މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
ހުވަދުއަތޮޅުގެ 8 ރަށަކަށް ކާދު ހެދުމަށް ބޭނުންކުރާ އިކުއިޕްމަންޓާއި، ޑަސްޓްބިން ފޯރުކޮށްދޭނެ ފަރާތެއް ހޯދުން

ހުވަދު އަތޮޅުގެ 8 ރަށަކަށް ކާދު ހެދުމަށް ބޭނުންކުރާ އިކުއިޕްމަންޓާއި، ޑަސްޓްބިން ފޯރުކޮށްދޭނެ ފަރާތެއް ހޯދުން އިޢުލާނުގެ އިޞްލާޙު

މި މިނިސްޓްރީގެ އިޢުލާން ނަންބަރު IUL)438/438/2017/2  (04 ޖަނަވަރީ 2017) އާ ޙަވާލާދީ ދަންނަވަމެވެ.

ޙަވާލާދީފައި އިޢުލާނުގައި ސާފު ރާއްޖެ ޒޯން 6 އަދި 7 ގައި ހިންގާ ސަރަޙައްދީ ކުނި މެނޭޖުކުރުމުގެ މަޝްރޫޢުގެ ދަށުން، ހުވަދު އަތޮޅުގެ 8 ރަށަކަށް ކާދު ހެދުމަށް ބޭނުންކުރާ އިކުއިޕްމަންޓާއި، ޑަސްޓްބިން ފޯރުކޮށްދިނުމުގެ މަސައްކަތް ތަފްސީލުކުރުމުގައި ލިސްޓު ކުރެވިފައިވަނީ 7 ރަށުގެ ނަމެވެ. ނަމަވެސް، ޙަވަލާދީފައިވާ އިޢުލާނުގެ ސުރުޚީގައި، މަސައްކަތުގެ "ޓަރމްސް އޮފް ރެފަރެންސް" ގައިވެސް ބަޔާންކޮށްފައިވާ ފަދައިން އެ މަސައްކަތް ހިންގުމަށް ހަމަޖެހިފައިވަނީ ހުވަދުއަތޮޅުގެ 8 ރަށުގައެވެ. ވީމާ، މި ދެންނެވުނު 8 ރަށުގެ ފުރިހަމަ ލިސްޓު ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.

  1. ގއ. މާމެންދޫ
  2. ގއ. ކޮނޑޭ
  3. ގދ. ހޯޑެއްދޫ
  4. ގދ. ނަޑެއްލާ
  5. ގދ. ފިޔޯރީ
  6. ގދ. ފަރެސްމާތޮޑާ
  7. ގދ. ވާދޫ
  8. ގދ. ގައްދޫ

ޙަވާލާދީފައިވާ އިޢުލާނުގައި ބަޔާންކޮށްފައިވާ ފަދައިން މި މަސައްކަތުގެ "ޓަރމްސް އޮފް ރެފަރެންސް" މި މިނިސްޓްރީގެ ވެބްސައިޓް www.environment.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. މިކަމާ ގުޅިގެން އިތުރު މަޢުލޫމާތު އޮޅުންފިލުވުމަށް ބޭނުންވެއްޖެނަމަ ލިޔުމުން މި މިނިސްޓްރީއަށް ހުށަހެޅުއްވުން އެދެމެވެ.

ބީލަން ހުޅުވުން

ބިޑު ހުޅުވުމަށް ހަމަޖެހިފައިވަނީ 2017 ޖަނަވަރީ 23 ވާ ހޯމަދުވަހުގެ 11:00 ގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާރޖީގައި މި މަސައްކަތަށް އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ.

ވީމާ، މި މަސައްކަތް ކޮށްދެއްވަން ޝައުޤުވެރިވާ ފަރާތްތަކުން ބީލަން ފުރިހަމަކޮށް ސިޓީއުރައެއްގައި ބަންދުކޮށް ތިރީގައިވާ ގޮތަށް ޖެއްސެވުމަށްފަހު 2017 ޖަނަވަރީ 23 ވާ ހޯމަދުވަހުގެ 11:00 ގައި ހުށަހެޅުއްވުން އެދެމެވެ.

"ޕްރޮޕޯސަލް" އޮންނަންވާނީ ސިޓީއުރައެއްގައި ބަންދުކޮށްފައެވެ. ބޭރުގައި "ޕްރޮޕޯސަލް" މި މަސައްކަތުގެ ނަމާއި، ހުށަހެޅި ފަރާތުގެ ނަމާއި، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު ލިޔެފައި އޮންނަންވާނެއެވެ.

އަންދާސީހިސާބު ހުށަހަޅުއްވަން ވާނީ ތިރީގައި މިދަންނަވާ ގޮތަށް އެޑްރެސް ކޮށްފައެވެ.

ޕްރޮކިޔުމަންޓް ޔުނިޓް،

މިނިސްޓްރީ އޮފް އެންވަޔަރަމަންޓް އެންޑް އެނަރޖީ،

ހަނދުވަރީ ހިނގުން، މާފަންނު، މާލެ، 20392، ދިވެހިރާއްޖެ.

ފޯނު: 3018300 960+ ، ފެކްސް: 3018301 960+

އީމެއިލް : [email protected]

ވެބްސައިޓް: www.environment.gov.mv

12 ޖަނަވަރީ 2017
ހޯދާ