ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރިސަރޗް އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މިއިދާރާގެ، ތިރީގައިމިވާ  މަޤާމަށް މީހަކު ހޯދަން ބޭނުންވެއްޖެއެވެ.

މަޤާމް:

ރިސަރޗް އޮފިސަރ

މަޤާމުގެ ކްލެސިފިކޭޝަން:

ޓެކްނިކަލް އޮފިސަރ ގްރޭޑް 1 

މަޤާމުގެ ރޭންކް:

އެމް. އެސް. 1

މުސާރަ:

މަހަކު -/5،610 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/2،000 ރުފިޔާ

 

ޢިނާޔަތްތައް: 

1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.

2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެދަށުން ލިބިދެވޭ ޕެންޝަން ފައިސާ.

3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާއާއި، ރަމަޟާންމަހުގެ ޢިނާޔަތުގެ ފައިސާއާއި، ދަތުރު އެލަވަންސް.

ބޭނުންވާ އަދަދު:

1 (އެކެއް)

މަސައްކަތް ކުރަންޖެހޭ ތަން:

ޕޮލިސީ، ޕްލޭނިންގ، ރިސަރޗް އެންޑް މޮނިޓަރިންގ، ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ

 

 

ތަޢުލީމާއި ތަޖުރިބާ:

1. ރިސަރޗް، އިވެލުއޭޝަން، މޮނިޓަރިންގ، ސްޓެޓިސްޓިކްސް، އިންފޮމޭޝަން ޓެކްނޮލޮޖީ، ޕްލޭނިންގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތު ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2. ރިސަރޗް، އިވެލުއޭޝަން، މޮނިޓަރިންގ، ސްޓެޓިސްޓިކްސް، އިންފޮމޭޝަން ޓެކްނޮލޮޖީ، ޕްލޭނިންގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛

3. ރިސަރޗް، އިވެލުއޭޝަން، މޮނިޓަރިންގ، ސްޓެޓިސްޓިކްސް، އިންފޮމޭޝަން ޓެކްނޮލޮޖީ، ޕްލޭނިންގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

 

 

 

 

 

 

 

 

 

 

 

 

 

މަޤާމުގެ މަސްއޫލިއްޔަތު:

1. ތަފާސްހިސާބާބެހޭ ރިޕޯޓުތައް ހަދައި، އެ ރިޕޯޓުތައް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.

2. އަތޮޅު ކައުންސިލްގެ އިދާރާގެ ތަފާސްހިސާބުތައް ބެލެހެއްޓުން.

3. ސީ. ޕީ. އައި އެކުލަވައިލުމުގައި އަތޮޅާއި ރަށު ފެންވަރުގައި އެއްކުރަންޖެހޭ ބާޒާރުގެ އަގުތަކުގެ މަޢުލޫމާތު އެއްކޮށް، ކަނޑައެޅިފައިވާ ސުންގަނޑިއަށް ގަވާއިދުން ކަމާބެހޭ ފަރާތްތަކަށް ފޮނުވުން.

4. ޑީ. އެން. ޕީ ގެ ތަފާސްހިސާބާބެހޭ ޑިވިޜަނުން އެކުލަވައިލުމަށް ހަމަޖެހިފައިވާ، ރަށްރަށުގެ ތަފާސްހިސާބުގެ އަހަރީ ފޮތަށް ބޭނުންވާ ރަށުފެންވަރުގެ ތަފާސްހިސާބު ފޯރުކޮށްދިނުން.

5. ސަރުކާރުގެ އެކި އޮފީސްތަކުން އަތޮޅާއި ރަށުފެންވަރުގެ އިދާރީ ތަފާސްހިސާބު އެއްކުރުމަށް ބޭނުންކުރާ ފޯމުތައް ފުރިހަމަކުރުން.

6. އަތޮޅާއި ރަށުފެންވަރުގައި ހިންގޭ ތަފާސްހިސާބުގެ ތަމްރީނު ޕްރޮގްރާމްތައް ވިލަރެސްކުރުން.

7. އަތޮޅާއި ރަށުފެންވަރުގައި ހިންގޭ އެކިއެކި ސަރވޭތަކުގެ ލިސްޓާއި ރެކޯޑް ބެލެހެއްޓުން.

