ފެނަކަ ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
އިންޖިނިއަރ (ސިވިލް),ސްޕަވައިޒަރ ( ސިވިލް ).އެސިސްޓެންޓް އިންޖިނިއަރ (އިލެކްޓްރިކަލް),ސްޕަވައިޒަރ (އިލެކްޓްރިކަލް)

 

                                                                  ނަންބަރު: FNK/A/IUL/2017/17   

ވަޒީފާގެ ފުރުޞަތު

މިކުންފުނީގެ ތިރީގައި މިދަންނަވާ މަޤާމްތަކަށް މީހުން ހޯދުމަށް ބޭނުންވެއެވެ

އިންޖިނިއަރ (ސިވިލް)

މަޤާމް:

(1) އެކެއް

ބޭނުންވާ އަދަދު:

ޕްރޮޖެކްޓްސް ޑިވިޜަން

ޑިވިޜަން:

ހެޑް އޮފީސް / ކ.މާލެ

މަސައްކަތް ކުރަންޖެހޭ ތަން:

10100ރ ( ދިހަހާސް އެއްސަތޭކަ ރުފިޔާ )

އަސާސީ މުސާރަ:

މުސާރައިގެ %40

ސަރވިސް އެލަވަންސް:

މުސާރައިގެ %20

ޙާޒިރީ އެލަވަންސް:

މުސާރައިގެ %40 (ހަމަޖެހިފައިވާ އުސޫލުން)

އިތުރުގަޑީގެ އެލަވަންސް:

(ހ) މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށް ދިނުމާއިއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހި ރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 (ހަތަރެއް) ގެ ސަނަދެއް ހާސިލްކޮށްފައިވުމާއިއެކު، މަޤާމްގެ މަސައްކަތާއި ގުޅޭ ދާއިރާއެއްގައި 12 (ބާރަ) އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން ނުވަތަ އިތުބާރުހުރި ކުންފުންޏެއްގައި މިފެންވަރުގެ ވަޒީފާއެއްގައި ބަޔާންވެދިޔަ މުއްދަތުގެ ތަޖުރިބާ ލިބިފައިވުން.

(ށ) މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތު ކޮށްދިނުމާއިއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 (ފަހެއް) ގެ ސަނަދެއް ޙާސިލް ކޮށްފައިވުމާއިއެކު، މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއެއްގައި 8 (އަށެއް) އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން،  ނުވަތަ

(ނ) މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތު ކޮށްދިނުމާއިއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 6 (ހައެއް) ގެ ސަނަދެއް ހާސިލް ކޮށްފައިވުމާއިއެކު، މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއެއްގެ 4 (ހަތަރެއް) އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން،  ނުވަތަ

(ރ) މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތު ކޮށްދިނުމާއިއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 (ހަތެއް) ގެ ސަނަދެއް ހާސިލް ކޮށްފައިވުން،  ނުވަތަ

(ބ) މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތު ކޮށްދިނުމާއިއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 8 (އަށެއް) ގެ ސަނަދެއް ހާސިލް ކޮށްފައިވުން،  ނުވަތަ

(ޅ) އުމުރާއި ސިއްހަތުގެ ގޮތުން އެކަށީގެންވާ، ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ މުރާލި މީހަކު ކަމުގައިވުން.

ފެންވަރު ނުވަތަ ޝަރުތު:

