ހިންނަވަރު ޞިއްޙީ މަރުކަޒު
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މި މަރުކަޒުގެ ފަރާތުން އެޑްމިންސްޓްރޭޓިވް އޮފިސަރެއް ހޯދުމަށް 28 އޮގަސްޓު 2016 ގައި ކުރެވުނު ނަންބަރު(IUL)G1-SM/2016/04  ގެ އިޢުލާން ބާޠިލްކޮށް، އެ މަޤާމަށް މީހަކު ހޯދުމަށްޓަކައި އަލުން އިޢުލާން ކުރީމެވެ. 

މަޤާމް:

އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ކްލެސިފިކޭޝަން: އޮފިސަރ ގްރޭޑް 1

މަޤާމުގެ ރޭންކް:

ޖީ. އެސް. 3

މުސާރަ:

މަހަކު -/4465 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/1500 ރުފިޔާ

ޢިނާޔަތްތައް:

1. އިތުރުގަޑީގައި ކުރާ މަސައްކަތަށް އިތުރުގަޑީގެ ފައިސާއާއި، ބަންދުދުވަހެއްގައި މަސައްކަތްކުރަން ޖެހިއްޖެނަމަ ހަމަޖެހިފައިވާ އުސޫލުން ބަންދުދުވަހުގެ އެލަވަންސް.

2. ހަމަޖެހިފައިވާ އުސޫލުން ރިސްކް އެލަވަންސް.

އޮފީސް:

ޅ. ހިންނަވަރު ޞިއްޙީ މަރުކަޒު

ޑިވިޜަން / ސެކްޝަން:

އެޑްމިން

ވަޒީފާ އަދާކުރަންޖެހޭ ތަން:

ޅ. ހިންނަވަރު ޞިއްޙީ މަރުކަޒު

 

 

 

 

 

 

 

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

1. މުވައްޒަފުންގެ ކަންތައްތައް ބެލެހެއްޓުމާއި، މުވައްޒަފުންގެ ޕާރސަނަލް ރެކޯޑުތައް އަޕްޑޭޓްކޮށް ބެލެހެއްޓުން.

2. މުވައްޒަފުންގެ ޗުއްޓީއާއި ސަލާމުގެ ރެކޯޑުތައް ބެލެހެއްޓުން.

3. މުވައްޒަފުންގެ ހާޒިރީ ރިޕޯޓު ތައްޔާރުކޮށް، މަހުންމަހަށް ބަޖެޓަށް ހުށަހެޅުން.

4. ބިދޭސީ މުވައްޒަފުންގެ ވިސާއާއި ވޯކްޕާރމިޓުގެ ކަންތައްތައް، ކަމާބެހޭ ފަރާތްތަކާ ގުޅައިގެން ހަމަޖެއްސުން.

5. ޞިއްޙީ މަރުކަޒުގައި މަސައްކަތްކުރާ ބިދޭސީ މުވައްޒަފުންގެ ކަންތައްތައް ގަވާއިދުން ބަލަމުން ގެންދިއުން.

6. ބިދޭސީ މުވައްޒަފުންގެ ކޮންޓްރެކްޓާއި ޗުއްޓީއާބެހޭ މަސައްކަތްތައް، ހަމަޖެހިފައިވާ އުސޫލެއްގެމަތިން ކުރުމާއި، އެކަމުގެ ރެކޯޑުތައް ބެލެހެއްޓުން.

7. އަޕްޑޭޓްކުރަންޖެހޭ ރަޖިސްޓްރީތައް (މުވައްޒަފުންގެ ރަޖިސްޓްރީ ފަދަ ރަޖިސްޓްރީތައް) އަދި އެހެނިހެން މަޢުލޫމާތުތައް އަޕްޑޭޓްކޮށް ބެލެހެއްޓުމުގައި އެހީތެރިކަން ދިނުން.

