މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ފައިނޭންސް އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މި މިނިސްޓްރީގެ ބެލެނިވެރިކަމުގެ ދަށުން ތަންފީޒުކުރެވެމުންދާ "ސްޓްރެންތުނިންގ ދަ ލައިވްލިހުޑް އޮފް ހޯމްބޭސްޑް ވާރކަރސް އިންދަ ސާރކް ރީޖަން އިނީޝިއޭޓިވް (SABAH Project) އަށް ތިރީގައި މިދަންނަވާ މަޤާމަށް މުވައްޒަފަކު ބޭނުންވެއްޖެއެވެ.

މަޤާމް: ފައިނޭންސް އޮފިސަރ

ބޭނުންވާ އަދަދު: 1 (އެކެއް)

ފެންވަރު ނުވަތަ ޝަރުޠު:

1. އެކައުންޓިންގ/ފައިނޭންސްއިން އެޑްވާންސް ޑިޕްލޮމާ ހާސިލުކޮށްފައިވުން ނުވަތަ ޕްރޮފެޝަނަލް ކޮލިފިކޭޝަނެއް 

(ACCA, CAT or CPA) ހާސިލުކޮށްފައިވުން.

2. އެކައުންޓިންގ އެންޑް ފައިނޭންސްގެ ދާއިރާއިން މަދުވެގެން 1 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ހާސިލުކޮށްފައިވުން.

3. ކޮމްޕިއުޓަރު ބޭނުންކުރަން އެނގުމާއި، އޮފީސް ސޮފްޓްވެއަރ ޕެކޭޖް ބޭނުންކުރަން އެނގުން.

4. އެކައުންޓިންގ ސޮފްޓްވެއަރ ބޭނުންކުރަން އެނގުން.

5. އިނގިރޭސިބަހުންނާއި ދިވެހިބަހުން މުޢާމަލާތްކުރަން އެނގުން.

މަސައްކަތް ކުރަންޖެހޭ ތަން: މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ބޮޑުތަކުރުފާނު މަގު.

މަސައްކަތް ކުރަންޖެހޭ ގަޑި: ރަސްމީ ބަންދުނޫން ދުވަސްތަކުގެ ހެނދުނު 8:00 އިން މެންދުރުފަހުގެ 2:00 އަށް.

މުސާރަ: މަހަކު -/7000 ދިވެހި ރުފިޔާ ލިބޭނެއެވެ.

ވަޒީފާގެ މުއްދަތު: 6 މަސްދުވަސް

މި އިތުރު ތަފުސީލާއި، މަސްއޫލިއްޔަތާއި، ތަފުސީލު ޓާރމްސް އޮފް ރެފަރެންސް، މި މިނިސްޓްރީގެ http://www.trade.gov.mv ގެ ލިބެން ހުންނާނެއެވެ. އަދި [email protected] އަށް އީމެއިލްކުރުމުން އިތުރު މަޢުލޫމާތު ލިބޭނެއެވެ.

ވަޒީފާއަށް ކުރިމަތިލުމުގެ ސުންގަޑިއާއި، ލިޔުންތައް ހުށަހަޅަންޖެހޭ ތަން:

- ވަޒީފާއަށް އެދި ސިޓީ ފޮނުވުމުގެ އެންމެ ފަހުގެ ތާރީޚަކީ، 2017 ޖަނަވަރީ 19 ވާ ބުރާސްފަތިދުވަހުގެ 14:00 އެވެ.

- ލިޔުންތައް ހުށަހަޅާނީ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓަށެެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

1. ވަޒީފާއަށް އެދި ހުށަހަޅާ އެޕްލިކޭޝަން،

2. ސީ.ވީ.

3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ،

4. އެކްރެޑިޓްކުރެވިފައިވާ ތަޢުލީމީ ސެޓުފިކެޓުގެ ކޮޕީ،

5. ކުރިން މަސައްކަތްކޮށްފައިވާ ތަންތަނުގެ ރެފަރެންސް ސިޓީ.

އިތުރު މަޢުލޫމާތު:

އިތުރު މަޢުލޫމާތު ހޯދުމަށް، ރަސްމީ ދުވަސްދުވަހުގެ 8:00 އާއި 14:00 އާ ދެމެދު، 3333174 ,3333160  ނަންބަރު ފޯނަށް ގުޅުން އެދެމެވެ. ނުވަތަ [email protected] އަށް އީމެއިލް ކުރުން އެދެމެވެ.

‏11‏ ރަބީޢުލްއާޚިރު‏ 1438

09 ޖަނަވަރީ 2017
ހޯދާ