  1. ޕްރޮޖެކްޓްސް ޑިވިޜަނުން ހިންގާ މަޝްރޫޢުތައް އެކުލަވާ ލުމުގައި ލިބިފައިވާ ތައުލީމާއި ފަންނީ ތަޖުރިބާގެ އަލީގައި ވެރިންނަށް މަޝްވަރާއާއި ލަފާ ދިނުން.
  2. މަޝްރޫއުތައް ހިންގުމުގައި ފަންނީ އެހީތެރިކަން ދިނުން. މި ގޮތުން މަޝްރޫޢުތަކުގެ ސިވިލް ސްޓަރަކްޗަރތައް ފަރުމާ ކުރުމަށް ބޭނުންވާ އިންޖިނިއަރިންގ ކަލްކިޔުލޭޝަން ތަކާއި ކުރެހުންތައް އަދި ބީ.އޯ.ކިޔު ހެދުމުގައި އެހީތެރި ވުން.
  3. ހިނގަމުންދާ މަޝްރޫޢުތައް ގަވާޢިދުން މޮނިޓަރކުރުން. މި ގޮތުން ހިންގޭ މަޝްރޫޢު ތަކުގެ އެސެސްމެންޓް ހެދުމަށާއި މޮނިޓަރކޮށް ބެލުމަށް ރަށްރަށަށް ދަތުރު ކުރުން.
  4. މަޝްރޫއުތައް މޮނިޓަރކޮށް، ހިނގަނީ ހެދިފައިވާ މާސްޓަރ ޕްލޭންއާއި އެއްގޮތަށްތޯ ބަލާ، މަޝްރޫޢުތައް ޓެކްނިކަލް ނަޒަރަކުން ދިރާސާކޮށް، ކަނޑައެޅިފައިވާ ޕްލޭނާއި އެއްގޮތަށް އެ މަޝްޜޫއު ތަކުން ހާސިލްކުރަން ބޭނުންވާ ނަތީޖާ އާއި ލަނޑުދަނޑި ހާސިލްވޭތޯ ބެލުން
  5.  މަޝްރޫޢު ތަކާއި ގުޅުންހުރި އެންމެހާ ފަރާތްތަކާއި ކޯޑިނޭޓް ކޮށް ތަފްސީލު ގަވާއިދުން ވެރިންނާއި ހިއްސާކުރުން.
  6. ކުންފުނިން ކޮންޓްރެކްޓަށް ހަވާލުކުރެވޭ މަސައްކަތްތައް ކުރިއަށްދަނީ ކޮންޓްރެކްޓަރާއި ވެވިފައިވާ އެބަސްވުމުގައިވާގޮތަށްތޯ ބަލާ ކުންފުނީގެ މަގްޞަދު ހާސިލްވޭތޯ ބެލުން.
  7. މަޝްރޫޢުތައް ކުރިއަށްދާގޮތާމެދު ކަނޑައެޅިފައިވާ ތާވަލްއާއި އެއްގޮތަށް ކުންފުނީގެ ފަރާތުން ރިވިއު ރިޕޯޓުތައް އެކުލަވާލުން.
  8. ޕްރޮޖެކްޓްތައް ނިމޭއިރު ސްޓޭކްހޯލްޑަރުން ތައްޔާރުކުރަންޖެހޭ ރިޕޯޓްތައް ހަމަކުރުމަށް ކުރަންޖެހޭ އެންމެހާމަސައްކަތްތައް ކުރުން
  9. ޑިވިޜަންގެ އެންމެއިސްފަރާތަށް މަޝްރޫއުތަކުގެ އަޕްޑޭޓް ގަވާޢިދުން ފޯރުކޮށްދިނުން.
  10. ޑިވިޜަން ގެ ހިންގުމާއި ހަވާލުވެ ހުރި ފަރާތް އަންގައިފި ހިނދެއްގައި ޑިވިޜަން އާއި ގުޅުން ހުރި އެހެނިހެން މަސައްކަތްތައް ކުރުން.

މަސްޢޫލިއްޔަތު ތައް:

ސްޕަވައިޒަރ ( ސިވިލް )

މަޤާމް:

(1) އެކެއް

ބޭނުންވާ އަދަދު:

ޕްރޮޖެކްޓްސް ޑިވިޜަން

ޑިވިޜަން:

ހެޑް އޮފީސް / ކ.މާލެ

މަސައްކަތް ކުރަންޖެހޭ ތަން:

6040ރ ( ހަހާސް ސާޅީސް ރުފިޔާ )

އަސާސީ މުސާރަ:

