ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
އެސިސްޓެންޓް އިންޖިނިއަރ، އެސިސްޓެންޓް ޓެކްނީޝަން، އެސިސްޓެންޓް އޮފިސަރ، ސެކިއުރިޓީ އޮފިސަރ، މެސެންޖަރ

ވަޒީފާގެ ފުރުޞަތު

މަޤާމް:

އެސިސްޓެންޓް އިންޖިނިއަރ ( އިލެކްޓްރިކަލް )

ވަޒީފާގެ ދާއިރާ:

ހުޅުމާލެ އިންޖީނުގެ

ބޭނުންވާ ޢަދަދު:

01

މުސާރައާއި އެލަވަންސް އަދި އިތުރުގަޑީގެފައިސާ:  

މަހަކު -/10,150ރ. އާއި -/20,000ރ. އާއި ދެމެދު.

ފެންވަރު ނުވަތަ ޝަރުޠު:

އިލެކްޓްރިކަލް އިންޖިނިއަރިންގ ދާއިރާއިން ފަސްޓް ޑިގްރީ ޙާޞިލްކޮށްފައިވުން.

ދާއިރާގެ މައިގަޑު މަސައްކަތް:

  • ހުޅުމާލެ އިންޖީނުގޭގައި ކުރަންހުންނަ އިލެކްޓްރިކަލް މަސައްކަތްތައް ޝެޑިއުލްކުރުމާއި މަސައްކަތުގައި ޢަމަލީގޮތުން ބައިވެރިވުން.
  • މަސައްކަތަށް ބޭނުންވާ ޓޫލްސް އާއި ސްޕެއަރތަކަށް އޯޑަރކުރުން.
  • އިންޖީނުތަކާއި، ކޮންޓްރޯލްޕެނަލް އަދި ފީޑަރ، ޕެނަލް، ޓްރާންސްފޯމަރ ފަދަ ތަކެއްޗައް ދިމާވާ މައްސަލަތައް ބަލާ ޙައްލުކުރުން.
  • އިންޖީނުތައް އިންސްޓޯލް ކުރުމާއި، ކަމިޝަންކުރުން.
  • ޕެނަލްތައް އިންސްޓޯލް ކުރުމާއި، ކަމިޝަންކުރުން.

މަޤާމް:

އެސިސްޓެންޓް އިންޖިނިއަރ ( މެކޭނިކަލް )

ވަޒީފާގެ ދާއިރާ:

ހުޅުމާލެ އިންޖީނުގެ

ބޭނުންވާ ޢަދަދު:

01

މުސާރައާއި އެލަވަންސް އަދި އިތުރުގަޑީގެފައިސާ:  

މަހަކު -/10,150ރ. އާއި -/20.000ރ. އާއި ދެމެދު.

ފެންވަރު ނުވަތަ ޝަރުޠު:

މެކޭނިކަލް އިންޖިނިއަރިންގ ދާއިރާއިން ފަސްޓް ޑިގްރީ ޙާޞިލްކޮށްފައިވުން.

ދާއިރާގެ މައިގަޑު މަސައްކަތް:

  • ހުޅުމާލޭ އިންޖީނުގޭގެ އިންޖީންތަކުގެ މެއިންޓަނަންސް މަސައްކަތް ޝެޑިއުލް ކުރުމާއި، މަސައްކަތުގައި ޢަމަލީގޮތުން ބައިވެރިވުން.
  • އިންޖީނުތަކަށް ބޭނުންވާ ސްޕެއަރޕާރޓްސް އާއި ޓޫލްސް ފަދަ ތަކެތި ހޯދުމަށް މަސައްކަތްކުރުން.
  • އިންޖީނުތަކަށް ދިމާވާ މައްސަލަތައް ބަލާ ހައްލުކުރުމުގެ މަސައްކަތްކުރުން.
  • އަލަށް ގެންނަ އިންޖީނުތައް އިންސްޓޯލް ކުރުމާއި، ކަމިޝަންކުރުން.

