ކުނަހަންދޫ ސްކޫލް، ލ. ކުނަހަންދޫ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު

 




ކުނަހަންދޫ ސްކޫލް

ލ.ކުނަހަންދޫ
ދިވެހިރާއްޖެ

ނަންބަރު:  GS-184/IUL/2017/03

ޢިއުލާން


ރިލީފް ޓީޗަރ ކުރިއޭޓިވްއާރޓް(ކޮންޓްރެކުޓް)

 

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް: ރިލީފް ޓީޗަރ (ކުރިއޭޓިވް އާރޓް)

ބޭނުންވާ އަދަދު: 1 (އެކެއް)

މަޤާމުގެ ގިންތި: ކޮންޓްރެކްޓް (ދިރާސީ އަހަރުގެ ނިޔަލަށް – ކިޔަވައިދިނުން ރަނގަޅުނަމަ، 3 މަސްދުވަހުން ކޮންޓްރެކްޓް އައުކުރާގޮތަށް)

މުއްދަތު: 3 (ތިނެއް) މަސްދުވަސް

މަސައްކަތް ހަމަޖެހިފައިވާ ތަން: ކުނަހަންދޫ ސްކޫލް

ސެކްޝަން: އެކަޑަމިކް

ފެންވަރު ނުވަތަ ޝަރުޠު

އަސާސީ މުސާރަ

ސަރވިސް އެލަވަންސް

ސާނަވީ ތަޢުލީމު ފުރިހަމަކޮށްފައިވުން

މަހަކު -/4،500 ރުފިޔާ

މަހަކު -/1500  ރުފިޔާ

މަތީ ސާނަވީ ތަޢުލީމު ފުރިހަމަކޮށްފައިވުން

މަހަކު -/5,500 ރުފިޔާ

މަހަކު -/1500 ރުފިޔާ

ކިޔަވައިދިނުމުގެ ރޮނގުން އެޑްވާންސް ސެޓުފިކެޓެއް ހާސިލުކޮށްފައިވުން.

މަހަކު -/6،090 ރުފިޔާ

މަހަކު -/2500 ރުފިޔާ

އެހެނިހެން ޢިނާޔަތްތައް:

ދިވެހި ސިވިލް ސަރވިސްގެ ގަވާއިދުގެ ޗެޕްޓަރ 5 ގައިވާގޮތުގެ މަތީން، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގައި މަސައްކަތްކޮށްފިނަމަ، އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން:

- ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.

- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

- ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން.

- މަލްޓިމީޑިއާއަށް އަހުލުވެރިވެފައިވާ މިންވަރަށް ބަލައިގެން.

ވަޒީފާގެ މަސްއޫލިއްޔަތު:

1. މާސްޓަރ ޓައިމްޓޭބަލުގައި ކަނޑައެޅިފައިވާ ގަޑިތަކަށް ކުލާހަށް ހާޒިރުވެ، ކިޔަވައިދިނުން.

2. ހަވާލުކުރެވޭ ކޯކަރިކިއުލަރ ހަރަކާތްތައް ދުވަހުން ދުވަހަށް ރާވައި ހިންގުން.

3. ދަރިވަރުންގެ ކުރިއެރުމަށްޓަކައި އިތުރު ގަޑިތައް ނަގައިދިނުމާއި، ގަޑިތައް ރަނގަޅަށް ގެންދިއުމަށްޓަކައި ޓީޗަރެއްގެ ހައިސިއްޔަތުން ފުރިހަމަކުރަންޖެހޭ މަސައްކަތްތައް ކުރުން.

4. ދަރިވަރުންގެ ކުރިއެރުމަށް ފުންކޮށް، ފުޅާކޮށް ވިސްނުންބަހައްޓައި، ދަރިވަރުން ކުރިއަރަމުންދާ މިންވަރު ވަޒަންކޮށް ބެލެހެއްޓުން.

