މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ބިޒްނަސް ސެންޓަރ/ ލ.ފޮނަދޫ އޮފީސް އިމާރާތް ފޮޅައި ސާފުކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން  

މި މިނިސްޓްރީގެ ދަށުން ޤާއިމުކޮށްފައިވާ ބިޒްނަސް ސެންޓަރ ފޮނަދޫ / ލ.ފޮނަދޫ އޮފީސް ޢިމާރާތް އަމިއްލަ ތަކެތީގައި ފޮޅައި ސާފުކޮށްދޭނެ ފަރާތަކާއި، ދިދަ ނަގައި ދިދަ ތިރިކުރާނެ ފަރާތެއް ބޭނުންވާތީ މި މަސައްކަތް ކުރުމަށް އެދޭ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. މިކަމާބެހޭ ތަފުސީލު ތިރީގައި މިވަނީއެވެ.

1. އޮފީސް އެޑްރެސް: ކިނބި / ލ.ފޮނަދޫ، ސިރާޖުއްދީނުމަގު

2. މަސައްކަތްކުރަންޖެހޭ ގަޑި: މަޝްވަރާކުރުމަށްފަހު ދެ ފަރާތުން އެއްބަސްވާގޮތަށް ގަޑިތައް ހަމަޖެއްސިދާނެއެވެ.

3. މަސައްކަތްކުރަންޖެހޭ ދުވަސްތައް:

  • ސާފުކުރުން: ކޮންމެ ހަފުތާއެއްގެ ރަސްމީ ދުވަސްތަކުގެ ތެރެއިން ދެފަރާތުން އެއްބަސްވާގޮތަށް 3 ދުވަސް
  • ދިދަނަގާ ތިރިކުރުން: ކޮންމެ ދުވަހަކު ހެނދުނު 6.00 ގައި. އަދި ދިދަ ނެގުން ހަވީރު 6.00 ގައި.

4. މަސައްކަތުގެ މުއްދަތު: 31 ޑިސެންބަރު 2017 ގެ ނިޔަލަށް.

5. ކުރަންޖެހޭ މަސައްކަތް:

- ކޮންމެ ދުވަހަކު ހެނދުނު 6.00 ޖަހާއިރު ދިދަ ނެގުމާ ހަވީރު 6.00 ޖަހާއިރު ދިދަ ތިރިކުރުން

- ހަފުތާއަކު 3 ދުވަހު އޮފީސް ފޮޅައި ސާފުކުރުން

- ހަފުތާއަކު 3 ދުވަހު އޮފީސް ފާޚާނާ ސާފުކުރުން

- ހަފުތާއަކު ދެދުވަހު އޮފީސްތެރެ މޮޕްލުން

- ކުނި ވަށިގަނޑުތައް ހުސްކޮށް ކުނިއުކައިލުން

- ހަފުތާއަކު އެއްފަހަރު ބިއްލޫރިތަކާއި، ފަރުނީޗަރުތަކާއި ޕްރިންޓަރުތައް ފޮހެ ސާފުކުރުން

- މަހަކު އެއްފަހަރު ފަންކާފޮހެ، ފާރުތައް ފޮޅައި ސާފުކުރުން

6. މަސައްކަތަށް އަގު ދިނުން: މަސް ނިމުމުން އަގު ދެވޭނީ މަސައްކަތްކުރި ދުވަސްތަކަށް އެކަނިއެވެ. އަދި ނާންނަދުވަސްތަކަށް އަގު ނުދެވޭނެއެވެ. ނަމަވެސް، މަސައްކަތަށް ނާދެވޭ ދުވަހު އެހެން ފަރާތަކަށް ހަމަޖައްސައި އެގްރީމެންޓްގައިވާ ގޮތަށް މަސައްކަތްކޮށްފައިވާނަމަ އެ ދުވަހުގެ ލާރި ބިޑު ކާމިޔާބުކުރާ ފަރާތަށް ހަވާލުކުރެވޭނެއެވެ.

ކުނިކަހައި ފޮޅައި ސާކުރަންޖެހޭ ޢިމާރާތުގެ ތަފުސީލު

ޢިމާރާތް

އެކުލެވޭ ތަންތަނުގެ ޢަދަދު

ފަންގިފިލާ

ކޮޓަރި

ޖަލްސާކުރާ މާލަމް

ފާޚާނާ

ފެންޑާ

ބިޒްނަސް ސެންޓަރ ފޮނަދޫ

1

4

1

3

1

އަގު ހުށަހެޅުން.

1. ހުރިހާ އަގެއް ހުންނަންވާނީ ދިވެހި ރުފިޔާއިންނެވެ.

2. އަގު ހުށަހަޅާނީ ދުވާލަކަށް ޖެހޭ އަގު އެނގޭ ގޮތަށް މަހަކަށްވާ އަގެވެ.