މަޤާމް:

އެސިސްޓެންޓް އިންޖިނިއަރ ( އިލެކްޓްރިކަލް )

ވަޒީފާގެ ދާއިރާ:

ކ.ވިލިގިލި އިންޖީނުގެ

ބޭނުންވާ ޢަދަދު:

01

މުސާރައާއި އެލަވަންސް އަދި އިތުރުގަޑީގެފައިސާ:  

މަހަކު -/10,150ރ. އާއި -/20,000ރ. އާއި ދެމެދު.

ފެންވަރު ނުވަތަ ޝަރުޠު:

އިލެކްޓްރިކަލް އިންޖިނިއަރިންގ ދާއިރާއިން ފަސްޓް ޑިގްރީ ޙާޞިލްކޮށްފައިވުން.

ދާއިރާގެ މައިގަޑު މަސައްކަތް:

  • ވިލިގިލި އިންޖީނުގޭގައި ކުރަންހުންނަ އިލެކްޓްރިކަލް މަސައްކަތްތައް ޝެޑިއުލްކުރުމާއި މަސައްކަތުގައި ޢަމަލީގޮތުން ބައިވެރިވުން.
  • މަސައްކަތަށް ބޭނުންވާ ޓޫލްސް އާއި ސްޕެއަރތަކަށް އޯޑަރކުރުން.
  • އިންޖީނުތަކާއި، ކޮންޓްރޯލްޕެނަލް އަދި ފީޑަރ، ޕެނަލް، ޓްރާންސްފޯމަރ ފަދަ ތަކެއްޗައް ދިމާވާ މައްސަލަތައް ބަލާ ޙައްލުކުރުން.
  • އިންޖީނުތައް އިންސްޓޯލް ކުރުމާއި، ކަމިޝަންކުރުން.
  • ޕެނަލްތައް އިންސްޓޯލް ކުރުމާއި، ކަމިޝަންކުރުން.

މަޤާމް:

އެސިސްޓެންޓް ޓެކްނީޝަން

ވަޒީފާގެ ދާއިރާ:

ހުޅުމާލެ އިންޖީނުގެ

ބޭނުންވާ ޢަދަދު:

04

މުސާރައާއި އެލަވަންސް އަދި އިތުރުގަޑީގެފައިސާ:  

މަހަކު -/5،740ރ. އާއި -/12,000ރ. އާއި ދެމެދު.

ފެންވަރު ނުވަތަ ޝަރުޠު:

  • މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުން ލެވެލް 4 ގެ ސެޓްފިކެޓްއެއް ޙާޞިލްކޮށްފައިވުން ނުވަތަ؛
  • ޖީ.ސީ.އީ އޯލެވެލް އިންތިޙާނުގެ 2 މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުމާއެކު ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މިމާއްދާއިން "ސީ" ފާސް ލިބިފައިވުން.
  • މިމަޤާމަށް ހޮވުމުގައި މެކޭނިކަލް އަދި އިލެކްޓްރިކަލް ދާއިރާގެ ތަޖުރިބާ އާއި މަޢުލޫމާތު ހުރިފަރާތްތަކަށް އިސްކަންދެވޭނެވެއެވެ.

ދާއިރާގެ މައިގަޑު މަސައްކަތް:

  • ކަރަންޓްގެ ޚިދުމަތް ދިނުމަށް ޤާއިމް ކުރެވިފައިވާ ޑިސްޓްރިބިއުޝަން ވިއުގަ ބެލެހެއްޓުމާއި، ޓްރާންސްފޯމަރ އަދި ޑިސްޓްރިބިއުޝަން ފޮށި ފަދަ ތަކެތި މަރާމާތުކޮށް ބެލެހެއްޓުމާއި ކަރަންޓުގެ ޚިދުމަތަށް އެދޭ ތަންތަން ސާރވޭކުރުން އަދި ޝިފްޓް ޑިއުޓީ ކުރުން.
  • ހުޅުމާލޭ އިންޖީނުގޭގެ އިންޖީނުތަކުގެ މެކޭނިކަލް މަސައްކަތްތައް ކުރުމާއި މެއިންޓަނަންސް މަސައްކަތްކުރުން.