8. އެކިއެކި ބޭނުންތަކުގައި އޮފީހަށް އަންނަ ކަސްޓަމަރުންނަށް ސަރވިސްދިނުމުގައްޔާއި މުޢާމަލާތްކުރުމުގައި މަޑުމައިތިރިކަމާއެކު އެމީހުންގެ ބޭނުންތަކަށް މަގުފަހިކޮށްދިނުން.

9. މަރުކަޒުގެ ފަރާތުން ފޮނުވާ ސިޓީއާއި މެމޯފަދަ ތަކެތި ލިޔެ ތައްޔާރުކޮށް، އެތަކެތި ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.

10. ދުވަހުން ދުވަހަށް ފޮނުވަންޖެހޭ ރިޕޯޓުތަކާއި، މަހުން މަހަށް ފޮނުވަންޖެހޭ ރިޕޯޓުތައް ތައްޔާރުކޮށް، ހުރިހާ ސެކްޝަނަކުންވެސް ގަވާއިދުން ފޮނުވަމުން ގެންދޭތޯ ބަލައި، އެކަމަށް ބާރުއެޅުން.

11. އެކިއެކި ރިޕޯޓްތައް ތައްޔާރުކުރުމުގައި އެވަގުތަކު މަރުކަޒު ހިންގެވުމާ ހަވާލުވެހުންނެވި ފަރާތަކަށް އެހީތެރިކަންދިނުން.

12. އޮފީހުގެ ލިޔެކިޔުންތައް ރައްކާތެރިކަމާއެކު ފައިލްކޮށް ބެލެހެއްޓުން.

13. އޮފީހަށް އަންނަ ފޯނު ކޯލްތަކަށް ޖަވާބުދާރީވުމާއި، ކަމާބެހޭ ބޭފުޅުންނަށް ވަގުތުން ވަގުތަށް މަޢުލޫމާތު އެރުވުން.

14. މަރުކަޒުގައި ބާއްވާ ބައްދަލުވުންތައް ހަމަޖެއްސުން.

15. މުވައްޒަފަކު ސަލާމުގައި ނުވަތަ ޗުއްޓީގައި ހުރުމުގެ ސަބަބުން މަސައްކަތަށް ދަތިވާނަމަ، އެ މުވައްޒަފަކު ކުރަންޖެހޭ މަސައްކަތްތައް ހަވާލުވެ ހުންނެވި ވެރިޔަކު އަންގަވާ ގޮތެއްގެ މަތީން ކުރުން.

16. ވަޒީފާ ބަޔާނުން ލާޒިމުކުރާ އެންމެހައި ކަންތައްތައް ތަރައްޤީކޮށް ރާވައި ހިންގައި ބެލެހެއްޓުމުގެ އިތުރުން، އެކަންކަމުގައި އެހީތެރިވެދިނުން.

17. އޮފީސް ހުޅުވައި ލައްޕަންޖެހޭ ހާލަތްތަކުގައި އެކަން ކުރުން.

18. މަރުކަޒަށް ޒިޔާރަތްކުރާ އެކިއެކި ޓީމްތަކުގެ ކަންތައްތައް ބެލެހެއްޓުން.

19. މަރުކަޒުން ރާވައި ހިންގާ އެކިއެކި މަސައްކަތްތަކުގައި ބައިވެރިވެ، އެ މަސައްކަތްތައް ކުރުން.

މަޤާމުގެ ޝަރުޠުތައް:

1. ހިއުމަން ރިސޯސް މެނޭޖްމަންޓް، ހެލްތު ސަރވިސް މެނޭޖްމަންޓް، މެނޭޖްމަންޓް، ބިޒްނަސް މެނޭޖްމަންޓް، އެމްޕްލޯއިމެންޓް ލޯ، ޕަބްލިކް ރިލޭޝަންސް، ޓްރޭނިންގ އެންޑް ޑިވެލޮޕްމަންޓް، އިންފޮމޭޝަން ޓެކްނޮލޮޖީ، ބިޒްނަސް އެޑްމިނިސްޓްރޭޝަން، ޕްރޮޖެކްޓް މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ހިއުމަން ރިސޯސް މެނޭޖްމަންޓް، ހެލްތު ސަރވިސް މެނޭޖްމަންޓް، މެނޭޖްމަންޓް، ބިޒްނަސް މެނޭޖްމަންޓް، އެމްޕްލޯއިމެންޓް ލޯ، ޕަބްލިކް ރިލޭޝަންސް، ޓްރޭނިންގ އެންޑް ޑިވެލޮޕްމަންޓް، އިންފޮމޭޝަން ޓެކްނޮލޮޖީ، ބިޒްނަސް އެޑްމިނިސްޓްރޭޝަން، ޕްރޮޖެކްޓް މެނޭޖްމަންޓުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖްރިބާ ލިބިފައިވުން. ނުވަތަ؛

