މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
ރޭންޖާރސް

މަޤާމް :ރޭންޖާރސް
ބޭނުންވާ އަދަދު :2

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ

 

ވަޒީފާގެ ފުރުޞަތު

ނަންބަރ:   IUL) 438/438/2017/10)                                            

 

މިމިނިސްޓްރީއިން ވޯރލްޑް ބޭންކުގެ އެހީތެރިކަމާއެކު ހިންގަމުންގެންދާ ކްލައިމޭޓް ޗޭންޖް އެޑެޕްޓޭޝަން ޕްރޮޖެކްޓް (ސީ.ސީ.އޭ.ޕީ) މަޝްރޫޢުގެ ދަށުން އައްޑޫ ސިޓީ ހިތަދޫގައި ގާއިމު ކުރަމަށް ހަމަޖެހިފައިވާ ޕްރޮޓެކްޓެޑް އޭރިއާ މެނޭޖްމަންޓް ޔުނިޓަށް ތިރީގައިވާ މަގާމުތަކަށް މުވައްޒަފުން ބޭނުންވެއެވެ.

މަގާމު:

ރޭންޖާރސް

ބޭނުންވާ ޢަދަދު:

2

ވަޒީފާ އަދާ ކުރަންޖެހޭ ތަން:

ޕްރޮޓެކްޓެޑް އޭރިއާ މެނޭޖްމަންޓް ޔުނިޓް (އައްޑޫ ސިޓީ ހިތަދޫ)

މުސާރަ:

ތަޖުރިބާއާއި ތަޢުލީމީ ފެންވަރަށް ބަލާ 10,000ރުފިޔާ އާއި 13,000ރުފިޔާ އާއި ދެމެދުގެ އުޖޫރައެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

އަދާކުރަންޖެހޭ މަސްއޫލިއްޔަތު:

ޕްރޮޓެކްޓެޑް އޭރިއާ ބެލެހެއްޓުން؛

ފެންވަރު ނުވަތަ ޝަރުތު:

(ހ) މަސައްކަތާއި ގުޅޭދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދު ހާޞިލް ކޮށްފައިވުން؛

ނުވަތަ،

(ށ) މަސައްކަތާއި ގުޅޭދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދު ހާޞިލް ކޮށްފައިވުމާއިއެކު ދާއިރާގައި މަދުވެގެން ދެ (2) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން؛

(ނ) ގުޅުންހުރި ދާއިރާއަކުން ޓްރެއިނިންގ ހާޞިލް ކުރެވިފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.

(ރ) ބޭރުގެ އެހީގައި ހިންގާ މަޝްރޫޢެއްގައި މަސައްކަތްކުރުމުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. މަޤާމަށް އެދި ހުށަހަޅާ ސިޓީ
  2. ކޮށްފައިވާ މަސައްކަތްތަކުގެ ތަފްސީލް، މިފަދަ މާހައުލުތަކުގައި މަސައްކަތް ކުރުމުގެ ތަޖުރިބާ، ތަޢުލީމީ ފެންވަރާއި ހުނަރު އަދި އެހެނިހެން މަޢުލޫމާތު ހިމެނޭ ވަނަވަރު

މަޤާމަށް އެންމެ ޤާބިލު ފަރާތެއް ހޯދުމަށް ބެލޭނެ ކަންތައްތައް:

  1. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަމްރީނާއި ތަޖުރިބާ
  2. އިންޓަރވިއު
  3. މަސައްކަތަށް ޝައުޤުވެރިކަން ހުރި މިންވަރު

އިތުރު މަޢުލޫމާތު:

މިމަޤާމުތަކަށް މީހުން އައްޔަނު ކުރެވޭނީ 15 (ފަނަރަ) މަސްދުވަހުގެ މުއްދަތަށެވެ. އަދި މިމަޤާމުތަކަށް ހޮވޭ ފަރާތްތަކުން މާރިޗް / އެޕްރީލް 2017 ގައި މަސައްކަތް ފަށަން ޖެހޭނެއެވެ.

ސުންގަޑި އަދި ލިޔުން ހުށަހަޅަންޖެހޭ އިދާރާ:

2017 ފެބުރުވަރީ 06 (ހޯމަ) ދުވަހު 14:00 ކުރިން އައްޑޫ ސިޓީ ކައުންސިލްގެ އިދާރާއަށް

 

16 ޖަނަވަރީ 2017

17 ޖަނަވަރީ 2017
ހޯދާ