މަޤާމް:

އެސިސްޓެންޓް ޓެކްނީޝަން

ވަޒީފާގެ ދާއިރާ:

ހުޅުމާލެ އިންޖީނުގެ

ބޭނުންވާ ޢަދަދު:

01

މުސާރައާއި އެލަވަންސް އަދި އިތުރުގަޑީގެފައިސާ:  

މަހަކު -/5،740ރ. އާއި -/12,000ރ. އާއި ދެމެދު.

ފެންވަރު ނުވަތަ ޝަރުޠު:

  • މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުން ލެވެލް 4 ގެ ސެޓްފިކެޓްއެއް ޙާޞިލްކޮށްފައިވުން ނުވަތަ؛
  • ޖީ.ސީ.އީ އޯލެވެލް އިންތިޙާނުގެ 2 މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުމާއެކު ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މިމާއްދާއިން "ސީ" ފާސް ލިބިފައިވުން.
  • މަތީގައިވާ ޝަރުތުގެ އިތުރުން ޑްރައިވިންގ ލައިސަންސް B1,B2,C1,C2  ކެޓަގަރީތަކުގެ ލައިސަންސް އޮތުން.

ދާއިރާގެ މައިގަޑު މަސައްކަތް:

  • ކަރަންޓްގެ ޚިދުމަތް ދިނުމަށް ޤާއިމް ކުރެވިފައިވާ ޑިސްޓްރިބިއުޝަން ވިއުގަ ބެލެހެއްޓުމާއި، ޓްރާންސްފޯމަރ އަދި ޑިސްޓްރިބިއުޝަން ފޮށި ފަދަ ތަކެތި މަރާމާތުކޮށް ބެލެހެއްޓުން.
  • ހުޅުމާލެ އިންޖީނުގޭގެ ވެހިކަލްތައް ދުއްވުމާއި ވެހިކަލްތައް ބެލެހެއްޓުން.

މަޤާމް:

އެސިސްޓެންޓް އޮފިސަރ

ވަޒީފާގެ ދާއިރާ:

ހުޅުމާލެ އިންޖީނުގެ

ބޭނުންވާ ޢަދަދު:

01

މުސާރައާއި އެލަވަންސް އަދި އިތުރުގަޑީގެފައިސާ:  

މަހަކު -/5,740ރ. އާއި -/10,000ރ. އާއި ދެމެދު.

ފެންވަރު ނުވަތަ ޝަރުޠު:

ޖީ.ސީ.އީ އޯލެވެލް އިމްތިޙާނުގެ 2 މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުމާއެކު ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މިމާއްދާއިން "ސީ" ފާސް ލިބިފައިވުން.

ދާއިރާގެ މައިގަޑު މަސައްކަތް:

ކުންފުނިން ކަރަންޓުގެ ޚިދުމަތްދެވޭ ތަންތަނުން ރީޑިންގ ނެގުމާއި، ބިލް ހެދުމާއި، ބިލް ޙަވާލުކުރުން. އަދި ޤަވާއިދުން ކަރަންޓުގެ ބިލަށް ފައިސާ ނުދައްކާ ފަރާތްތަކުން ކަރަންޓް ކެނޑުން.

މަޤާމް:

ސެކިއުރިޓީ އޮފިސަރ

ވަޒީފާގެ ދާއިރާ:

ހުޅުމާލެ އިންޖީނުގެ

ބޭނުންވާ ޢަދަދު:

02

މުސާރައާއި އެލަވަންސް އަދި އިތުރުގަޑީގެފައިސާ:  

މަހަކު -/5,740ރ އާއި -/13,000ރ އާއި ދެމެދު.

ފެންވަރު ނުވަތަ ޝަރުޠު:

ގްރޭޑް 7 ގެ ފެންވަރަށް ތަޢުލީމް ޙާޞިލްކޮށްފައިވުމާއިއެކު ދާއިރާއާގުޅޭ 3 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާ ފަރާތަކަށްވުން. އަދި މަޤާމުގައި ކުރަންޖެހޭ މަސައްކަތްތައް ކުރެވޭފަދަ ޢުމުރާއި ސިއްޙަތުގެ ގޮތުން އެކަށީގެންވުން.

