މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
ޕްރިންސިޕަލް

އިޢުލާން

މަޤާމް: ޕްރިންސިޕަލް

ބޭނުންވާ އަދަދު: 1 (އެކެއް)

މަޤާމުގެ ގިންތި: ދާއިމީ

ވަޒީފާ އޮތް އޮފީސް: ނ. މާފަރު ސްކޫލް

ވަޒީފާ އަދާކުރަން ޖެހޭ ތަން: ނ. މާފަރު ސްކޫލް

މަޤާމުގެ ރޭންކާއި، ކްލެސިފިކޭޝަނާއި، ޝަރުޠާއި، އަސާސީ މުސާރައާއި، ސަރވިސް އެލަވަންސް:

މަޤާމު

ރޭންކް

ކްލެސިފިކޭޝަން

ޝަރުޠު

މަޤާމުގެ އަސާސީ މުސާރަ

ސަރވިސް އެލަވަންސް

ޕްރިންސިޕަލް

 

MS2

 

ޓީޗިންގ ސަރވިސް އޮފިސަރ 3

- ޓީޗިންގ ސަރވިސް އޮފިސަރ 3 ގެ ޝަރުޠު ހަމަވުމާއެކު ލީޑިންގ ޓީޗަރުގެ މަޤާމުގައި މަދުވެގެން 2 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ

- ޓީޗިންގ ސަރވިސް އޮފިސަރ 3 ގެ ޝަރުޠު ހަމަވުމާއެކު ސްކޫލް ހިންގުމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލު ކޮށްފައިވުމާއެކު، ކިޔަވައިދިނުމުގެ ރޮނގުން 2 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.

މަހަކު

-/6295

ރުފިޔާ

މަހަކު

-/2500

ރުފިޔާ

ޕްރިންސިޕަލް

MS3

ޓީޗިންގ ސަރވިސް އޮފިސަރ 4

- ޓީޗިންގ ސަރވިސް އޮފިސަރ 4 ގެ ޝަރުޠު ހަމަވުމާއެކު ލީޑިންގ ޓީޗަރގެ މަޤާމުގައި މަދުވެގެން 2 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ

- ޓީޗިންގ ސަރވިސް އޮފިސަރ 4 ގެ ޝަރުޠު ހަމަވުމާއެކު ސްކޫލް ހިންގުމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލު ކޮށްފައިވުމާއެކު، ކިޔަވައިދިނުމުގެ ރޮނގުން 2 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.

މަހަކު

-/7035

ރުފިޔާ

މަހަކު

-/2500

ރުފިޔާ

ޕްރިންސިޕަލް

MS4

ޓީޗިންގ ސަރވިސް އޮފިސަރ 5

- ޓީޗިންގ ސަރވިސް އޮފިސަރ 5 ގެ ޝަރުޠު ހަމަވުމާއެކު ލީޑިންގ ޓީޗަރުގެ މަޤާމުގައި މަދުވެގެން 2 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ

- ޓީޗިންގ ސަރވިސް އޮފިސަރ 5 ގެ ޝަރުޠު ހަމަވުމާއެކު ސްކޫލް ހިންގުމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ނުވަތަ އެއަށްވުރެމަތީ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ކިޔަވައިދިނުމުގެ ރޮނގުން 2 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.

މަހަކު

-/7875

ރުފިޔާ

މަހަކު

-/2500

ރުފިޔާ

ޕްރިންސިޕަލް

EX1

ޓީޗިންގ ސަރވިސް އޮފިސަރ 6

- ޓީޗިންގ ސަރވިސް އޮފިސަރ 6 ގެ ޝަރުޠު ހަމަވުމާއެކު ލީޑިންގ ޓީޗަރު މަޤާމުގައި މަދުވެގެން 2 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ

- ޓީޗިންގ ސަރވިސް އޮފިސަރ 6 ގެ ޝަރުޠު ހަމަވުމާއެކު ސްކޫލް ހިންގުމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލު ކޮށްފައިވުމާއިއެކު، ކިޔަވައިދިނުމުގެ ރޮނގުން 2 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.

