މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
20 ޓްރަފް ސިސްޓަމް ތައްޔާރުކުރުމާއި ގުޅޭ

               މި މިނިސްޓްރީގެ ފަރާތުން ހިންގުމަށް ހަމަޖެހިފައިވާ ހައިޑްރޮޕޯނިކްސް ސިސްޓަމް ޤާއިމްކުރުމުގެ ޕްރޮގްރާމަށް ބޭނުންވާ ތިރީގައިވާ ތަކެތި  ތައްޔާރުކޮށް ހދ. ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރަށް ފޯރު ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރެވުނު ނަމްބަރ IUL)30-C/30/2017/2)  އިއުލާނާ ގުޅިގެން ދެވުނު މައުލޫމާތައް ބަދަލު އައުމާ ގުޅިގެން މިއިއުލާން ބާތިލްކޮށް އަލުން މިކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލަމެވެ.

 

  • 20 ޓްރަފް ސިސްޓަމް

 

       ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2017 ޖަނަވަރީ  24 ވާ އަންގާރަ ދުވަހުގެ 10:00 އަށް މި މިނިސްޓްރީއަށް (ވެލާނާގެ 7 ވަނަ ފަންގިފިލާއަށް) ވަޑައިގެން މަޢުލޫމާތު ސާފު ކުރެއްވުމަށްފަހު، 2017 ޖަނަވަރީ  26 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް އަންދާސީހިސާބު ހިއްޕަވައިގެން މި މިނިސްޓްރީއަށް (ވެލާނާގެ 7 ވަނަ ފަންގިފިލާއަށް) ވަޑައިގެންދެއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމަށް ވަޑައި ނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3339239،3339211 އަދި 3339279 ނަމްބަރު ފޯނާ ގުޅުއްވުން އެދެމެވެ.

19 ޖަނަވަރީ 2017
ހޯދާ