8. އަތޮޅާއި ރަށުފެންވަރުގައި ތަފާސްހިސާބު ބޭނުންވާ ފަރާތްތަކަށް ފޯރުކޮށްދެވޭ މިންވަރު އިތުރުކުރުމާއި، ކަމާބެހޭގޮތުން ހޭލުންތެރިކަން އިތުރުކުރުން.

9. އަތޮޅާއި ރަށުފެންވަރުގައި މަސައްކަތް ހިންގާ ތަންތަނުގެ ލިސްޓެއް ބެލެހެއްޓުން.

10. ބޯހިމެނުމާއި ސަރވޭތަކަށް ބޭނުންވާ ލިސްޓިންގ ރަށުފެންވަރުގައި ނެގުމާއި، މި މަޢުލޫމާތު އަޕްޑޭޓްކުރަން ބޭނުންވާ މިންވަރަކުން އެ މަސައްކަތް ކުރުން.

11. ބޯހިމެނުމާއި ސަރވޭތަކަށް ބޭނުންވާ ރަށްރަށުގެ ޗާޓްތައް އަޕްޑޭޓްކޮށް ބެލެހެއްޓުން.

12. ބޯހިމެނުމާއި ސަރވޭތަކުގައި އަތޮޅާއި ރަށުފެންވަރުގައި ހަރަކާތްތެރިވާ އިނިއެމަރޭޓަރުންނާއި ސުޕަވައިޒަރުން ތަމްރީނުކުރުން.

13. އަތޮޅާއި ރަށުފެންވަރުގައި ތަފާސްހިސާބު އެއްކުރުމުގެ މަސައްކަތް ސުޕަވައިޒްކޮށް ވިލަރެސްކުރުން.

14. އަތޮޅާއި ރަށުފެންވަރުގައި ތަފާސްހިސާބު އެއްކުރުމުގެ މަސައްކަތް ޢަމަލީގޮތުން ސުޕަވައިޒްކުރުމަށްޓަކައި އަތޮޅުގެ ރަށްރަށަށް ދަތުރުކުރުން.

15. ތަފާސްހިސާބާބެހޭ މަސައްކަތް ހިނގާގޮތުގެ މަޢުލޫމާތުދީ، ކަމާބެހޭ ފަރާތްތަކަށް ގަވާއިދުން ރިޕޯޓުކުރުމާއި، ކަމާބެހޭ ބައްދަލުވުންތަކުގައި ބައިވެރިވުން.

16. ސަރުކާރުގެ އެކި އޮފީސްތަކުން އަތޮޅާއި ރަށުފެންވަރުގެ އިދާރީ ތަފާސްހިސާބު އެއްކުރުމަށް ބޭނުންކުރާ ފޯމުތައް ފުރިހަމަކުރުން.

17. ކުއްލި ހާލަތްތަކުގައި ވަގުތުން ވަގުތަށް އަތޮޅާއި ރަށުފެންވަރުގައި އެއްކުރަންޖެހޭ އެމަރޖެންސީ އިންފޯ ހަލުވިކަމާއެކު ނެގުމަށްޓަކައި އެހީތެރިވުން.

18. އަތޮޅާއި ރަށްރަށުގައި ހިންގަމުންދާ ތަރައްޤީގެ ޕްރޮޖެކްޓްތައް މޮނިޓަރކޮށް އިވެލުއޭޓްކޮށް ބެލެހެއްޓުން.

19. ސެކްޝަނުން ކުރާ މަސައްކަތްތަކާ ގުޅޭގޮތުން ރަށު ކައުންސިލްތަކަށް ބޭނުންވާ ލަފާދިނުން.

20. ރަށު ކައުންސިލްތައް މޮނިޓަރކޮށް އިވެލުވޭޓްކުރުން.

21. ހަވާލުކުރެވޭ މަސައްކަތާ ގުޅިގެން އަދާކުރަންޖެހޭ އެހެނިހެން މަސްއޫލިއްޔަތުތައް އަދާކުރުން.

22. ކައުންސިލަށް ދިމާވާ ކުއްލި އިމަޖެންސީތަކާއި، ކައުންސިލް އިދާރާއިން ކުރިއަށްގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި، ކައުންސިލް އިދާރާގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ހަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން.

 

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

1. ތަޢުލީމާއި ތަމްރީނު.

2. މަސައްކަތުގެ ތަޖުރިބާ.

