މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް

މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް

މި ކޯޕަރޭޝަންގެ އޮފީސް އިމާރާތުގެ ގޮތުގައި ބޭނުންކުރުމަށް ހަމަޖެހިފައިވާ ގަލޮޅުދަނޑުގެ އެކޮމަޑޭޝަން ބްލޮކުގެ ފުރަތަމަ ފަންގިފިލާއަށް، މި ކޯޕަރޭޝަނުން ހުށަހާޅާ ކުރެހުމާ އެއްގޮތަށް ބަދަލުގެނަސް، އަމިއްލަ ތަކެތީގައި ހަދައިދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.

ވީމާ، މި މަސައްކަތް ކޮށްދެއްވަން ބޭނުންފުޅުވާ ފަރާތްތަކުން 2017 ޖަނަވަރީ 11 ވަނަ ދުވަހުގެ ހެނދުނު 10:00 އަށް މި ކޯޕަރޭޝަނަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2017 ޖަނަވަރީ 16 ވަނަ ދުވަހުގެ ހެނދުނު 10:00 އަށް މި ކޯޕަރޭޝަނަށް ވަޑައިގެން އަގު ހުށަހެޅުއްވުމަށް ދެންނެވީމެވެ. އަދި މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކުގެ އަގު ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާނީ ގަލޮޅުދަނޑުގައި ހުންނަ އެކޮމަޑޭޝަން ބްލޮކަށެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް (ހެނދުނު 8:00 އިން 15:00 އަށް) ގުޅުއްވާނީ، 3336725 ނަންބަރު ފޯނަށެވެ.

09 ޖަނަވަރީ 2017
ހޯދާ