މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
ގއ. ނިލަންދޫގައި ޤާއިމުކުރުމަށް ހަމަޖެހިފައިވާ ރަށު ފެންވަރުގެ ކުނި މެނޭޖުކުރުމުގެ ނިޒާމުން ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ (އީ.އައި.އޭ) ރިޕޯރޓް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުން

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ

މާލެ، ދިވެހިރާއްޖެ 

ގއ. ނިލަންދޫގައި ޤާއިމުކުރުމަށް ހަމަޖެހިފައިވާ ރަށު ފެންވަރުގެ ކުނި މެނޭޖުކުރުމުގެ ނިޒާމުން ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ (އީ.އައި.އޭ) ރިޕޯރޓް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުން

 

ޕްރޮޕޯސަލް ހުށަހެޅުމުގެ ދަޢުވަތު

ދިވެހި ސަރުކާރުގެ ފަރާތުން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ (އެމް.އީ.އީ) އިން ގއ. ނިލަންދޫގައި ޤާއިމުކުރުމަށް ހަމަޖެހިފައިވާ ރަށު ފެންވަރުގެ ކުނި މެނޭޖުކުރުމުގެ ނިޒާމުން ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ( އީ.އައި.އޭ ) ރިޕޯރޓް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

މިގޮތުން މި މަސައްކަތް ކުރުމަށް ޝައުގެވެރިވާ ފަރާތެއް ހޯދުމަށް 03 ޖަނަވަރީ 2017 ގައި ހުޅުވާލި ނަންބަރު IUL)438/438/2017/1) ޢިޢުލާނަށް އެކަށީގެންވާ ވަރަށް ޝައުގެވެރިކަން ފާޅުކޮށްފައި ނުވާތީވެ، އަލުން ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

މި މަސައްކަތުގެ މަޤުސަދަކީ އީ.އައި.އޭ ސްކޯޕިންގ އަށް އެޕްލިކޭޝަން ހުށަހެޅުމާއި، އީ.އައި.އޭ ސްކޯޕިންގ މީޓިންގައި ފާހަގަކުރާ ކަންތަކަށް ރިއާއައްކޮށް ސާރވޭމަސައްކަތްތައް ކުރުމާއި، އީ.އައި.އޭ ތައްޔާރުކުރުމާއި، އީ.އައި.އޭ ރިވިއުއަރސް އެދިވަޑައިގަންނަވާ ސުވާލުތަކަށް ޖަވާބުދާރީވުން ހިމެނެއެވެ.

އީ.އައި.އޭ ރިޕޯޓް ތައްޔާކުރަންވާނީ އެންވަރަމަންޓަލް ޕްރޮޓެކްޝަން އޭޖެންސީއިން ތަންފީޒުކުރަމުންދާ ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓް ހެދުމާބެހޭ ގަވާއިދު 2012 އެއްގޮތަށެވެ.

މަތީގައި ދެންނެވިފައިވާ މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ކޮންސަލްޓަންޓުންނަށް "ޕްރޮޕޯސަލް" ހުށަހެޅުމުގެ ދައުވަތު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާރޖީ އިން އަރުވަމެވެ.

މި މިސައްކަތުގެ " ރިކުއެސްޓް ފޯރ ޕްރޮޕޯސަލް " މިމިނިސްޓްރީގެ ވެބްސައިޓް www.environment.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. މިކަމާއި ގުޅިގެން އިތުރު މަޢުލޫމާތު އޮޅުން ފިލުވުމަށް ބޭނުން ވެއްޖެނަމަ ލިޔުމުން މި މިނިސްޓްރީއަށް ހުށަހެޅުއްވުން އެދެމެވެ.

ބީލަން ހުޅުވުން

ބިޑު ހުޅުވުމަށް ހަމަޖެހިފައިވަނީ 2017 ޖަނަވަރީ 26 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާރޖީގައި މި މަސައްކަތަށް އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ.

ވީމާ، މި މަސައްކަތް ކޮށްދެއްވަން ޝައުޤުވެރިވާ ފަރާތްތަކުން ބީލަން ފުރިހަމަކޮށް ސިޓީއުރައެއްގައި ބަންދުކޮށް ތިރީގައިވާ ގޮތަށް ޖެއްސެވުމަށްފަހު 2017 ޖަނަވަރީ 26 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި ހުށަހެޅުއްވުން އެދެމެވެ.

"ޕްރޮޕޯސަލް" އޮންނަންވާނީ ސިޓީއުރައެއްގައި ބަންދުކޮށްފައެވެ. ބޭރުގައި "ޕްރޮޕޯސަލް" މި މަސައްކަތުގެ ނަމާއި، ހުށަ ހެޅިފަރާތުގެ ނަމާއި، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު ލިޔެފައި އޮންނަންވާނެއެވެ.

އަންދާސީހިސާބު ހުށަހަޅުއްވަން ވާނީ ތިރީގައި މިދަންނަވާ ގޮތަށް އެޑްރެސް ކޮށްފައެވެ.

ޕްރޮކިޔުމަންޓް ޔުނިޓް،

މިނިސްޓްރީ އޮފް އެންވަޔަރަމަންޓް އެންޑް އެނަރޖީ،

ހަނދުވަރީ ހިނގުން، މާފަންނު، މާލެ، 20392، ދިވެހިރާއްޖެ.

ފޯނު: 3018300 960+ ، ފެކްސް: 3018301 960+

އީމެއިލް : [email protected]

ވެބްސައިޓް: www.environment.gov.mv 

 

17 ޖަނަވަރީ 2017
ހޯދާ