ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
ފާމަސީ އެސިސްޓެންޓުން ބޭނުންވެއްޖެ

މަޤާމް :ފާމަސީ އެސިސްޓެންޓް
ބޭނުންވާ އަދަދު :2

އިޢުލާން

ވަޒީފާގެ ފުރުޞަތު:

ތިރީގައި މިވާ މަޤާމަށް ދެއަހަރުދުވަހުގެ ކޮންޓުރެކްޓަށް މުވައްޒަފުން ބޭނުންވެއްޖެއެވެ.

މަޤާމު

ޢަދަދު

އަސާސީ މުސާރަ

މަސައްކަތްކުރަންޖެހޭ ތަން

ފާމަސީ އެސިސްޓެންޓް

1

މަހަކު -/3380 ރުފިޔާ

ތ.ވޭމަންޑޫ އެސް.ޓީ.އޯ ފާމަސީ

ފާމަސީ އެސިސްޓެންޓް

1

މަހަކު -/3380 ރުފިޔާ

ދ.މީދޫ އެސް.ޓީ.އޯ ފާމަސީ

މަޤާމުގެ މަސްއޫލިއްޔަތު

 

  • ކަސްޓަމަރުންނަށް ތަނުންލިބެން ހުންނަ ޚިދުމަތް ފޯރުކޮށްދިނުން
  • ބިލް ހެދުން
  • މުއްދަތުހަމަވާ ބޭސްތައް ޗެކްކުރުންް
  • ރެކްތަކުގައި ބޭސް އެތުރުން
  • ކްރެޑިޓް ބިލް ޗެކުކުރުން   
  • އާސަންދައިން ދޫކުރާ ބޭސްތަކުގެ ޓްރާންސެކްޝަންތައް ބެލެހެއްޓުން

ތަޢުލީމާއި ތަޖުރިބާ

  • ފާމަސީ އެސިސްޓަންޓް ކޯސް / ޓިވެޓް އޮންލައިން ކޯސް ފުރިހަމަކޮށްފައިވުން ނުވަތަ ޖީސީއީ އޯލެވެލް ފުރިހަމަކޮށްފައިވުން
  • ކޯސްފުރިހަމަ ކޮށްފައިވާ ފަރާތެއް ވަޒީފާއަށް ކުރިމަތިލައްވާފައިނުވާނަމަ ކޯސް ފުރިހަމަކުރަމުންދާ ފަރާތްތަކަށް އިސްކަންދެވޭނެ
  • ކޮމްޕިއުޓަރ ސްކިލްސް (ވޯރޑް އަދި އެކްސެލް)

އެހެނިހެން ޢިނާޔަތްތައް:

  • އިތުރު އެލަވަންސް: މަހަކު -/1500 ރުފިޔާއާއި -/2450 ރުފިޔާއާ ދެމެދުގެ އަދަދެއް ލިބޭނެއެވެ.
  • އިތުރުގަޑީގައްޔާއި، ރަސްމީ ބަންދު ދުވަހެއްގައި މަސައްކަތް ކޮށްފިނަމަ، ވަޒީފާއާބެހޭ ޤާނޫނުގައި ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
  • މަތީތަޢުލީމު ހާސިލު ކޮށްފައިވާނަމަ ހަމަޖެހިފައިވާ އުސޫލުން ޓެކްނިކަލް ނުވަތަ ޕްރޮފެޝަނަލް އެލަވަންސް ލިބޭނެއެވެ.
  • ހަމަޖެހިފައިވާ އުސޫލުން މަސައްކަތަށް ނިކުންނަށް ކޮންމެ ދުވަހަކަށް -/100 ރުފިޔާގެ އެޓެންޑެންސް އެލަވަންސްގެ ގޮތުގައި ލިބޭނެއެވެ.
  • މެޑިކަލް އިންޝުއަރެންސް (ޕްރޮބޭޝަނަށްފަހު)

ސުންގަޑި:

  • މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން 2017 ޖަނަވަރީ 25 ވަނަ ދުވަހުގެ 12:30ގެ ކުރިން އެސްޓީއޯގެ ވަޒީފާއަށް އެދޭ ފޯމު ހުށަހެޅުއްވުން އެދެމެވެ.
  • އެޕްލިކޭޝަން ފޯމު، މި ކުންފުނީގެ ހެޑު އޮފީހުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި ކުންފުނީގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑު ކުރެވެން ވެސް ހުންނާނެއެވެ.

ނޯޓް:

  • ހުށަހަޅުއްވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީގައި އަސްލާއި އެއްގޮތްކަން އަންގައިދޭ ތައްގަނޑު ޖަހާފައިނުވާނަމަ، އިންޓަވިއުއަށް ހާޒިރުވާންވާނީ ސެޓުފިކެޓުތަކުގެ އަސްލާއެކުގައެވެ.
  • މިމަޤާމަށް ހޮވޭނީ ތަޢުލީމީ ސެޓުފިކެޓުތަކާއި، މަސައްކަތު ތަޖުރިބާއާއި އިންޓަވިއުއަށް ބަލައި އެންމެ މަތިން މާކުސްލިބޭ ފަރާތެކެވެ.
  • މުސާރަ ހަމަޖައްސާނީ ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓްތަކަށް ބަލާފައެވެ.
  • އިންޓަރވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓުލިސްޓު ކުރެވޭ ފަރާތްތަކަށެވެ.
  • ވަޒީފާ ހަމަޖެއްސުމުގައި ޕޮލިސް ރިޕޯރޓު / ކުށުގެ ރިކޯޑަށް ބަލާނެއެވެ.

އެޑްރެސް:

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ، ހެޑް އޮފީސް

ބޮޑުތަކުރުފާނު މަގު، މާފަންނު، މާލެ – 20345

ފޯން:  3344245  ފެކްސް:  3344041  އީމެއިލް: [email protected]

20 ރަބީޢުލްއާޚިރު 1438

18 ޖަނަވަރީ 2017
ހޯދާ