ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
މާސްޓަރ އޮފް އިސްލާމިކް ފައިނޭންސް ޕްރެކްޓިސް ކޯހަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލުން

އިޢުލާން

2017 ވަނަ އަހަރުގެ ޖަނަވަރީ ސެމިސްޓަރގައި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއާއި ދަ ގްލޯބަލް ޔުނިވަރސިޓީ އޮފް އިސްލާމިކް ފައިނޭންސް (އިންސިފް / INCEIF) އާ ގުޅިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މާސްޓަރ އޮފް އިސްލާމިކް ފައިނޭންސް ޕްރެކްޓިސް ކޯހަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލަމެވެ.

މަތީގައި ދެންނެވުނު ކޯހަށް ވަނުމަށް ބޭނުންވާ ތަޢުލީމީ މިންގަނޑުތަކުގެ ތަފުސީލު ތިރީގައި މިވަނީއެވެ.

ލެވެލް

ފެކަލްޓީ / ސެންޓަރުގެ ނަން

ކޯހުގެ ނަން

ޝަރުޠު

މުއްދަތު

ކޯހުގެ ޖުމްލަ ފީ

ލެވެލް 9

ދަ ގްލޯބަލް ޔުނިވަރސިޓީ އޮފް އިސްލާމިކް ފައިނޭންސް - އިންސިފް

މާސްޓަރސް އިން އިސްލާމިކް ފައިނޭންސް ޕްރެކްޓިސް

  • އެމް.ކިއު.އޭ އިން ޤަބޫލުކުރާ ބެޗްލަރސް ޑިގްރީއެއް މުޢާމަލާތު އަދި އިސްލާމިކް ފައިނޭންސް (އެމް.އައި.އެފް) އިން ހާސިލުކޮށްފައިވުން. ނުވަތަ،
  • އެމް.ކިއު.އޭ އިން ޤަބޫލުކުރާ ބެޗްލަރސް ޑިގްރީއަކުން ދަށްވެގެން 2.5/4.0 ގެ ސީ.ޖީ.ޕީ.އޭ އެއް ހާސިލުކޮށްފައިވުން.

ނޯޓު: - އެމް.އައި.އެފް ޑިގްރީއެއް ހާސިލުކޮށްފައިނުވި ނަމަވެސް، ކޯހަށް ވަނުމަށްފަހު، ޕްރީރިކުއިސިޓް ކޯސްތައް ކަމަށްވާ (އިސްލާމިކް އިކޮނޮމިކްސް، ކުއަންޓިޓޭޓިވް މެތަޑް، ޝަރީޢާ އެސްޕެކްޓްސް އޮފް ބިޒްނަސް އަދި ފައިނޭންޝަލް އެންޑް މެނެޖީރިއަލް އެކައުންޓިންގ) ކިޔަވަންޖެހޭގޮތަށް ފުރުޞަތު ދިމުނަށް ހަމަޖެހިފައިވެއެވެ.

އަދި ސީ.ޖީ.ޕީ.އޭ 2.0 އާއި 2.5 އާ ދެމެދު ހާސިލުކޮށްފައިވާ ކެންޑިޑޭޓުންނަށް އިތުރު ޓެސްޓެއް ހަދައިގެން ނުވަތަ އިންސިފް އިން ކަނޑައަޅާ އުސޫލަކުން ކޯހަށް ވަދެވިދާނެއެވެ.

އަދި މަތީގައިވާ ޝަރުޠުތައް ފުރިހަމަ ވެފައިވުމާއެކު،

  • އިނގިރޭސި ޓެސްޓް (TOEFL) 550 އަށްވުރެ މަތިން ލިބިފައިވުން. ނުވަތަ،
  • އައި.އެލް.ޓީ.އެސް (ILETS) އިން 6.0 ސްކޯއެއް ލިބިފައިވުން. ނުވަތަ،
  • މެލޭޝިއަން އިންގްލިޝް ޓެސްޓް (MUET) އިން ބޭންޑް 6.0 ލިބިފައިވުން.

އެހެންނަމަވެސް ކުރިން ހާސިލުކޮށްފައިވާ ސަނަދުތަކަކީ، އިނގިރޭސިބަހުން ކިޔަވާފައިވާ ސަނަދެއްނަމަ، މި ޝަރުޠުން އިސްތިސްނާވާނެއެވެ.

18 މަސް

-/105,455 ރުފިޔާ

ކޯހާބެހޭ މަޢުލޫމާތު ޔުނިވަރސިޓީގެ ނޯޓިސްބޯޑުގައި ބެހެއްޓިފައި ހުންނާނެއެވެ. ފޯމު ލިބެން ހުންނާނީ، ޔުނިވަރސިޓީގެ ރިސެޕްޝަނުންނާއި(www.ium.edu.mv) ވެބްސައިޓުންނެވެ. އަދި އިންސިފްގެ ((https://apply.inceif.org/online-application ވެބްސައިޓުން ވެސް ލިބިވަޑައިގަންނަވާނެއެވެ.

ވީމާ، މި ކޯހަށް ވަންނަން އެދޭ ފަރާތްތަކުން، ކޯހަށް ވަނުމަށް އެދޭ ފޯމު ފުރިހަމަ ކުރެއްވުމަށްފަހު، ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި، 2017 ޖަނަވަރީ 13 ވާ ހުކުރުދުވަހުގެ ކުރިން އޮންލައިންކޮށް އިންސިފް / INCIEF އަށް ހުށަހެޅުއްވުން އެދެމެވެ.

10 ރަބީޢުލްއާޚިރު 1438

08 ޖަނަވަރީ 2017
ހޯދާ