2. ސާނަވީ އިމްތިޙާނުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމުގެ އިތުރުން، ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

1. ތަޢުލީމާއި ތަމްރީން

2. މަސައްކަތުގެ ތަޖުރިބާ

3. އިންޓަވިއު

4. ޤާނޫނުތަކާއި ގަވާއިދުތަކަށް އަހުލުވެރިވެފައިވާ މިންވަރު.

ހުށަހަޅަންޖެހޭ ލިޔުންތައް:

1. މަޢުލޫމާތު ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު، ޅ. ހިންނަވަރު ޞިއްޙީ މަރުކަޒުގެ އޮފީހުން ރަސްމީގަޑީގައި ލިބެން ހުންނާނެއެވެ. އަަދި ސިވިލް ސަރވިސް ކޮމިޝަނުގެ www.csc.gov.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.)

2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

3. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު، ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ)

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިޔަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ (މި ފަދަ ސެޓުފިކެޓުތައް އެކްރެޑިޓްކުރާކަށެއް ނުޖެހޭނެއެވެ.) ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ.

(ނ) ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ކޮޕީ.

4. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

5. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ (ވަޒީފާ އަދާކުރި މުއްދަތާއި، ކުރި މަސައްކަތާއި، މުވައްޒަފުންގެ އަދަދު ބަޔާންކޮށްފައިވާ)

6. ވަޒީފާއަށް އެދޭ ފަރާތުގެ، ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.

7. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)

ނޯޓު: މަޢްލޫމާތު ފުރިހަމަނުކޮށް ހުށަހަޅާ ފޯމުތަކެއް ބަލައެއް ނުގަނެވޭނެއެވެ.

މި މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

މި  މަޤާމަށް  ކުރިމަތިލާ  ފަރާތްތަކުން  ވަޒީފާއަށް  އެދޭ  ފޯމު  ހުށަހެޅުމުގެ  އެންމެފަހުގެ  ތާރީޚަކީ، 2017 ޖަނަވަރީ 15 ވަނަ ދުވަހުގެ 14:00 އެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް ބަލައިގަންނާނީ، ޅ. ހިންނަވަރު ޞިއްޙީ މަރުކަޒުގެ އޮފީހުންނެވެ.

އިންޓަވިއު އޮންނާނެ ތަނާއި މުއްދަތު:

މި  މަޤާމަށް  ކުރިމަތިލާ  މީހުންނާ  އިންޓަވިއު  ކުރެވޭނީ،  ޅ.  ހިންނަވަރު  ޞިއްޙީ  މަރުކަޒުގައެވެ. އިންޓަވިއު އޮންނާނީ، މި އިޢުލާނަށް މުއްދަތު ހަމަވާ ތާރިޚުން ފެށިގެން 3 ހަފުތާގެ ތެރޭގައެވެ. އިންޓަވިއުއަށް ހާޒިރުވާންޖެހޭ ތާރީޚާއި ގަޑި، ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން މަޤާމަށް ޝަރުޠު ހަމަވާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެންގޭނެއެވެ.

އިތުރު މަޢުލޫމާތު:

މަޢުލޫމާތު ސާފުކުރަން ގުޅާނީ، 6620216 ނަންބަރު ފޯނަށެވެ.

4 ރަބީޢުލްއާޚިރު 1438

02 ޖަނަވަރީ 2017
ހޯދާ