ދާއިރާގެ މައިގަޑު މަސައްކަތް:

ޑިއުޓީ އުޞޫލުން ސެކިއުރިޓީ ބެލެހެއްޓުން.

މަޤާމް:

މެސެންޖަރ

ވަޒީފާގެ ދާއިރާ:

ފައިނޭންސް އެންޑް އެކައުންޓްސް ޑިޕާޓްމަންޓް

ބޭނުންވާ ޢަދަދު:

01

މުސާރައާއި އެލަވަންސް އަދި އިތުރުގަޑީގެފައިސާ:  

މަހަކު -/4,200ރ އާއި -/9,000ރ އާއި ދެމެދު.

ފެންވަރު ނުވަތަ ޝަރުޠު:

  • ގްރޭޑް 7 ގެ ފެންވަރަށް ތަޢުލީމް ޙާޞިލްކޮށްފައިވުމާއިއެކު މަޤާމުގައި ކުރަންޖެހޭ މަސައްކަތްތައް ކުރެވޭފަދަ ޢުމުރާއި ސިއްޙަތުގެ ގޮތުން އެކަށީގެންވުން.
  • ސައިކަލް ލައިސަންސް އޮންނަ ފަރާތަކަށް ވުން.

ދާއިރާގެ މައިގަޑު މަސައްކަތް:

ފައިނޭންސް ޑިޕާޓްމަންޓުގެ ފަރާތުން ސަރުކާރުގެ އެކިއެކި އޮފީސްތަކާއި އަދި ބޭންކަށް ފޮނުވަންޖެހޭ ލިޔެކިއުންތައް ޙަވާލުކުރުން.

ވަޒީފާއަށް ހުށަހެޅުމުގެ މުއްދަތުހަމަވާ ތާރީޚް:

2017 ޖަނަވަރީ 24 ދުވަހުގެ 15:00 ގެ ކުރިން

ސުންގަޑި:

މި މަޤާމްތަކަށް އެދޭ ފަރާތްތަކުން، ވަޒީފާއަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު، ތިރީގައިވާ ލިޔުންތަކާއެކު، މި ކުންފުންނީގެ ހެޑް އޮފީހުގެ ރިސެޕްޝަނަށް، 2017 ޖަނަވަރީ 24 ވަނަ ދުވަހުގެ 15.00 ގެ ކުރިން ހުށަހެޅުން އެދެމެވެ.

އިންޓަވިއު:

އިންޓަވިއުކުރެވޭނީ ޝޯޓްލިސްޓްކުރެވޭ ފަރާތްތަކާއެވެ.

ހުށަހަޅަން ޖެހޭ ލިޔުން:

  1. ވަޒީފާ އަށް އެދޭ ފޯމު ( ވަޒީފާއަށް އެދޭ ފޯމު މިކުންފުނީގެ އިންފޮމޭޝަން ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މިކުންފުނީގެ www.stelco.com.mv     ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ.)
  2. ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ
  3. އެހެން ތަނެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އެތަނެއްގައި ވަޒީފާ އަދާކޮށްފައިވާ ކަމުގެ ލިޔުން
  4. ދިވެހި ރައްޔިތެއްކަން އަންގާދޭ ކާޑުގެ ކޮޕީ

އިތުރު މަޢުލޫމާތު:

މި ވަޒީފާތަކަކީ ކޮންޓްރެކްޓް އުޞޫލުން 6 މަސްދުވަހުގެ މުއްދަތަށް ކަނޑައަޅާފައިވާ ވަޒީފާތަކެކެވެ. ނަމަވެސް، ކޮންޓްރެކްޓުގެ މުއްދަތުގެ ތެރޭގައި، ކުންފުނިން ކަނޑައަޅާފައިވާ އުޞޫލުތަކާ އެއްގޮތަށް ވަޒީފާ އަދާކޮށްފައިވާނަމަ، 6 މަސްދުވަސް ހަމަވުމުން، ވަޒީފާ ދާއިމީކުރެވޭނެއެވެ

 

              17 ރަބީޢުލްއާޚިރު 1438 

             15   ޖަނަވަރީ  2017

15 ޖަނަވަރީ 2017
ހޯދާ