މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
ޕްރޮކިއޮމަންޓް އެސިސްޓެންޓް

މަޤާމް :ޕްރޮކިއޮމަންޓް އެސިސްޓެންޓް
ބޭނުންވާ އަދަދު :1

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ

މާލެ، ދިވެހިރާއްޖެ

އެކްސެލެރޭޓިންގ ސަސްޓެއިނަބަލް ޕްރައިވޭޓް އިންވެސްމެންޓް އިން ރިނިއުއަބަލް އެނަރޖީ (އެސްޕަޔަރ) ޕްރޮޖެކްޓް

އެސް.ސީ.އެފް ގްރާންޓް ނަންބަރު: TF017182

ނަންބަރIUL) 438/438/2017/08) 

ތާރީޙް: 16 ޖަނަވަރީ 2017

ޝަޢުޤުވެރިކަން ފާޅުކުރުމުގެ ދަޢުވަތު

ޕްރޮކިއޮމަންޓް އެސިސްޓެންޓް

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީން، ވޯރލްޑް ބޭންކުގެ އެހީތެރިކަމާއެކު ހިންގަމުންގެންދާ މަޝްރޫޢުތަކުގެ ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓްގައި ކޮންޓްރެކްޓް އުޞޫލުން މަސައްކަތް ކުރާނެ ޕްރޮކިއޮމަންޓް އެސިސްޓެންޓެއް ހޯދުމަށް ވަނީ ގަޞްދުކުރެވިފައެވެ.

ޕްރޮކިއޮމަންޓް އެސިސްޓެންޓްގެ މަސައްކަތަކީ މި މިނިސްޓްރީގެ ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓުން ހިންގާ މަޝްރޫޢުތަކުގެ ޕްރޮކިއޮމަންޓް މަސައްކަތްތައް ވޯރްލްޑު ބޭންކުގެ ޕްރޮކިއޮމަންޓް ޤަވާޢިދުތަކާއި އެއްގޮތްވާ ގޮތުގެ މަތިން ކުރުމެވެ.

މިކަމަށް ކުރިމަތިލާ ފަރާތްތަކުގެ ހުންނަންވާ މައިގަނޑު ޝަރުތުތަކަކީ:

  • ޕްރޮކިއޮމަންޓް/ ކޮމަރސް/ ފިނޭންސް/ ބިޒްނަސް/ މެނޭޖްމަންޓު/ލޯ ނުވަތަ ގުޅުންހުރި ދާއިރާއަކުން ޓާޝަރީ ކޮލިފިކޭޝަނެއް ހާޞިލް ކޮށްފައިވުން

     ޕްރޮކިއުމަންޓް ޓްރެއިނިންގ ހާޞިލް ކުރެވިފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.

  • ޕްރޮކިއުމަންޓް ދާއިރާގައި މަދުވެގެން (3) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
  • (1) އަހަރު ދުވަހު ބޭރުގެ އެހީގައި ހިންގާ މަޝްރޫޢެއްގައި ޕްރޮކިއޮމަންޓް (ކޮންސަލްޓަންސީ،ވާރކްސް އެންޑް ގުޑްސް) ދާއިރާ ގައި މަސައްކަތްކުރުމުގެ ތަޖުރިބާ ލިބިފައިވުން.
  • ޕްރޮކިއުމަންޓް މަސައްކަތުގެ އުޞޫލުތައް އެނގުމާއި، ބޭރުގެ އޭޖެންސީތަކާއި ސަރުކާރުގެ ޕްރޮކިއުމަންޓު ޤަވާޢިދުތަކަށް އަހުލުވެރި ވުމާއި، ޕްރޮކިއުމަންޓްގައި ދިމާވާ މައްސަލަތައް އެނގުމާއި، ހައްލުކުރުމުގެ ޤާބިލްކަން ލިބިފައިވުން؛
  • ޕްރޮކިއުމަންޓްގެ ދާއިރާތަކުން (ކޮންސަލްޓަންސީ، ވާރކްސް އެންޑް ގުޑްސް، ތަފާތު ކޮންޓްރެކްޓް ތަކާއި ބީލަންފޮތް ތައްޔާރުކުރުމުގެ) އެކަށީގެންވާ ތަޖުރިބާ އާއި ޤާބިލްކަން ލިބިފައިވުން.
  • ވޯރލްޑް ބޭންކުގެ ޕްރޮކިއުމަންޓް ޤަވާޢިދުތަކަށް އަހުލުވެރިވެފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ؛ އަދި
  • އިނގިރޭސި އާއި ދިވެހި ބަހުން ފަރިތަކޮށް މުޢާމަލާތް ކުރަން އެނގުމާއި، ޓީމެއްގައި މަސައްކަތްކުރުމުގެ ގާބިލުކަން ލިބިފައިވުން.