މަހަކު

-/8835

ރުފިޔާ

މަހަކު

-/2500

ރުފިޔާ

ޕްރިންސިޕަލް

EX2

ޓީޗިންގ ސަރވިސް އޮފިސަރ 7

- ޓީޗިންގ ސަރވިސް އޮފިސަރ 7 ގެ ޝަރުޠު ހަމަވުމާއެކު ލީޑިންގ ޓީޗަރުގެ މަޤާމުގައި މަދުވެގެން 2 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ

- ޓީޗިންގ ސަރވިސް އޮފިސަރ 7  ގެ ޝަރުޠު ހަމަވުމާއެކު ސްކޫލް ހިންގުމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ކިޔަވައިދިނުމުގެ ރޮނގުން 2 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.

މަހަކު

-/9890

ރުފިޔާ

މަހަކު

-/2500

ރުފިޔާ

ޕްރިންސިޕަލް

EX3

ޓީޗިންގ ސަރވިސް އޮފިސަރ 8

- ޓީޗިންގ ސަރވިސް އޮފިސަރ 8 ގެ ޝަރުޠު ހަމަވުމާއެކު ލީޑިންގ ޓީޗަރުގެ މަޤާމުގައި މަދުވެގެން 2 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ

- ޓީޗިންގ ސަރވިސް އޮފިސަރ 8 ގެ ޝަރުޠު ހަމަވުމާއެކު ސްކޫލް ހިންގުމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ކިޔަވައިދިނުމުގެ ރޮނގުން 2 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.

މަހަކު

-/11065

ރުފިޔާ

މަހަކު

-/2500

ރުފިޔާ

ޕްރިންސިޕަލް

EX4

ޓީޗިންގ ސަރވިސް އޮފިސަރ 9

 

- ޓީޗިންގ ސަރވިސް އޮފިސަރ 9 ގެ ޝަރުޠު ހަމަވުމާއެކު ލީޑިންގ ޓީޗަރުގެ މަޤާމުގައި މަދުވެގެން 2 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ

- ޓީޗިންގ ސަރވިސް އޮފިސަރ 9 ގެ ޝަރުޠު ހަމަވުމާއެކު ސްކޫލް ހިންގުމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ކިޔަވައިދިނުމުގެ ރޮނގުން 2 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން

މަހަކު

-/12400

ރުފިޔާ

މަހަކު

-/2500

ރުފިޔާ

ޕްރިންސިޕަލް

EX5

ޓީޗިންގ ސަރވިސް އޮފިސަރ 10

- ޓީޗިންގ ސަރވިސް އޮފިސަރ 10 ގެ ޝަރުޠު ހަމަވުމާއެކު ލީޑިންގ ޓީޗަރުގެ މަޤާމުގައި މަދުވެގެން 2 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ

- ޓީޗިންގ ސަރވިސް އޮފިސަރ 10 ގެ ޝަރުޠު ހަމަވުމާއެކު ސްކޫލް ހިންގުމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ކިޔަވައިދިނުމުގެ ރޮނގުން 2 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.

މަހަކު

-/13890

ރުފިޔާ

މަހަކު

-/2500

ރުފިޔާ

ޕްރިންސިޕަލް

EX6

ޓީޗިންގ ސަރވިސް އޮފިސަރ 11

- ޓީޗިންގ ސަރވިސް އޮފިސަރ 11 ގެ ޝަރުޠު ހަމަވުމާއެކު ލީޑިންގ ޓީޗަރުގެ މަޤާމުގައި މަދުވެގެން 2 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ

- ޓީޗިންގ ސަރވިސް އޮފިސަރ 11 ގެ ޝަރުޠު ހަމަވުމާއެކު ސްކޫލް ހިންގުމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ކިޔަވައިދިނުމުގެ ރޮނގުން 2 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.

މަހަކު

-/15560

ރުފިޔާ

މަހަކު

-/2500

ރުފިޔާ

ޢިިނާޔަތްތައް:

1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

2. ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

3. ހަމަޖެހިފައިވާ ގޮތުގެ މަތިން ޓެނުއަރޝިޕް.

4. ހަމަޖެހިފައިވާ ގޮތުގެ މަތިން ފޯން އެލަވަންސް.