5. ކިޔަވައިދިނުމުގައި ގެންނަންޖެހޭ ބަދަލުތައް، ސްކޫލުން އަންގާގޮތެއްގެމަތީން ގެނައުމާއި، ކިޔަވައިދިނުމުގައި ސްކޫލުން ލިބެންހުރި ވަސީލަތްތަކުގެ ބޭނުން އެންމެ ފުރިހަމަގޮތުގައި ހިފުން.

6. ކްލަބް ނުވަތަ ހައުސްއެއް ހިންގުމަށް ހަވާލުކުރެވިއްޖެނަމަ، އެ ޒިންމާއެއް އަދާކުރުން.

7. ސްކޫލުގެ މެނޭޖްމަންޓުގެ ނުވަތަ މިނިސްޓްރީ އޮފް އެޑިއުކޭޝަނުގެ ސިޔާސަތުތައް ތަންފީޒުކުރުމުގައި ޓީމް މެންބަރެއްގެގޮތުގައި ހަރަކާތްތެރިވުން.

ހުށަހަޅަންޖެހޭ ތަކެތި:

1. މަޢުލޫމާތު ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު، މި ސްކޫލުގެ އޮފީހުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެwww.csc.gov.mv ގެ ވެބްސައިޓުން މިފޯމު ޑައުންލޯޑްވެސް ކުރެވޭނެއެވެ.

2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

3. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ:

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު، ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ)

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިޔަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ ( ސެޓުފިކެޓުތައް އެކްރެޑިޓްކޮއްފައި ) އާއި ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ.

(ނ) ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ކޮޕީ.

4. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

5. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ (ވަޒީފާ އަދާކުރި މުއްދަތާއި، ކުރި މަސައްކަތާއި، މުވައްޒަފުންގެ އަދަދު ބަޔާންކޮށްފައިވާ)

6. ވަޒީފާއަށް އެދޭ ފަރާތުގެ، ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.

7. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)

 

 

ސުންގަޑި:

މި މަޤާމަށް އެދޭ ފަރާތްތަކުން، 26 ޖަނަވަރީ 2017 ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން، ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ އެންމެހައި ލިޔުންތައް، ކުނަހަންދޫ ސްކޫލުގެ އޮފީހަށް ހުށަހެޅުން އެދެމެވެ.

އިންޓަވިއު:

މި މަޤާމަށް މީހުން ޢައްޔަނުކުރުމަށް ބޭއްވޭ އިންޓަވިއު ބޭއްވުމަށް ހަމަޖެހިފައިވަނީ އިޢުލާނުގެ މުއްދަތު ހަމަވާތާ 5 ދުވަހުގެ ތެރޭގައި ކުނަހަންދޫ ސްކޫލުގައެވެ. އިންޓަވިއުއަށް އަންނަންޖެހޭ ދުވަހާއި ގަޑި، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކަށް އަންގާނެ ވާހަކަ ދައްނަވަމެވެ.

އިތުރު މަޢުލޫމާތު:

v    އިތުރު މަޢުލޫމަތު ސާފުކުރަން ބޭނުންނަމަ، މި ސްކޫލުގެ 6800744 ނަންބަރު ފޯނާ ގުޅުން އެދެމެވެ.

v    ކޮންޓްރެކުޓްގެ މުއްދަތުގެ ތެރޭގައި މި މަޤާމަށް ދާއިމީ ޓީޗަރަކު ލިބިއްޖެނަމަ ކޮންޓްރެކް އުވާލެވޭނެއެވެ.

20 ރަބީއުލް އާޙިރު 1438

18 ޖަނަވަރީ 2017

 

 

 

 

                                                             ސަތިސް ބާބޫ         

                                                            ޕްރިންސިޕަލް 

 

 

 

 

 

 

 

 

[email protected]  އީ-މެއިލް   ފެކްސް 6800744      ފޯން 6800744  ލ. ކުނަހަންދޫ ސްކޫލް

 

18 ޖަނަވަރީ 2017
ހޯދާ