މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

މި މިނިސްޓްރީގެ ދަށުން ޤާއިމުކޮށްފައިވާ ދ.ކުޑަހުވަދޫ ބިޒްނަސް ސެންޓަރުގެ އޮފީސް އިމާރާތް އަމިއްލަ ތަކެތީގައި ފޮޅައި ސާފުކޮށްދޭނެ ފަރާތެއް ބޭނުންވާތީ، މި މަސައްކަތް ކުރުމަށް އެދޭ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. މިކަމާބެހޭ ތަފުސީލު ތިރީގައި މިވަނީއެވެ.

1. އޮފީސް އެޑްރެސް: ހުދުފިނިފެންމާގެ، ދ.ކުޑަހުވަދޫ

2. މަސައްކަތްކުރަންޖެހޭ ގަޑިތައް: ހެނދުނު 08.00 މެންދުރު 12.00 އާ ދެމެދުގެ ވަގުތެއްގައި. (މަޝްވަރާކުރުމަށްފަހު ދެ ފަރާތުން އެއްބަސްވާ ގޮތަށް ގަޑިތައް ބަދަލުކުރެވިދާނެ)

3. މަސައްކަތްކުރަންޖެހޭ ދުވަސްތައް:

  • ސާފުކުރުން: ހަފުތާއަކު ތިން ދުވަސް (އާދީއްތަ، އަންގާރަ، ބުރާސްފަތި)
  • ދިދަނެގުން:  ކޮންމެ ދުވަހަކު

4. މަސައްކަތުގެ މުއްދަތު: އެއްބަސްވުން ފެށޭ ދުވަހުން ފެށިގެން 31 ޑިސެމްބަރ 2017 ގެ ނިޔަލަށް

5. ކުރަންޖެހޭ މަސައްކަތް:

- އޮފީސް ކުނިކަހައި ފޮޅައި ސާފުކޮށް މޮޕް އެޅުން (ސިޑިއާއި ވަށައިގެންވާ މަގުމަތި ހިމެނޭގޮތަށް)

- އޮފީސް ފާޚާނަ ސާފުކުރުން (ފާޚާނާގެ ބިތްތަކާއި ސީލިންކގާއެކު)

- އޮފީހުގައި ހުރި ހުރިހާ ފަރުނީޗަރެއް (ޕްރިންޓަރ ހިމެނޭގޮތަށް) ހަފުތާއަކު 1 ދުވަހު ފޮހެ ސާފުކުރުން

- ސާފުކުރާ ކޮންމެ ދުވަހަކު ކުނިވަށިގަނޑުތައް ހުސްކޮށް ކުނިއުކާލުން

- ހަފްތާއަކު ތިން ދުވަހު ހުރިހާ ދޮރަކާއި ޕާޓިޝަންތަކުގެ ބިއްލޫރިތައް ފޮހެ ސާފުކުރުން

- ޓީރޫމުގައިވާ ސިންކާއި ޝީޓުތަކުގެ މަތި ހަފުތާއަކު ތިން ދުވަހު ސާފުކުރުން

- ގަވާއިދުން ދިދަ ނަގައި ތިރިކުރުން (ހެނދުނު 6:00 ގައި، އަދި އިރުއޮއްސި 6:00 ގައި)  

އަގު ހުށަހެޅުން.

  1. ހުރިހާ އަގެއް ހުންނަންވާނީ ދިވެހި ރުފިޔާއިންނެވެ.
  2. އަގު ހުށަހަޅާނީ ދުވާލަކަށް ޖެހޭ އަގު އެނގޭގޮތައް މަހަކަށްވާ އަގެވެ.
  3. އަގު ހުށަހަޅާނީ ޓެކްސް ހިމަނައިގެންނެވެ.
  4. އަންދާސީހިސާބު ހުށަހަޅާނީ 'ބިޑް ސަބްމިޝަން ފޯމް"ގައެވެ. މި ފޯމު ހުށަނާޅާ ފަރާތްތަކުގެ ބިޑް ބަލައިނުގަނެވޭނެއެވެ. މި ފޯމު ބިޒްނަސް ސެންޓަރ ކުޑަހުވަދޫން ލިބޭނެއެވެ. އަދި މި މިނިސްޓްރީގެ ވެބްސައިޓް www.trade.gov.mv އިންވެސް ލިބެންހުންނާނެއެވެ.

