ޙާފިޡް އަޙުމަދު ސްކޫލް
ދިވެހިރާއްޖެ
ދޮރުފޮތި ދެމުމާގުޅޭ

އިޢުލާން

ދޮރުފޮތި ދެމުމާބެހޭ

މި ސްކޫލުގައި އަލަށް އިމާރާތްކުރި 3 ބުރި އިމާރާތުގެ ކުޑަދޮރުތަކުގައި ދޮރުފޮތި ހަރުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި މި ސްކޫލުގެ ނަންބަރު GS74/2016/26 (25 ޑިސެންބަރު 2016) އިޢުލާނާ ގުޅިގެން އަންދާސީހިސާބު ހުށަހަޅުއްވާފައިވަނީ އެންމެ ފަރާތަކުން ކަމަށްވާތީ، އެ އަންދާސީހިސާބު ބާޠިލުކޮށް، އަލުން އެ ފުރުޞަތު ހުޅުވާލަމެވެ.

ވީމާ، މި މަސައްކަތް ކޮށްދެއްވަން ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ސެޝަންތަކުގައި ބައިވެރިވެވަޑައިގެން ދެއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުން

19 ޖަނަވަރީ 2017 ވާ ބުރާސްފަތިދުވަހުގެ 10:30

އަންދާސީހިސާބު ހުށަހެޅުން

23 ޖަނަވަރީ 2017 ވާ ހޯމަދުވަހުގެ 10:30

މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީހިސާބު ހުށަހެޅުއްވުމަށް ކަނޑައެޅިފައިވާ ގަޑިޖެހުމުގެ ފަހުން ވަޑައިގަންނަވާ ފަރާތްތަކަށް އެ ފުރުޞަތު ލިބިވަޑައިނުގަންނަވާނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

11 ޖަނަވަރީ 2017
ހޯދާ