މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު

އިޢުލާން

ޚާއްޞަ އިޤްތިސާދީ ސަރަޙައްދުގެ ޤާނޫނުގެ ދަށުން ރިޕޯޓުކުރާ މިނިސްޓްރީއަކީ، މިނިސްޓްރީ އޮފް  އިކޮނިމިކް ޑިވެލޮޕްމަންޓް ކަމުގައި ހަމަޖެއްސެވުމާއި ގުޅިގެން، އެ ޤާނޫނުގެ ދަށުން އުފައްދާފައިވާ ބޯޑް އޮފް އިންވެސްޓްމަންޓްގެ ސެކްރެޓޭރިއަޓް ބަލަހައްޓާ މިނިސްޓްރީ އަކީ މި މިނިސްޓްރީ ކަމުގައި ވަނީ ހަމަޖެހިފައެވެ. މިގޮތުން، ސެކްރެޓޭރިއަޓްގެ މަސައްކަތްތައް ހިންގުމަށް ތިރީގައި ދަންނަވާފައިވާ މުވައްޒަފުން، މި މިނިސްޓްރީގެ ދަށުން ޤާއިމު ކުރުމަށް ނިންމާފައިވާ އެސް.އީ.ޒެޑް މޯލްޑިވްސް އޮފީހަށް ހޯދުމަށް ބޭނުންވެއެވެ.

1.      ޑިރެކްޓަރ، ލީގަލް އެފެއާޒް

މަތީގައި ދެންނެވިފައިވާ ވަޒީފާއާއި ގުޅޭ ޓާރމްސް އޮފް ރިފަރެންސް މި މިނިސްޓްރީގެ ވެބްސައިޓުން ޑައުންލޯޑް ކުރެއްވޭނެއެވެ.

ވަޒީފާއަށް ކުރިމަތިލުމުގެ ސުންގަޑި: ވަޒީފާއަށް އެދި ސިޓީ ފޮނުވުމުގެ އެންމެ ފަހުގެ ތާރީޚަކީ 24 ޖަނަވަރީ 2017 ވާ އަންގާރަ ދުވަހުގެ 14:00 އެވެ. ވަޒީފާއަށް އެދި ހުށަހަޅާ އެޕޮލިކޭޝަން، ސީވީ، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާރޑުގެ ކޮޕީ،ތަޢުލީމީ ސެޓިފިކެޓްގެ ކޮޕީ އާއި ރާއްޖެއިން ބޭރުގެ ސެޓްފިކެޓްއެއްނަމަ ތަކުގެ ކޮޕީ އަދި ކުރިން މަސައްކަތްކޮށްފައިވާ ތަންތަނުގެ ރެފަރެންސް ސިޓީ މި މިނިސްޓްރީގެ ހިއުމަން ރިސޯސް ޔުނިޓަށް އެޑްރެސްކޮށް ހުށަހެޅުއްވުން އެދެމެވެ. އެޕްލިކޭޝަން  ހުށަހަޅުއްވާނީ ސީލްޑްކުރެވިފައިވާ ސިޓީއުރައެއްދގައެވެ. އަދި ސިޓީ އުރައިގެ ބޭރުގައި

“Job Application for positions in the SEZ Secretariat” މިހެން ލޭބަލްކުރެވިފައި އޮންނަންވާނެއެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް ، ރަސްމީ ދުވަސްދުވަހު 08:00-14:00 ދެމެދު 3333174 ނުވަތަ 3333160 ފޯނަށް ގުޅުއްވައި ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.

17‏ ރަބީޢުލްއާޚިރާ 1438

16 ޖަނަވަރީ 2017 

16 ޖަނަވަރީ 2017
ހޯދާ