މިކަމަށް ކުރިމަތިލާ ފަރާތްތަކަކީ ނަޒާހަތްތެރި އެހިނެހިން ފަރާތްތަކުގެ ނުފޫޒުން އެއްކިބާވެފައިވާ ފަރާތަކަށް ވާންޖެހޭނެއެވެ.

ވީމާ މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން "އެކްސްޕްރެޝަންސް އޮފް އިންޓްރަސްޓް" ހުށަހެޅުމުގެ ފުރުޞަތު މިނިސްޓްރީ އޮފް އެންވަޔަރަމަންޓް އެންޑް އެނާރޖީގެ ފަރާތުން ހުޅުވާލަމެވެ. މި ކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން މިމަސައްކަތް ކުރުމުގެ ޤާބިލްކަން ސާބިތު ކޮށްދިނުމުގެ މަޢުލޫމާތު އަންގައިދިނުމުގެ ގޮތުން ދާއިރާއިން ކޮށްފައިވާ މަސައްކަތްތަކުގެ ތަފްސީލް، މިފަދަ މާހައުލުތަކުގައި މަސައްކަތް ކުރުމުގެ ތަޖުރިބާ، ތަޢުލީމީ ފެންވަރާއި ހުނަރު އަދި އެހެނިހެން މަޢުލޫމާތު ހިމެނޭ ވަނަވަރު ހުށަހަޅަން ވާނެއެވެ.

މީހުން ހޮވުމުގައި ޢަމަލުކުރެވޭނީ IBRD ލޯން، IDA ކްރެޑިޓް އަދި ހިލޭ އެހީގެ ދަށުން ކޮންސަލްޓަންޓުން ހޮވުމަށާއި ވަޒީފާ ހަމަޖެއްސުމަށް ޖަނަވަރީ 2011ގައި ތައްޔާރުކޮށް ޖުލައި 2014ގައި އިސްލާހުކޮށް އެކުލަވާލެވިފައިވާ އުޞޫލުތަކާއި އެއްގޮތްވާގޮތުގެ މަތިންނެވެ.

މަސައްކަތަށް ހޮވޭފަރާތަކަށް އެފަރާތެއްގެ މަސައްކަތުގެ ތަޖުރިބާއާއި ތަޢުލީމީ ފެންވަރަށް ބަލާ 15,000 އާއި 25,000ރުފިޔާ އާއި ދެމެދުގެ އުޖޫރައެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މި މަސައްކަތުގެ މުއްދަތަކީ ސޯޅަ (16) މަސްދުވަހެވެ. އަދި މުއްދަތު އިތުރުކުރަން ޖެހިއްޖެ ހިނދެއްގައި މަސައްކަތުގެ ފެންވަރަށް ބެލުމަށްފަހު ކޮންޓްރެކްޓްގެ މުއްދަތު އިތުރުކުރެވިދާނެއެވެ.

މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 2017 ޖަނަވަރީ 30 ވަނަދުވަހުގެ 14:00ގެ ކުރިން، "އެކްސްޕްރެޝަންސް އޮފް އިންޓްރެސްޓް" މެއިލް، އީމެއިލް ނުވަތަ ފެކްސް މެދުވެރިކޮށް ތިރީގައިވާ އެޑްރެހަށް ފޮނުއްވުން އެދެމެވެ. މިމަސައްކަތައް ހޮވޭފަރާތުން މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ ފެބުރުވަރީ / މާރިޗް 2017 ގައެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ތިރީގައިވާ އެޑްރެހަށް ލިއުއްވުން އެދެމެވެ.

ޕްރޮޖެކްޓް މެނޭޖަރ

ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓް

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ

ގްރީން ބިލްޑިންގ

ހަނދުވަރީ ހިނގުން، މާފަންނު، މާލެ، 20392، ދިވެހިރާއްޖެ

ފޯނު: 3018419 960+، ފެކްސް: 3018301 960+

އީމެއިލް: [email protected]

17 ޖަނަވަރީ 2017
ހޯދާ