ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ލެކްޗަރަރ (އިސްލާމިކް ރިވީލްޑް ނޮލެޖް)

ވަޒީފާގެ ފުރުޞަތު

މަޤާމު:

ލެކްޗަރަރ (އިސްލާމިކް ރިވީލްޑް ނޮލެޖް)

ބޭނުންވާ އަދަދު: 1

މުސާރަ:

މަހަކު 12,687/50 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު 5,437/50 ރުފިޔާ

އޮފީސް:

 ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ

މަސައްކަތް ކުރަންޖެހޭ ތަން:

ކުއްލިއްޔާ އޮފް އިސްލާމިކް ރިވީލްޑް ނޮލެޖް އެންޑް ހިއުމަން ސައިސް

ސްޕައިން ޕޮއިންޓް:

40

މަޤާމުގެ ޝަރްޠުތައް:

 1. އިސްލާމިކް ރިވީލްޑް ނޮލެޖްއިން ނުވަތަ ގުޅޭ ދާއިރާއަކުން މާސްޓަރޒް، އަދި ބެޗެލަރޒް ޑިގްރީ ހާސިލްކޮށްފައިވުން
 2. ޕީ.އެޗް.ޑީ ހާސިލްކޮށްފައިވާ ފަރައިތަކަށް އިސްކަން ދެވޭނެ

މަޤާމުގެ މަސްއޫލިއްޔަތު:

 • ޓޭބަލް ކުރެވޭ ޕީރިއަޑްތަކާއި، ބަދަލުގައި ނަގަންޖެހޭ ޕީރިއަޑްތައް، ވަރކްލޯޑް ޕޮލިސީއާއި އެއްގޮތަށް ނެގުން.
 • ޓިއުޓޯރިއަލް ޕީރިއަޑްކާއި، ޢަމަލީ ކްލާސްތަކާއި، ޑެމޮންސްޓްރޭޝަންތަކާއި، ވަރކްޝޮޕްތަކާއި، ދަރިވަރުންގެ ފީލްޑް ވިޒިޓްތައް، އަދި ކްލިނިކަލް ސެޝަންތައް ހިންގުން.
 • ކިޔަވައިދިނުމަށް ހަމަޖެހިފައިވާ މުޤައްރަރާ އެއްގޮތަށް، ތަފާތު ފެންވަރުގެ ކޯސްތަކަށް ކިޔަވައިދީ، ކޯސް ނިމުނު ގޮތުގެ މައުލޫމާތު މެނޭޖްމަންޓަށް ދިނުމާއި، އެސައިންމެންޓާއި އިމްތިޙާން ކަރުދާސްތައް ހަދައި، މާކްސްތައް ތައްޔާރުކުރުން.
 • ކޮންމެ ދަރިވަރެއް ކުރިއަރާ މިންވަރާއި، ހޯދާ ނަތީޖާ މޮނިޓަރކޮށް، އިސްވެރިންނަށް މަޢުލޫމާތު ދިނުން.
 • އައު މުޤައްރަރުތައް ފަރުމާކުރުމާއި، މިހާރު ބޭނުންކުރަމުންދާ މުޤައްރަރުތައް އިޞްލާޙުކުރުން.
 • މާއްދާތަކުގެ އިމްތިހާން ކަރުދާސްތައް ކަނޑައެޅިފައިވާ މުއްދަތުގައި ތައްޔާރުކޮށް އިމްތިޙާނު ދިނުމާއި، ކަނޑައެޅިފައިވާ މުއްދަތުގައި ޕޭޕަރުތައް މާކުކޮށް ނިންމުން.
 • ޕާރޓްޓައިމް ލެކްޗަރަރުން ކިޔަވައިދެއްވާ މާއްދާތަކުގެ އިމްތިޙާނު ދިނުމާއި، ކަނޑައެޅިފައިވާ މުއްދަތުގައި އިމްތިޙާނު ކަރުދާސް މާކުކޮށް ނިންމުން.
 • ކިޔަވައިދޭ މާއްދާތަކުގެ ފެންވަރު މަތިކުރެވޭނެ ގޮތްތައް ވިސްނައި، އެކަމަށް މަސައްކަތް ކުރުން.
 • ފަންނީ މުވައްޒަފުންގެ ބައްދަލުވުންތަކުގައްޔާއި، މާއްދާތަކުގެ ޕެނަލްތަކުގައި ބައިވެރިވެ ހަވާލުކުރެވޭ މަސައްކަތްތައް ފުރިހަމައަށް ކުރުމާއި، އަލަށް ބައިވެރިވާ މުވައްޒަފުންގެ ޢިލްމާއި ހުނަރު ތަރައްޤީ ކުރުމަށް އިސްވެރިންނަށް އެހީތެރިވެދިނުން.
 • އިލްމީ ދިރާސާތައް ކުރުމާއި، ދިރާސާތައް ޝާއިޢުކުރުމުގައި ކުއްލިއްޔާތަކުގެ ބޭފުޅުންނާއެކު މަސައްކަތްކުރުން.
 • ޕޯސްޓް ގްރެޖުއޭޓް ރިސާރޗް ދަރިވަރުން ސުޕަރވައިޒް ކުރުން.
 • މާއްދާ ކޯޑިނޭޓް ކުރުމާއި ކޯސް ކޯޑިނޭޓް ކުރުން.
 • މަޤާމާއި ގުޅޭގޮތުން ކުއްލިއްޔާއިން ހަވާލުކުރެވޭ ކަންތައްތައް ކުރުން.

އެހެނިހެން އިނާޔަތްތައް:

އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ސިޓީއާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:

 • އެޕްލިކޭޝަން ފޯމު
 • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ
 • ޕާސްޕޯޓުގެ މުއްދަތު ހަމަނުވާ ކޮޕީ
 • ކުރިން މަސައްކަތް ކޮށްފައިވާ ތަންތަނުގެ ލިޔުން
 • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު

ސުންގަޑި:

މަޤާމަށް ކުރިމަތިލައްވާ ފަރާތްތަކުން 2017 ޖަނަވަރީ 22 ވަނަ ދުވަހުގެ މެންދުރު 02:00 ގެ ކުރިން، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއަށް ހުށަހެޅުއްވުން އެދެމެވެ.

09 ޖަނަވަރީ 2017
ހޯދާ