މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
މަހާސިންތާ 2016 ތަފުސީލީ ރިޕޯޓެއް އެކުލަވައިލުން

އިޢުލާން

ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގެ ކުނީގެ މައްސަލައަށް ޙައްލު ހޯދައިދިނުމަށް ސަރުކާރުން ހިންގާ މަޝްރޫޢުގެ ދަށުން ސާފުރާއްޖެ ޤައުމީ މަހާސިންތާ 2016 ގެ ނަމުގައި ކުނި މެނޭޖްކުރުމާބެހޭ ޤައުމީ މަހާސިންތާ، ޖުލައިމަހުގެ 17 އިން 19 އަށް މާލޭގައި ވަނީ ބާއްވާފައެވެ. ވީމާ، ނިމިގެންދިޔަ މި މަހާސިންތާގެ ތަފުސީލު ރިޕޯޓެއް އެކުލަވައިލުމަށް ބޭނުންވެއެވެ. މިކަން ކޮށްދެއްވުމަށް ޝައުޤުވެރިވާ ފަރާތެއް ހޯދުމަށް ހުޅުވާލި ނަންބަރު IUL)438-PPS/1/2016/141) (8 އޮގަސްޓު 2016) އިޢުލާނަށް އެކަށީގެންވާ ވަރަށް ޝައުޤުވެރިކަން ފާޅުކޮށްފައިނުވާތީ، އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ.

މަޢުލޫމާތުޝީޓު

މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން ބޭނުންވާ މަޢުލޫމާތުޝީޓު (ޓީ.އޯ.އާރް) މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ ވެބްސައިޓް (www.environment.gov.mv) އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އަދި މި މިނިސްޓްރީގެ ޕްރޮކިއުމަންޓް ޔުނިޓަށް ([email protected]) މެއިލް ކުރުމުން އެފަރާތަކަށް ފޯރުކޮށްދެވޭނެއެވެ.

ބީލަން ހުޅުވުން

ބިޑު ހުޅުވުމަށް ހަމަޖެހިފައިވަނީ 2017 ޖަނަވަރީ 19 ވާ ބުރާސްފަތިދުވަހުގެ 11:30 ގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގައި މި މަސައްކަތަށް އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ.

ވީމާ، މި މަސައްކަތް ކޮށްދެއްވަން ޝައުޤުވެރިވެލައްވާ ފަރާތްތަކުން ބީލަން ފުރިހަމަކުރައްވައި ސިޓީއުރައެއްގައި ބަންދުކުރައްވައި، ތިރީގައިވާ ގޮތަށް ޖެއްސެވުމަށްފަހު 2017 ޖަނަވަރީ 19 ވާ ބުރާސްފަތިދުވަހުގެ 11:30 ގައި ހުށަހެޅުއްވުން އެދެމެވެ.

"ޕްރޮޕޯޒަލް" އޮންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރައްވާފައެވެ. ސިޓީއުރައިގެ ބޭރުގައި "ޕްރޮޕޯޒަލް" ގެ ނަމާއި، ހުށަ ހެޅިފަރާތުގެ ނަމާއި، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު ލިޔެފައި އޮންނަންވާނެއެވެ.

އަންދާސީހިސާބު ހުށަހަޅުއްވަންވާނީ ތިރީގައި މިދަންނަވާ ގޮތަށް އެޑްރެސް ކުރައްވާފައެވެ.

 ޕްރޮކިޔުމަންޓް ޔުނިޓް،

 މިނިސްޓްރީ އޮފް އެންވަޔަރަމަންޓް އެންޑް އެނަރޖީ،

 ހަނދުވަރީ ހިނގުން، މާފަންނު، މާލެ، 20392، ދިވެހިރާއްޖެ.

 ފޯނު: 3018300 960+ ، ފެކްސް: 3018301 960+

 އީމެއިލް : [email protected]

 ވެބްސައިޓް: www.environment.gov.mv

 ނޯޓް:

 މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3018422 / 3018343 ނަންބަރު ފޯނަށެވެ.

 މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ

 ހަނދުވަރީ ހިނގުން، މާފަންނު

 މާލެ، 20392، ދިވެހިރާއްޖެ.

 އީމެއިލް: [email protected]

09 ޖަނަވަރީ 2017
ހޯދާ