މުސާރައިގެ %30

ސަރވިސް އެލަވަންސް:

މުސާރައިގެ %20

ޙާޒިރީ އެލަވަންސް:

މުސާރައިގެ %50 (ހަމަޖެހިފައިވާ އުސޫލުން)

އިތުރުގަޑީގެ އެލަވަންސް:

މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލްކަން ސާބިތު ކޮށްދިނުމާއިއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 (ހަތަރެއް) ސަނަދެއް ޙާސިލްކޮށްފައިވުމާއި އެކު، މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއެއްގައި މަދުވެގެން 3 (ތިނެއް) އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން، ނުވަތަ

(ށ) މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލްކަން ސާބިތު ކޮށްދިނުމާއިއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 5 (ފަހެއް) ސަނަދެއް ޙާސިލްކޮށްފައިވުން، ނުވަތަ

(ނ) ވަކި ވަކި ދާއިރާތަކުގެ އޮނިގަނޑުތަކުގައި އެދާއިރާއަކުން އެމް.އެސް 1 (އެކެއް) ރޭންކަށް ކަނޑައަޅާ ތަމްރީނެއް ހާސިލްކޮށްފައިވުން، ނުވަތަ،

(ށ) މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލްކަން ސާބިތުކޮށްދިނުމާއިއެކު، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ހައްޤުވާ މާރކްސްއެއް ލިބެމުން ދިއުމާއިއެކު، ޖީ.އެސް 4 (ހަތަރެއް) ރޭންކުގެ ޝަރުތު ފުރިހަމަވެ، އެރޭންކުގައި މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއެއްގައި މަދުވެގެން 3 (ތިނެއް) އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން، ނުވަތަ

(ނ) މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލްކަން ސާބިތު ކޮށްދިނުމާއި އެކު، އެމް.އެސް 1 (އެކެއް) ރޭންކް ނުވަތަ އެއަށްވުރެ މަތީ ރޭންކަކާއި އެއްފެންވަރުގެ ރޭންކެއްގައި، މަޤާމުގެ މަސައްކަތާއިގުޅޭ ދާއިރާއެއްގައި މަސައްކަތް ކުރަމުންދާ މީހެއް ކަމުގައިވުން.

(ރ) އުމުރާއި ސިއްހަތުގެ ގޮތުން އެކަށީގެންވާ، ގިނަ ވަގުތު މަސައްކަތުގައި އެޅެވޭނެ މުރާލި މީހަކު ކަމުގައިވުން.

ފެންވަރު ނުވަތަ ޝަރުތު:

އެސިސްޓެންޓް އިންޖިނިއަރ (އިލެކްޓްރިކަލް)

މަޤާމް:

(1) އެކެއް

ބޭނުންވާ އަދަދު:

ޕްރޮޖެކްޓްސް ޑިވިޜަން

ޑިވިޜަން:

ހެޑް އޮފީސް / ކ.މާލެ

މަސައްކަތް ކުރަންޖެހޭ ތަން:

8100ރ ( އަށްހާސް އެއްސަތޭކަ ރުފިޔާ )

އަސާސީ މުސާރަ:

މުސާރައިގެ %30

ސަރވިސް އެލަވަންސް:

މުސާރައިގެ %20

ޙާޒިރީ އެލަވަންސް:

މުސާރައިގެ %50 (ހަމަޖެހިފައިވާ އުސޫލުން)

އިތުރުގަޑީގެ އެލަވަންސް:

(ހ) މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށް ދިނުމާއިއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހި ރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 (ހަތަރެއް) ގެ ސަނަދެއް ހާސިލްކޮށްފައިވުމާއިއެކު، މަޤާމްގެ މަސައްކަތާއި ގުޅޭ ދާއިރާއެއްގައި 12 (ބާރަ) އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން،  ނުވަތަ އިތުބާރުހުރި ކުންފުންޏެއްގައި މިފެންވަރުގެ ވަޒީފާއެއްގައި ބަޔާންވެދިޔަ މުއްދަތުގެ ތަޖުރިބާ ލިބިފައިވުން.

