މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
ކޮންސަލްޓަންޓް

މަޤާމް :ކޮންސަލްޓަންޓް
ބޭނުންވާ އަދަދު :1

 

 

ގްލޯބަލް އެންވަޔަރަމެންޓް ފެސިލިޓީ (ޖެފް) އާއި ދިވެހި ސަރުކާރާއި ގުޅިގެން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ (އެމް.އީ.އީ.) އިން ހިންގާ އިންޓަރގްރޭޓަޑް ވޯޓަރ ރިސޯސަސް މެނޭޖްމަންޓް ޕްރޮޖެކްޓަށް ކޮންސަލްޓަންޓްއެށް ހޯދުމާބެހޭ

 

ޝައުޤުވެރިވާ ފަރާތްތަކުން ހުށަހެޅުމުގެ ދައުވަތު

 

 

ގްލޯބަލް އެންވަޔަރަމެންޓް ފެސިލިޓީ (ޖެފް) އާއި ދިވެހި ސަރުކާރާއި ގުޅިގެން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ (އެމް.އީ.އީ.) އިން ހިންގާ އިންޓަރގްރޭޓަޑް ވޯޓަރ ރިސޯސަސް މެނޭޖްމަންޓް ޕްރޮޖެކްޓަށް ކޮންސަލްޓަންޓެއް ހޯދަން ބޭނުންވެއެވެ.

 

މިގޮތުން މި ކޮންސަލްޓަންޓްގެ މައްސޫލިއްޔަތަކީ، ޕްރޮޖެކްޓްގައި ތައްޔާރު ކުރުމަށް ހަމަޖެހިފައިވާ އިންޑިކޭޓަރ ފްރޭމްވާރކް ހެދުމުގެ މަސައްކަތުގައި އެހީތެރިކަން ފޯރުކޮށް ދިނުމެވެ.

 

ވީމާ މި މަޤާމަށް ޝަޢުޤުވެރިވާ ފަރާތްތައް "އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" ހުށަހެޅުމުގެ ދަޢުވަތު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާރޖީ އިން ހުޅުވައިލަމެވެ. މިގޮތުން މިކަމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތުކުން ތިރީގައިވާ މަޢުލޫމާތުތައް ހުށަހެޅުއްމަށް އެދި ދަންނަވަމެވެ.

 

އުޖޫރަ

- މި މަޤާމަށް ހޮވޭ ފަރާތަށް މުސާރައިގެ ގޮތުގައި 20,000/- ރުފިޔާގެ އުޖޫރައެއް ކަނޑައެޅިފައިވެވެ.

މަސައްކަތުގެ މުއްދަތު:

- މި މަސައްކަތުގެ މުއްދަތަކީ ހަމަސް (6) މަސްދުވަހެވެ. އަދި މުއްދަތު އިތުރުކުރަން ޖެހިއްޖެ ހިނދެއްގައި މަސައްކަތުގެ ފެންވަރަށް ބެލުމަށްފަހު ކޮންޓްރެކްޓްގެ މުއްދަތު އިތުރުކުރެވިދާނެއެވެ.

ހުށަހަޅަށްޖެހޭ ލިޔުންތައް

  • ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ (އެކްސްޕްރެޝަން އޮފް އިންޓްރެސްޓް)
  • ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ވަނަވަރު
  • ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ އެކްރެޑިޓްކުރެވިފައިވާ ކޮޕީ

 

ސިވިލް ސަރވިސްގައި މަސައްކަތް ކުރާމުވައްޒަފެއްނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާއިމެދު އެ އިދާރާއަކުން  އިޢުތިރާޒު ނުކުރާކަމުގެ ލިޔުން އެޕްލިކޭޝަން އާއި އެކު ހުށަހަޅަންވާނެއެވެ.

 

ސުންގަޑި

ޝައުޤުވެރިވާ ފަރާތްތަކުން 2017ޖަނަވަރީ 24 ވަނަ ދުވަހުގެ 12:00 ގެ ކުރިން، އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" ތިރީގައިވާ އެޑްރެހަށް ފޮނުއްވުން އެދެމެވެ.

އެކްސްޕްރެޝަން އޮފް އިންޓްރެސްޓް ފޮނުވަންޖެހޭ އެޑްރެސް:

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ

ހަނދުވަރީ ހިނގުން،މާފަންނު، މާލެ، 20392، ދިވެހިރާއްޖެ

އިތުރު މައުލޫމާތު:

މި މަސައްކަތުގެ "ޓާރމްސް އޮފް ރިފަރެންސް" މި މިނިސްޓްރީގެ ވެބްސައިޓް www.environment.gov.mv އިން ލިބެން ހުންނާނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 3018329 ،3018431  އަށް ގުޅުއްވުން އެދެމެވެ.

 

 

                             17 ޖަނަވަރީ 2017

 

18 ޖަނަވަރީ 2017
ހޯދާ