ވަޒީފާގެ މަސްއޫލިއްޔަތު:

1- މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ސިޔާސަތުތަކާ ޤައުމީ މަންހަޖާ އެއްގޮތްވާ ގޮތުގެމަތިން އުނގަންނައިދިނުމުގެ ޙަރަކާތްތައް ރާވައި ހިންގުން.

2- ދަރިވަރުންގެ ތަޢުލީމީ ފެންވަރު ރަނގަޅުކޮށް، ހެޔޮގޮތުގައި ތަރުބިއްޔަތު ކުރުމަށް ޙަރަކާތްތައް ރާވައި ހިންގުން.

3- ދަރިވަރުންގެ ކިބައިގައި ދީނީ އަދި އަޚުލާޤީ ރަނގަޅު އާދަތައް ހަރުލެއްވުމަށް ޙަރަކާތްތައް ރާވައި ހިންގުން.

4- ވަށާޖެހިފައިވާ ތަޢުލީމަށް މަގުފަހިވާނެހެން އިތުރު ޙަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުޞަތު ދަރިވަރުންނަށް ހޯދައިދިނުން.

5- ޓީޗަރުންގެ ފެންވަރު މަތިކުރުމަށް ޕްރޮފެޝަނަލް ޑިވެލޮޕްމެންޓް ޕްރޮގްރާމްތައް ރާވައި ހިންގުން.

6- ދަރިވަރުންނަށް ފައިދާވާނެހެން ސްކޫލުގެ ޙަރަކާތްތައް ރާވައި ތަންފީޒު ކުރުން.

7- ސްކޫލުގެ ވިޝަން، މިޝަން، ސްކޫލުން ދެކޭގޮތް އަދި ފިލޯސަފީ އެކަށައަޅައި އެކުލަވާލުން.

8- ރަނގަޅު ފެންވަރެއްގައި އުނގެނުމަށާއި ކިޔަވައިދިނުމަށް މަގުފަހިކޮށްދިނުމަށް ޓީޗަރުންނަށް އެހީތެރިކަން ފޯރުކޮށްދިނުން.

9- ސަރުކާރުގެ ޤާނޫނާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ސްކޫލުގެ ޢިމާރާތްތަކާއި ފައިސާގެ ކަންކަން ބެލެހެއްޓުން.

10- ބެލެނިވެރިންނާއި ސްކޫލާ ދެމެދު ރަނގަޅު ގުޅުމެއް ޤާއިމްކޮށް ދެމެހެއްޓުން.

11- ކަންކަން ނިންމުމުގައި ހުރިހާ ދަރިވަރުންނަށް ހަމަހަމަ ގޮތެއްގައި ބައިވެރިވެވޭނެ ފުރުޞަތު ހޯދައިދިނުން.

12- ސްކޫލުގެ ކިޔަވައިދިނުމާ ގުޅޭ ޕްލޭންތައް ތައްޔާރުކޮށް ތަންފީޒުކުރުން.

13- ސްކޫލުގެ ސީނިއަރ މެނޭޖްމެންޓުގައި މަސައްކަތްކުރާ މުވައްޒަފުންގެ މަސައްކަތްތައް ރާވައި ބެލެހެއްޓުން.

14- ދަރިވަރުންގެ އުނގެނުމާއި އުނގަންނައިދިނުމުގެ ފެންވަރު ބަލައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.

15- ދަރިވަރުންގެ ތަޢުލީމާއި ތަރުބިއްޔަތަށް އަންނަ ބަދަލުތައް ދުވަހުން ދުވަހަށް ބެލެނިވެރިންނާއި ހިއްސާކުރެވޭނެ އިންތިޒާމު ހަމަޖެއްސުން.

16- ސްކޫލް މާޙައުލަކީ ދަރިވަރުންނާއި މުވައްޒަފުންނަށް ރައްކާތެރި މާޙައުލަކަށް ހެދުން.

17- ސްކޫލުގެ މާޙައުލު، ވަކިން ޚާއްޞަކޮށް ކްލާސްރޫމަކީ އުނގެނުމަށް މަގުފަހިވާ ތަނަކަށް ހެދުން.

18- ސްކޫލުގެ މުވައްޒަފުންގެ މަސައްކަތްތައް ބަލައި ރެކޯޑްކުރުމާއެކު، މަސައްކަތުގެ ފެންވަރު ރަނގަޅުކުރުމަށް މަސައްކަތްކުރުން.