(ށ) މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތު ކޮށްދިނުމާއިއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 (ފަހެއް) ގެ ސަނަދެއް ޙާސިލް ކޮށްފައިވުމާއިއެކު، މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއެއްގައި 8 (އަށެއް) އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން،  ނުވަތަ

(ނ) މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތު ކޮށްދިނުމާއިއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 6 (ހައެއް) ގެ ސަނަދެއް ހާސިލް ކޮށްފައިވުމާއިއެކު، މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއެއްގެ 4 (ހަތަރެއް) އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން،  ނުވަތަ

(ރ) މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތު ކޮށްދިނުމާއިއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 (ހަތެއް) ގެ ސަނަދެއް ހާސިލް ކޮށްފައިވުން،  ނުވަތަ

(ބ) މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތު ކޮށްދިނުމާއިއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 8 (އަށެއް) ގެ ސަނަދެއް ހާސިލް ކޮށްފައިވުން،  ނުވަތަ

 (ޅ) އުމުރާއި ސިއްހަތުގެ ގޮތުން އެކަށީގެންވާ، ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ މުރާލި މީހަކު ކަމުގައިވުން.

ފެންވަރު ނުވަތަ ޝަރުތު:

  1. ޕްރޮޖެކްޓްސް ޑިވިޜަނުން ހިންގާ މަޝްރޫޢުތައް އެކުލަވާ ލުމުގައި ލިބިފައިވާ ތައުލީމާއި ފަންނީ ތަޖުރިބާގެ އަލީގައި ވެރިންނަށް މަޝްވަރާއާއި ލަފާ ދިނުން.
  2. މަޝްރޫއުތައް ހިންގުމުގައި ފަންނީ އެހީތެރިކަން ދިނުން. މި ގޮތުން ހިންގޭ ކަރަންޓުގެ އަދި އިއާދަ ކުރަނިވި ހަކަތައިގެ މަޝްރޫޢުތައް ފަރުމާ ކުރުމަށް ބޭނުންވާ އިންޖިނިއަރިންގ ކަލްކިޔުލޭޝަން ތަކާއި ކުރެހުންތައް އަދި ބީ.އޯ.ކިޔު ހެދުމުގައި އެހީތެރި ވުން.
  3. އަލަށް ހިންގޭނޭ އިއާދަ ކުރަނިވި މަޝްރޫއުތަށް ދެނެގަނެ، އެ ކަމަށް ބޭނުންވާ ޑޭޓާ އާއި ތަފާސް ހިސާބު ހޯދާ އެ ފަދަ މަޝްރޫއުތައް ކުރިއަށް ގެންދަން ބޭނުންވާ ފަންނީ ލަފާ އާއި ހިޔާލު ދިނުން.
  4. ހިނގަމުންދާ އިޢާދަ ކުރަނިވި ހަކަތައިގެ މަޝްރޫޢުތައް ގަވާޢިދުން މޮނިޓަރކުރުން. މި ގޮތުން ހިންގޭ މަޝްރޫޢު ތަކުގެ އެސެސްމެންޓް ހެދުމަށާއި މޮނިޓަރކޮށް ބެލުމަށް ރަށްރަށަށް ދަތުރު ކުރުން.
  5. . ޕްރޮޖެކްޓްސް ޑިވިޜަން އިން ފޯރމިޔުލޭޓް ކުރާ މަޝަރޫޢު ތަކާއި އަދި ބޭރުގެ ފަރާތްތަކުން ހުށަހަޅާ މަޝްރޫޢުތަކަށް ޓެކްނިކަލް ކޮމެންޓާއި ލަފާ އެރުވުން. އަދި އެ ފަދަ މަޝްރޫއު ތަކަކީ ގަބޫލުކުރެވޭ ރަގަޅު ސްޓެންޑަރޑް ތަކަށް ފެތޭ ޓެކްނިކަލީ ރަގަޅު މަޝްރޫޢުތަކެއްތޯ ބަލާ ޗެކުކުރުން.
  6. މަޝްރޫއުތަކަށް ޝައުގުވެރިކަން ފާޅުކުރާ ބޭރުގެ ފަރާތްތަކާއި އެކު މަޝްވަރާކޮށް، ފަންނީ ދިރާސާތަކުގައި އެހީވެދިނުން.
  7. އިއާދަކުރަނިވި ހަކަތައިގެ މަޝްރޫއުތައް މޮނިޓަރކޮށް، ހިނގަނީ ހެދިފައިވާ މާސްޓަރ ޕްލޭންއާއި އެއްގޮތަށްތޯ ބަލާ، މަޝްރޫޢުތައް ޓެކްނިކަލް ނަޒަރަކުން ދިރާސާކޮށް، ކަނޑައެޅިފައިވާ ޕްލޭނާއި އެއްގޮތަށް އެ މަޝްޜޫއު ތަކުން ހާސިލްކުރަން ބޭނުންވާ ނަތީޖާ އާއި ލަނޑުދަނޑި ހާސިލްވޭތޯ ބެލުން
  8.  މަޝްރޫޢު ތަކާއި ގުޅުންހުރި އެންމެހާ ފަރާތްތަކާއި ކޯޑިނޭޓް ކޮށް ތަފްސީލު ގަވާއިދުން ވެރިންނާއި ހިއްސާކުރުން.
  9. މަޝްރޫޢުތައް ކުރިއަށްދާގޮތާމެދު ކަނޑައެޅިފައިވާ ތާވަލްއާއި އެއްގޮތަށް ކުންފުނީގެ ފަރާތުން ރިވިއު ރިޕޯޓުތައް އެކުލަވާލުން.
  10. ޕްރޮޖެކްޓްތައް ނިމޭއިރު ސްޓޭކްހޯލްޑަރުން ތައްޔާރުކުރަންޖެހޭ ރިޕޯޓްތައް ހަމަކުރުމަށް ކުރަންޖެހޭ އެންމެހާމަސައްކަތްތައް ކުރުން
  11. ޑިވިޜަންގެ އެންމެއިސްފަރާތަށް މަޝްރޫއުތަކުގެ އަޕްޑޭޓް ގަވާޢިދުން ފޯރުކޮށްދިނުން.