މާރކްސް ދެވޭގޮތުގެ ތަފްސީލް:

  1. ބިޑް އިވެލުއޭޓް ކުރާނީ މި މިނިސްޓްރީގެ ބިޑް އިވެލުއޭޝަން ކޮމިޓީންނެވެ.
  2. ބިޑް އިވެލުއޭޝަން ކޮމިޓީން ނިންމުމަށްފަހު ޓެންޑަރ ކޮމިޓީން ނިންމާ ފަރާތަކަށް ބިޑް ލިބޭނެއެވެ. އަދި އެހެން ފަރާތްތަކަށް އެކަން އެންގޭނެއެވެ.
  3. ބިޑަށް މާރކްސް ދެވޭނީ ތިރީގައިވާ ގޮތަށެވެ.

އަގަށް

90

  • ހުށަހަޅާފައިވާ އަގަށް ދޭ

މާކްސްދެވޭނެ އެންމެ ކުޑަ އަގަކީ ބެންޗްމާކެއް ކަމުގައި ބަލައިގެން ކްރައިޓީރިއާއަށް އެލޮކޭޓް ކުރެވިފައިވާ % ހުރިހާ އަގުތަކެއްގެ މެދުގައި ބަހާލައިގެންނެވެ.

ތަޖްރިބާ

10

  • ކުރީގައި މި ކަހަލަ މަސައްކަތާ ގުޅޭ މަސަކަތްކޮށްފައިވާނަމަ ގިނަ މާރކްސް ލިބޭނެއެވެ.

6. ބިޑް އިވެލުއޭޝަންއަށް ފަހު އެއްވެސް ޝަކުވާއެއް ވާނަމަ މި މިނިސްޓްރީއަށް ސިޓީއަކުން ހުށަހެޅުމުން އެފަރާތަކަށް ޖަވާބުދެވޭނެއެވެ.

އަންދާސީހިސާބު ހުށަހެޅުން

އަންދާސީހިސާބު 2017 ޖަނަވަރީ 19 ވަނަ ދުވަހުގެ 12.00 އަށް ދ. ކުޑަހުވަދޫ ބިޒްނަސް ސެންޓަރަށް ހުށަހަޅަންވާނެއެވެ.  އަންދާސީހިސާބު ހުށަހަޅަން ވާނީ ބިޑް ފޯމުންނެވެ. އަދި ކަނޑައަޅާފައިވާ ވަގުތު ފާއިތުވުމުން ހުށަހަޅާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ.

އަންދާސީހިސާބު ހުށަހަޅަންވާނީ ސިޓީއުރައެއްގައި ބަންދުކުރައްވާފައެވެ. ސިޓީއުރައިގެ ބޭރުގައި އިޢުލާން ނަންބަރު ލިޔެވިފައި އޮންނަންވާނެއެވެ. އަދި ތިރީގައިވާގޮތަށް އެޑްރެސްކުރެވިފައި އޮންނަންވާނެއެވެ.

ދ.ކުޑަހުވަދޫ ބިޒްނަސް ސެންޓަރ

ދ.ކުޑަހުވަދޫ

ދިވެހިރާއްޖެ

މިކަމާއި ބެހޭގޮތުން އިތުރު މަޢުލޫމާތު ހޯއްދެވުމަށް 7918495 އަށް ގުޅުއްވުން އެދެމެވެ.

‏11‏ ރަބީޢުލްއާޚިރު‏ 1438

09 ޖަނަވަރީ 2017
ހޯދާ