3. އަގު ހުށަހަޅާނީ ޓެކްސް ހިމަނައިގެންނެވެ.

4. އަންދާސީހިސާބު ހުށަހަޅާނީ 'ބިޑް ސަބްމިޝަން ފޯމް"ގައެވެ. މި ފޯމު ހުށަނާޅާ ފަރާތްތަކުގެ ބިޑް ބަލައިނުގަނެވޭނެއެވެ. މި ފޯމު ބިޒްނަސް ސެންޓަރ ފޮނަދޫއިން ލިބޭނެއެވެ. އަދި މި މިނިސްޓްރީގެ ވެބްސައިޓް www.trade.gov.mv އިންވެސް ލިބެންހުންނާނެއެވެ.

މާރކްސް ދެވޭގޮތުގެ ތަފުސީލު:

1. ބިޑް އިވެލުއޭޓް ކުރާނީ މިމިނިސްޓްރީގެ ބިޑް އިވެލުއޭޝަން ކޮމިޓީންނެވެ.

2. ބިޑް އިވެލުއޭޝަން ކޮމިޓީން ނިންމުމަށްފަހު ޓެންޑަރ ކޮމިޓީން ނިންމާ ފަރާތަކަށް ބިޑް ލިބޭނެއެވެ.

3. ބިޑަށް މާކްސް ދެވެނީ ތިރީގައިވާ ގޮތަށެވެ.

އަގަށް

90

  • ހުށަހަޅާފައިވާ އަގަށްދޭ މާކްސްދެވޭނީ އެންމެ ކުޑަ އަގަކީ ބެންޗްމާކެއްކަމުގައި ބަލައިގެން ކްރައިޓީރިއާއަށް އެލޮކޭޓް ކުރެވިފައިވާ % ހުރިހާ އަގުތަކެއްގެ މެދުގައި ބަހާލައިގެންނެވެ.

ތަޖުރިބާ

10

  • މިފަދަ މަސައްކަތް ކޮށްނިންމާފައިވާ ކަމުގެ ލިޔުމަށް ބަލާ އެންމެ ގިނަ ލިޔުން (ރިފެރެންސް) ލިބިފައިވާ ފަރާތަކީ ބެންޗްމާކެއްކަމުގައި ބަލއިގެން ކްރައިޓީރިއާއަށް އެލޮކޭޓް ކުރެވިފައިވާ % ހުރިހާ އަގުތަކެއްގެ މެދުގައި ބަހާލައިގެންނެވެ.

4. ބިޑް އިވެލުއޭޝަނަށްފަހު އެއްވެސް ޝަކުވާއެއް ވާނަމަ މި މިނިސްޓްރީއަށް ސިޓީއަކުން ހުށަހެޅުމުން އެފަރާތަކަށް ޖަވާބުދެވޭނެއެވެ.

އަންދާސީހިސާބު ހުށަހެޅުން

އަންދާސީހިސާބު 19 ޖަނަވަރީ 2017 ގެ 10:00 އަށް، ބިޒްނަސް ސެންޓަރ ފޮނަދޫ / ލ.ފޮނަދުއަށް ހުށަހަޅަންވާނެއެވެ. އަދި ކަނޑައަޅާފައިވާ ވަގުތު ފާއިތުވުމުން ހުށަހަޅާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ.

އަންދާސީހިސާބު ހުށަހަޅަންވާނީ ސިޓީއުރައެއްގައި ބަންދުކުރައްވާފައެވެ. ސިޓީއުރައިގެ ބޭރުގައި އިޢުލާން ނަންބަރު ލިޔެވިފައި އޮންނަންވާނެއެވެ. އަދި ތިރީގައިވާގޮތަށް އެޑްރެސްކުރެވިފައި އޮންނަންވާނެއެވެ.

ބިޒްނަސް ސެންޓަރ ފޮނަދޫ / ލ.ފޮނަދޫ

ދިވެހިރާއްޖެ

އަންދާސީހިސާބު ހުޅުވުން

އަންދާސީހިސާބު ހުޅުވާނީ 19 ޖަނަވަރީ 2017 ގެ 10:00 އަށް، ބިޒްނަސް ސެންޓަރ ފޮނަދޫގައި، ހުށަހެޅި ފަރާތްތަކުގެ ނުވަތަ އެފަރާތުން ކަނޑައެޅިފައިވާ ފަރާތެއްގެ ހާޒިރުގައެވެ.

މި ކަމާބެހޭގޮތުން އިތުރު މަޢުލޫމާތު ހޯއްދެވުމަށް 6800097 އަށް ގުޅުއްވުން އެދެމެވެ.

‏11 ރަބީޢުލްއާޚިރު 1438

09 ޖަނަވަރީ 2017
ހޯދާ