މަސްޢޫލިއްޔަތު ތައް:

ސްޕަވައިޒަރ (އިލެކްޓްރިކަލް)

މަޤާމް:

(1) އެކެއް

ބޭނުންވާ އަދަދު:

ޕްރޮޖެކްޓްސް ޑިވިޜަން

ޑިވިޜަން:

ހެޑް އޮފީސް / ކ.މާލެ

މަސައްކަތް ކުރަންޖެހޭ ތަން:

6040ރ ( ހަހާސް ސާޅީސް ރުފިޔާ )

އަސާސީ މުސާރަ:

މުސާރައިގެ %30

ސަރވިސް އެލަވަންސް:

މުސާރައިގެ %20

ޙާޒިރީ އެލަވަންސް:

މުސާރައިގެ %50 (ހަމަޖެހިފައިވާ އުސޫލުން)

އިތުރުގަޑީގެ އެލަވަންސް:

(ހ) މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލްކަން ސާބިތު ކޮށްދިނުމާއިއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 (ހަތަރެއް) ސަނަދެއް ޙާސިލްކޮށްފައިވުމާއި އެކު، މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއެއްގައި މަދުވެގެން 3 (ތިނެއް) އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން، ނުވަތަ

(ށ) މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލްކަން ސާބިތު ކޮށްދިނުމާއިއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 5 (ފަހެއް) ސަނަދެއް ޙާސިލްކޮށްފައިވުން، ނުވަތަ

