މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
ކ.މަނިޔަފުށީގައި މިހާރު ހުރި އިންޖީނުގެއަށް ބައެއް އިތުރުކޮށް ، ރަށުގެ ފާލަމުން އަރާފޭބުމަށްޓަކައި ހަރުފަތް ބަރިއެއް ހަދައި ފާލަން ދިއްލުމުގެ މަސައްކަތް

ކ.މަނިޔަފުށީގައި މިހާރު ހުރި އިންޖީނުގެއަށް ބައެއް އިތުރުކޮށް ، ރަށުގެ ފާލަމުން އަރާފޭބުމަށްޓަކައި ހަރުފަތް ބަރިއެއް ހަދައި ފާލަން ދިއްލުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރެވުނު ނަމްބަރ IUL)30-A2/30/2016/102) އިއުލާނާގުޅިގެން ލިބިފައިވާ އަންދާސީ ހިސާބުތައް ބާތިލްކޮށް އަލުން މިމަސައްކަތް ކޮށްދިނުމަށް ބޭނުންވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލަމެވެ.

 

ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 24 ޖަނަވަރީ 2017 ވާ އަންގާރަ ދުވަހުގެ 11:00 އަށް މި މިނިސްޓްރީއަށް (ވެލާނާގެ 7 ވަނަ ފަންގިފިލާއަށް) ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 26 ޖަނަވަރީ 2017 ވާ ބުރާސްފަތި  ދުވަހުގެ 10:00 އަށް އަންދާސީހިސާބު ހިއްޕަވައިގެން މި މިނިސްޓްރީއަށް (ވެލާނާގެ 7 ވަނަ ފަންގިފިލާއަށް) ވަޑައިގެންދެއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3339239،3339211 އަދި 3339279 ނަމްބަރު ފޯނާ ގުޅުއްވުން އެދެމެވެ.

19 ޖަނަވަރީ 2017
ހޯދާ