ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިޔުކޭޝަން ޓްރެއިނިންގ އޮތޯރިޓީ
ދިވެހިރާއްޖެ
ފޮޓޯގްރަފީ ކޯހުގައި ބައެއް ސެޝަންތަކުގައި ކިޔަވައިދޭނެ ޓްރެއިނަރުން ހޯދުމަށް

ފޮޓޯގްރަފީ ކޯހުގައި ބައެއް ސެޝަންތައް ނަގައިދޭނެ ޓްރެއިނަރުން ހޯދުމަށް


އިޢުލާން

ޓިވެޓް އޮތޯރިޓީން ހިންގުމަށް ހަމަޖެހިފައިވާ ފޮޓޯގްރަފީ (ސެޓްފިކެޓް 3 އާއި، ސެޓްފިކެޓް 4) ކޯހުގެ ބައެއް ސެޝަންތަކުގައި ކިޔަވައިދޭނެ ފަރާތެއް ނުވަތަ ފަރާތްތައް ހޯދަން ބޭނުންވެއެވެ.

މި މަސައްކަތަށް ބޭނުންވަނީ ފޮޓޯގުރަފީގެ ދާއިރާއިން ދިވެހިރާއްޖޭގައި ޤައުމީ ފެންވަރުގައި ފާހަގަކުރެވޭ މަސައްކަތްތަކެއް ނުވަތަ ބައިނަލްއަޤުވާމީ ފެންވަރެއްގައި މަސައްކަތް ކުރައްވާފައިވާ ފަރާތްތަކެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން މި އޮތޯރިޓީއަށް ސިޓީއަކުން އަންގަވައިދެއްވުން އެދެމެވެ.

މި މަސައްކަތައް މީހުން ހޮވުމުގައި ތިރީގައިވާ ކަންތައްތަކަށް ބެލެވޭނެއެވެ.

ހ. ފޮޓޮގްރަފީގެ ރޮނގުން ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނު.

ށ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ރާއްޖެއާއި ރާއްޖެއިން ބޭރުގެ ތަޖުރިބާ.

ނ. ޤާބިލުކަން ކަށަވަރުކުރުމަށް ކޮށްފައިވާ މަސައްކަތުގެ ހެކި (ވެބްސައިޓް، ސޯޝަލް މީޑިއާ، ޕްރޮޖެކްޓް، ޕޯޓްފޯލިއޯ، އެގްޒަބިޝަން، ރިފަރީސް ނުވަތަ މަސައްކަތް ބަލައިގެންފައިވާ މުވައްސަސާ، ކުންފުނި ފަދަ ތަންތާގެ ލިޔުން ފަދަ ތަކެތި.)    

ހުށަހަޅަންޖެހޭ ލިޔުންތައް:

ހ- ޓްރެއިނަރއަކަށް އެދި ހުށަހަޅާ ސިޓީ.

ށ- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ (ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް)

ނ- ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)

ބ- ފޮޓޮގްރަފީގެ ރޮނގުން ލިބިފައިވާ ތަޢުލީމާއި ތަޖްރިބާއާ ގުޅުން ހުރި ލިޔުންތައް.

ތަކެތި ހުށަހަޅަންޖެހޭ އޮފީސް:

- މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިޔުކޭޝަން އެންޑް ޓްރެއިނިންގ އޮތޯރިޓީ (ހ. ޣާޒީ ބިލްޑިންގގެ ގްރައުންޑް ފްލޯ) އަށެވެ.

- ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 2017 ޖަނަވަރީ 26 ވަނަ ދުވަހުގެ 14:00 އެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، މި އޮތޯރިޓީގެ 3347422 ނަންބަރު ފޯނަށް ނުވަތަ 3341313 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

14 ރަބީޢުލްއާޚިރު 1438

 

11 ޖަނަވަރީ 2017
ހޯދާ