(ނ) ވަކި ވަކި ދާއިރާތަކުގެ އޮނިގަނޑުތަކުގައި އެދާއިރާއަކުން އެމް.އެސް 1 (އެކެއް) ރޭންކަށް ކަނޑައަޅާ ތަމްރީނެއް ހާސިލްކޮށްފައިވުން، ނުވަތަ،

(ށ) މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލްކަން ސާބިތުކޮށްދިނުމާއިއެކު، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ހައްޤުވާ މާރކްސްއެއް ލިބެމުން ދިއުމާއިއެކު، ޖީ.އެސް 4 (ހަތަރެއް) ރޭންކުގެ ޝަރުތު ފުރިހަމަވެ، އެރޭންކުގައި މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއެއްގައި މަދުވެގެން 3 (ތިނެއް) އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން، ނުވަތަ

(ނ) މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލްކަން ސާބިތު ކޮށްދިނުމާއި އެކު، އެމް.އެސް 1 (އެކެއް) ރޭންކް ނުވަތަ އެއަށްވުރެ މަތީ ރޭންކަކާއި އެއްފެންވަރުގެ ރޭންކެއްގައި، މަޤާމުގެ މަސައްކަތާއިގުޅޭ ދާއިރާއެއްގައި މަސައްކަތް ކުރަމުންދާ މީހެއް ކަމުގައިވުން.

(ރ) އުމުރާއި ސިއްހަތުގެ ގޮތުން އެކަށީގެންވާ، ގިނަ ވަގުތު މަސައްކަތުގައި އެޅެވޭނެ މުރާލި މީހަކު ކަމުގައިވުން.

ފެންވަރު ނުވަތަ ޝަރުތު:

  1. އިޢާދަ ކުރަނިވި ހަކަތައިގެ އަދި ޕަވަރ ސިސްޓަމް އާއި ގުޅުން ހުރި މަޝްރޫޢުތައް ސުޕަރވައިޒްކުރުން. މި ގޮތުން ސައިޓްތަކުގައި މަސައްކަތް ކުރެވެމުން ދަނީ ކަނޑައެޅިފައިވާ ސްޓެންޑަރޑްތަކަށްތޯ ބަލާ ޗެކު ކުރުން.
  2. ސައިޓްތަކުގައި މަސައްކަތް ކުރެވެނީ މަޝްރޫއު ތަކުގެ ޓެކްނިކަލް ރިކުޔަރމަންޓްތަކާއި އިންޖިނިއަރިނގ ކުރެހުންތަކާއި އެއްގޮތަށްކަން ޔަގީންކުރުން.
  3. ހިނގަމުންދާ އިޢާދަ ކުރަނިވި ހަކަތައިގެ މަޝްރޫޢުތައް ގަވާޢިދުން މޮނިޓަރކުރުން. މި ގޮތުން ހިންގޭ މަޝްރޫޢު ތަކުގެ އެސެސްމެންޓް ހެދުމަށާއި މޮނިޓަރކޮށް ބެލުމަށް ރަށްރަށަށް ދަތުރު ކުރުން.
  4. މަޝްރޫއުތައް ހިނގާ ގޮތުގެ ރިޕޯޓް ތައްޔާރުކޮށް ގަވާޢިދުން ވެރިންނާއި ހިއްސާކުރުން. އަދި ކުރިއަށް ގެންދިޔުމުގައި ދިމާވާ ދަތިތަކާއި އެ ފަދަ ދަތިތައް ހައްލުކުރާނޭ ގޮތުގެ ފަންނީ ލަފާ ވެރިންނަށް ދިނުން
  5. މަޝްރޫޢު ތަކާއި ގުޅުންހުރި އެންމެހާ ފަރާތްތަކާއި ކޯޑިނޭޓް ކޮށް ތަފްސީލު ގަވާއިދުން ވެރިންނާއި ހިއްސާކުރުން.
  6. މަޝްރޫޢުތައް ކުރިއަށްދާގޮތާމެދު ކަނޑައެޅިފައިވާ ތާވަލްއާއި އެއްގޮތަށް ކުންފުނީގެ ފަރާތުން ރިވިއު ރިޕޯޓުތައް އެކުލަވާލުން.
  7. ޕްރޮޖެކްޓްތައް ނިމޭއިރު ސްޓޭކްހޯލްޑަރުން ތައްޔާރުކުރަންޖެހޭ ރިޕޯޓްތައް ހަމަކުރުމަށް ކުރަންޖެހޭ އެންމެހާމަސައްކަތްތައް ކުރުން
  8. ޑިވިޜަންގެ އެންމެއިސްފަރާތަށް މަޝްރޫއުތަކުގެ އަޕްޑޭޓް ގަވާޢިދުން ފޯރުކޮށްދިނުން.
  9. ޑިވިޜަން ގެ ހިންގުމާއި ހަވާލުވެ ހުރި ފަރާތް އަންގައިފި ހިނދެއްގައި ޑިވިޜަން އާއި ގުޅުން ހުރި އެހެނިހެން މަސައްކަތްތައް ކުރުން.

