3. އޮފީސްހުޅުވާ ލެއްޕުމަށްޓަކައި ތަޅުދަނޑި ގެނެސް،ގެންދިއުން.
  4. އޮފީހުން ބާއްވާ ޖަލްސާތަކާއި ޙަފްލާތައް ތައްޔާރުކުރުމުގައި ޢަމަލީގޮތުން ބައިވެރިވުން.
  5. އޮފީހަށް ގަންނަންޖެހޭ ތަކެތި އޮފީހަށް ގެންނަންޖެހޭ ޙާލަތްތަކުގައި ގެނެސްދިނުން.
  6. އޮފީހުގެ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުން.

މީހަކު ހޮވުމުގައި ބަލާނެ ކަންތައްތައް:

  1. މަޤާމުގެ މަސައްކަތުގެ ހުނަރާއެކު ތަޖުރިބާ ލިބިފައިވުން.
  2. އޮފީހުންކުރާ މަސައްކަތްތަކުގެ ދާއިރާގެ ތަޖްރިބާ ލިބިފައިވުން.
  3.  ގިނަ ވަގުތު މަސައްކަތުގައިއުޅެވޭނެ މީހަކު ކަމުގައިވުން.
  4. ރަނގަޅު ޞިއްޙަތެއްގައި ހުރި މީހަކު ކަމުގައިވުން.
  5. މީހުންނާ މުޢާމަލާކުރުމުގައި އިޙްތިރާމާއެކު މުޢާމަލާތުކުރުން.

ސްކްރީންކުރުމުގައި ބަލާނެ ކަންތައްތައް:

- އިޢުލާނުގައިވާ ސުންގަޑިއަށް ފޯމު ހުށަހަޅައިފައިވުން.

- ވަޒީފާއަށް އެދި ހުށަހެޅި ލިޔުންތައް ހަމައަށް ހުރުން.

- ސިވިލް ސަރވިސްގެ ވަޒީފާއަށް ޢައްޔަންކުރުމުގެ ޝަރުތުތައް ފުރިހަމަވެފައިވުން.

- އިޢުލާނުގައިވާ އަސާސީ ޝަރުތުތަކުން ޝަރުތެއް ފުރިހަމަވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު. (މި އެކެޑަމީން ލިބެން ހުންނާނެއެވެ. އަދި އެކެޑަމީގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ.)

2. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދީފައިވާ ލިޔެކިޔުންތައް. (މަސައްކަތް ކޮށްފައިވާ މުއްދަތު އެނގޭނޭގޮތަށް)

3. ތަޢުލީމީ ސެޓްފިކެޓުތަކުގެ ނަކަލު

3.1 އެމް. ކިޔު. އޭ އިން ފެންވަރު ބައްލަވައިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީ ކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖޭން ބޭރުގެ ޕްރޮގްރާމުތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓުތަކާއި، ރާއްޖޭން ބާރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކަކުން ހިންގާ ރާއްޖޭން ބޭރުގެ ޕްރޮގްރާމުތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު، ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެއްވޭނެކަމަށް އެމް. ކިޔު، އޭ އިން ދޫކުރައްވައިފައިވާ ލިޔުމުގެ ކޮޕީ އާއި ތްރާންސްކްރިޕްޓުގެ ކޮޕީ)

3.2 ރާއްޖޭގައި ރަޖިސްޓްރީ ކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިޔަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓްފިކެޓުތަކުގެ ކޮޕީ. (މިފަދަ ސެޓްފިކެޓުތައް އެކްރެޑިޓްކުރާކަށް ނުޖެހޭނެއެވެ.) ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ.

3.3 ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ.

3.4 ފުރިހަމަކޮށްފައިވާ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓްފިކެޓުތަކުގެ ކޮޕީ.

5. ސަރުކާރުގެ ނުވަތަ ސިވިލް ސަރވިސްގެ އޮފީހެއްގެ ބޮންޑެއްގައި ހުރި މުވައްޒަފެއްނަމަ، ދިވެހިބަހުގެ އެކެޑަމީއަށް ބަދަލުވުމާމެދު އިޢުތިރާޒެއްނެތްކަމުގެ ލިޔުން.

6. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފުކޮޕީ. (މުއްދަތު ހަމަނުވާ އަދި ދެފުށުގެ ލިޔުންތައް ފެންނާނޭގޮތަށް)

7. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ނަންބަރާއި އީމޭލް އެޑްރެހާއެކު)

 

ފޯމު ހުށަހަޅަންވީ ސުންގަޑި:

2017 ޖަނަވަރީ 29 ވާ އާދީއްތަ ދުވަހުގެ 1.30

ފޯމު ހުށަހަޅަންވީ ތަން:

ދިވެހިބަހުގެ އެކެޑަމީ، ހ. ސޯސަންގެ

 

އިތުރު މަޢުލޫމާތު:

 

 

- ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު މި އެކެޑެމީގެ ކައުންޓަރުން، ބަންދު ނޫން ކޮންމެ ދުވަހެއްގެ 8.00 ން 14.00 ށް ލިބެން ހުންނާނެއެވެ. އަދި މި އިޢުލާނާއި ފޯމު ދިވެހިބަހުގެ އެކެޑެމީގެ ވެބްސައިޓް: www.dhivehiacademy.edu.mv އިން ލިބެން ހުންނާނެއެވެ. ވަޒީފާއަށް އެދޭ ފޯމު ސިވިލްސަރވިސްގެ ވެބްސައިޓުން ވެސް ލިބެން ހުންނާނެއެވެ.

- މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރަން ގުޅާނީ 3345299 ނުވަތަ 3345297  ނަންބަރު ފޯނާއެވެ.

- މި މަޤާމަށް އެދި ކުރިމަތިލާ މީހުންގެ ތެރެއިން މީހަކު ހޮވަން ބާއްވާ ބަސްދީގަތުން އޮންނާނީ، މި އިޢުލާނުގެ މުއްދަތު ހަމަވާތާ އެއް ހަފުތާ ފަހުންނެވެ. ބަސްދީގަތުން އޮންނާނީ ދިވެހިބަހުގެ އެކެޑެމީގައެވެ.  

 

 

21 ރަބީޢުލްއާޚިރު 1438

 19 ޖަނަވަރީ 2016

19 ޖަނަވަރީ 2017
ހޯދާ