3. މަސައްކަތުގެ ހުނަރާއި، ފެންވަރާއި، ޤާބިލްކަމުގެ ސިފަތައް.

4. ގިނަވަގުތު މަސައްކަތު އުޅެވޭ ފަރާތަކަށްވުން.

5. އިންޓަވިއުއިން (ޕްރެކްޓިކަލްސްއާއެކު) އެންމެމަތީ މާކްސްހޯދާ ފަރާތް.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

2017  ޖަނަވަރީ  22  ވަނަ  ދުވަހުގެ  12.00  ގެ  ކުރިން، "ސިވިލް  ސަރވިސްގެ  ވަޒީފާއަށް  އެދޭ  ފޯމު" ފުރިހަމަކުރުމަށްފަހު، މި އިދާރާއަށް ހުށަހެޅުން.

އިންޓަވިއުއާއި ޢަމަލީ މަސައްކަތް އޮންނާނެ ތަނާއި މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 2017 ޖަނަވަރީ 23 އާއި 28 އާ ދެމެދު، ފ. އަތޮޅު ކައުންސިލްގެ އިދާރާގައެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް: 

1. މަޢުލޫމާތު  ފުރިހަމަކޮށްފައިވާ  އެޕްލިކޭޝަން  ފޯމާއި،  ސިވިލް  ސަރވިސްގެ  ވަޒީފާއަށް  އެދި  ހުށަހަޅާ  ލިޔުންތައް ލިބުނުކަން  ކަށަވަރުކުރާ  ފޯމު (ސިވިލް  ސަރވިސްގެ  ވަޒީފާއަށް  އެދޭ  ފޯމާއި،  ސިވިލް ސަރވިސްގެ  ވަޒީފާއަށް އެދި ހުށަހަޅާ  ލިޔުންތައް  ލިބުނުކަން  ކަށަވަރުކުރާ  ފޯމު،  ފ.  އަތޮޅު  ކައުންސިލްގެ  އިދާރާގެ  ކައުންޓަރުން  ލިބެން ހުންނާނެއެވެ. އަަދި މި އިދާރާގެ www.faaf.gov.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑްވެސް ކުރެވޭނެއެވެ.)

2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

3. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު، ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ)

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިޔަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ (މި ފަދަ ސެޓުފިކެޓުތައް އެކްރެޑިޓްކުރާކަށެއް ނުޖެހޭނެއެވެ.) ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ.

(ނ) ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ކޮޕީ.

4. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

5. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ (ވަޒީފާ އަދާކުރި މުއްދަތާއި، ކުރި މަސައްކަތާއި، މުވައްޒަފުންގެ އަދަދު ބަޔާންކޮށްފައިވާ)

6. ވަޒީފާއަށް އެދޭ ފަރާތުގެ، ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.

7. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)

 

އެހެނިހެން ކަންތައްތައް:

- މި މަޤާމަށް ކުރިމަތިލާ މީހުންނަކީ އުމުރުން 55 އަހަރުވެފައިވާ މީހުންކަމުގައި ވެގެންނުވާނެއެވެ.

- ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ސުންގަޑި ހަމަވުމަށްފަހު  ހުށަހަޅާ ހުށަހެޅުންތަކާއި، އެޓޭޗްކުރަންޖެހޭ ލިއުންތައް ހަމަނުކޮށް ހުށަހަޅާ ހުށަހެޅުންތަކާއި، ފުރިހަމަނުކޮށް ހުށަހަޅާ ހުށަހެޅުންތައް ބަލައެއް ނުގަނެވޭނެއެވެ.

އިތުރު މަޢުލޫމާތު:

މި  އިޢުލާނާ  ގުޅިގެން  އިތުރު  މަޢުލޫމާތު  ސާފުކުރަން  ބޭނުންވާނަމަ،  މި  އޮފީހުގެ  ނަންބަރު  6740017  ނަންބަރު ފޯނަށް، ނުވަތަ 6740018 ފޯނަށް ގުޅުން އެދެމެވެ. ފެކްސް ނަންބަރަކީ، 6740019 އެވެ. އީމެއިލް އެޑްރެހަކީ، [email protected] އެވެ.

7 ރަބީޢުލްއާޚިރު 1438

05 ޖަނަވަރީ 2017
ހޯދާ