މަސްޢޫލިއްޔަތު ތައް:

 

ވަޒީފާއަށް އެދި ހުށަހަޅާ އެޕްލިކޭޝަން ފޯމް މި ކުންފުނީގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ. އަދި ހެޑް އޮފީސް (ޕޯޓް ކޮމްޕްލެކްސް، 7 ވަނަ ފަންގިފިލާ) ރަސްމީ ދުވަސްތަކުގެ  9:00 – 16:00 އަށް ލިބެންހުންނާނެއެވެ.  އިންޓަވިއު ކުރެވޭނީ ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާއެވެ. ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރޭގައި ޝަރުތު ހަމަވާ ފަރާތެއް ނެތް ނަމަ މި ކުންފުނިން ބަލާ މިންގަނޑުގެ ތެރެއިން ތައުލީމީ ފެންވަރަށާއި މަސައްކަތު ތަޖުރިބާއަށް ބަލައި، އެންމެ އެކަށީގެންވާ ފަރާތަކަށް ވަޒީފާ ހަމަޖައްސާ ދެވޭނެއެވެ.

ވީމާ، ޝައުޤުވެރިވެލައްވާ ފަރާތްތަކުން 23 ޖަނަވަރީ 2017 ވާ ހޯމަ ދުވަހުގެ 15:00 ގެ ކުރިން ތިރީގައި މިވާ އެޑްރެހަށް އެޕްލިކޭޝަން ފޯމާއިއެކު ސީ.ވީ، އައިޑެންޓިޓީ ކާޑުގެ ކޮޕީ, އެޓެސްޓް ކޮށްފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް އަދި 3 މަސް ދުވަސްހަމަވެފައި ނުވާ ޕޮލިސް ރިޕޯރޓް ހުށަހެޅުއްވުން އެދެމެވެ.

 

ނޯޓް:

  • އިންޓަރވިއުކުރުމަށް ކިޔޭނީ ހަމައެކަނި ޝޯޓް ލިސްޓް ކުރެވޭފަރާތްތަކަށެވެ.
  • މިމަޤާމްތަކަށް މުވައްޒަފުން ހޮވާނީ ތަޢުލީމީ ސެޓްފިކެޓްތަކަށާއި، މަސައްކަތުގެ ތަޖުރިބާ އަދި އިންޓަރވިއު އަށް ބަލައި އެންމެ މަތިން މާކްސް ލިބޭ ފަރާތްތަކެވެ.

 

ފެނަކަ ކޯޕަރޭޝަން ލިމިޓެޑް،

ޕޯރޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ،

ހިލާލީމަގު/ މާލެ، 20307، ދިވެހިރާއްޖެ

ގުޅޭނެ ނަންބަރު: 3007555

ފެކްސް ނަންބަރު: 3327555

ވެބްސައިޓް: www.fenaka.com.mv

އީމެއިލް: [email protected]

17 ރަބީޢުލްއާޚިރު 1438

15 ޖަނަވަރީ    2017

                                                           

16 ޖަނަވަރީ 2017
ހޯދާ