19- ސްކޫލުގެ މުވައްޒަފުންނަށް ފޯރުކޮށްދޭންޖެހޭ މަޢުލޫމާތުތައް ދުވަހުން ދުވަހަށް ފޯރުކޮށްދިނުން.

20- ސްކޫލުގެ އެކިކަންކަމާ ބެހޭގޮތުން ބެލެނިވެރިންނަށް ބޭނުންވާ މަޢުލޫމާތު ހިއްސާކުރަމުން ގެންދިއުން.

21- ސްކޫލުގެ ރެކޯޑްތައް ބެލެހެއްޓުން.

22- ލިބިފައިވާ ވަސީލަތްތަކުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ކުރަމުންގެންދާކަން ކަށަވަރުކުރުން.

23- ޕްރިންސިޕަލަކީ ސްކޫލް ހިންގުމާ ހަވާލުކުރެވޭ އެންމެ އިސްފަރާތަށްވުމާއެކު، ސްކޫލުން ރާވައި ހިންގާ ހުރިހާ ޙަރަކާތްތަކެއްގެ ފުރިހަމަ ޒިންމާ، ޕްރިންސިޕަލް އުފުލަން ޖެހޭނެއެވެ.

ވަޒީފާއަށް އެންމެ ޤާާބިލު ފަރާތެއް ހޮވުމަށް ބެލޭނެެ ކަންކަން:

ހ. ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން

ށ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

ނ. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއު ކޮށްގެން.

އިންޓަވިއު ކުރުން.

ހ. މި މަޤާމަށް މީހަކު ހޮވުމަށް އިންޓަވިއު އޮންނާނީއިޢުލާނަށް މުއްދަތު ހަމަވާތާ ރަސްމީ 7 ދުވަހުގެ ތެރޭގައެވެ.

ށ. އިންޓަވިއުއަށް ދެންނެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.

ނ. އިންޓަވިއުގައި ޕްރެޒެންޓޭޝަނެއް ހުށަހަޅުއްވަން ޖެހޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

1. ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު، މިނިސްޓްރީ އޮފް އެޑިއުކޭޝަނުންގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ވަޒީފާއަށް އެދޭ ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓް www.csc.gov.mv އިން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ.)

2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

3. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ:

  (ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގާ މަތީ ތަޢުލީމު ދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމު ދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކިފެންވަރެއްގައި އެކްރެޑިޓްކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ)

  (ށ) ރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގާ މަތީ ތަޢުލީމު ދޭ މަރުކަޒަކުން ކުރިޔަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ (މިފަދަ ސެޓުފިކެޓުތައް އެކްރެޑިޓްކުރާކަށެއް ނުޖެހޭނެއެވެ.) ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، ޓްރާންސްކްރިޕްޓުގެ ކޮޕީ.

  (ނ) ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން ހިންގާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

4. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

5. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުންދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ (ވަޒީފާ އަދާކުރި މުއްދަތާއި، ކުރި މަސައްކަތާއި، މުވައްޒަފުންގެ އަދަދު ބަޔާންކޮށްފައިވާ)

6. ވަޒީފާއަށް އެދޭ ފަރާތުގެ، ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.

7. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.

ތަކެތި ހުށަހަޅަންޖެހޭ އޮފީސް

މި ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅުއްވާނީ ހ. ވެލާނާގޭ 8 ވަނަ ފަންގިފިލާގައި ހުންނަ، މިނިސްޓްރީ އޮފް އެޑިޔުކޭޝަނުގެ ކައުންޓަރަށް.

ތަކެތި ހުށަހެޅުމުގެ ސުންގަޑި:

22 ޖަނަވަރީ 2017 ވާ އާދީއްތަ ދުވަހުގެ 13:30 ގެ ކުރިން.

ނޯޓު:  

މި އިޢުލާނާ ގުޅިގެން މި މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކާއި އިންޓަރވިއު ކުރުމަށްފަހު އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން މި މިނިސްޓްރީގެ ނަންބަރު 3341417 ފޯނަށް ގުޅުއްވުން އެދެމެވެ.

11 ޖަނަވަރީ 2017
ހޯދާ