ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ބެޗެލަރސް އޮފް އެޑިއުކޭޝަން (ޕްރައިމަރީ) އާއި، ޑިޕްލޮމާ އިން އަރލީ ޗައިލްޑްހުޑް އެޑިއުކޭޝަންގެ ސްކޮލަރޝިޕްތަކާބެހޭ

އިޢުލާން

ބެޗެލަރސް އޮފް އެޑިއުކޭޝަން (ޕްރައިމަރީ) އަދި ޑިޕްލޮމާ އިން އަރލީ ޗައިލްޑްހުޑް އެޑިއުކޭޝަންގެ ސްކޮލަރޝިޕްތަކާބެހޭ

އެކްސެލް އިންޓަރނޭޝަނަލް ސްކޫލުން، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއަށް ލިބިފައިވާ ސްކޮލަރޝިޕްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ތިރީގައި މިވަނީއެވެ.   

ފުރުޞަތުގެ އަދަދު:

20

ކޯސް: 

ބެޗްލަރ އޮފް އެޑިއުކޭޝަން (ޕްރައިމަރީ)

ކޯހުގެ މުއްދަތު:

3 އަހަރުދުވަސް

ޔުނިވަރސިޓީ:

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ

ކޯހުގެ ޝަރުޠުތައް:

  • މަތީ ސާނަވީ (ޖީ.ސީ.އީ.އޭ/ އެޗް.އެސް.ސީ ލެވެލްގެ 2 މާއްދާ/ ޝަހާދާ ޘާނަވިއްޔާ) އިން ފާސްވެފައިވުން. ނުވަތަ،
  • އެމް.ކިއު.އޭ ގަބޫލުކުރާ ލެވެލް 4 ގެ ސެޓުފިކެޓެއް ހާސިލުކޮށްފައިވުން. ނުވަތަ،
  • ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ފައުންޑޭޝަން ކޯސް ފުރިހަމަ ކޮށްފައިވުން.

 އަދި މަތީގައިވާ ޝަރުޠުތައް ފުރިހަމަވުމާއެކު،

  • ހ. ޖީ.ސީ.އީ/އައި.ޖީ.ސީ.އެސް.އީ އޯލެވެލްގެ އިނގިރޭސި މި މާއްދާއިން "ސީ" ފާސް ނުވަތަ އެއަށްވުރެ މަތިން ހާސިލުކޮށްފައިވުން.

ފުރުޞަތުގެ އަދަދު:

20  

ކޯސް: 

ޑިޕްލޮމާ އިން އަރލީ ޗައިލްޑްހުޑް އެޑިއުކޭޝަން

ކޯހުގެ މުއްދަތު:

1 އަހަރުދުވަސް

ޔުނިވަރސިޓީ:

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ

ކޯހުގެ ޝަރުޠުތައް:

  • މަތީ ސާނަވީ (ޖީ.ސީ.އީ.އޭ/ އެޗް.އެސް.ސީ ލެވެލްގެ 2 މާއްދާ/ ޝަހާދާ ޘާނަވިއްޔާ) އިން ފާސްވެފައިވުން. ނުވަތަ،
  • އެމް.ކިއު.އޭ ގަބޫލުކުރާ ލެވެލް 4 ގެ ސެޓުފިކެޓެއް ހާސިލުކޮށްފައިވުން. ނުވަތަ،
  • ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ފައުންޑޭޝަން ކޯސް ފުރިހަމަ ކޮށްފައިވުން.

އަދި މަތީގައިވާ ޝަރުޠުތައް ފުރިހަމަވުމާއެކު،

ހ. ޖީ.ސީ.އީ/އައި.ޖީ.ސީ.އެސް.އީ އޯލެވެލްގެ އިނގިރޭސި މިމާއްދާއިން "ސީ" ފާސް ނުވަތަ އެއަށްވުރެ މަތިން ހާސިލުކޮށްފައިވުން.

ސްކޮލަރޝިޕްގައި ހިމެނެނީ:

  • ކޯސް ފީ (މި ފީ ދައްކާނީ އެކްސެލް އިންޓަރނޭޝަނަލް ސްކޫލުން އައި.ޔޫ.އެމް.އަށް)

ހުށަހަޅަންޖެހޭ ތަކެތި:  

  • ކޯހަށް އެދި ފުރިހަމަކޮށްފައިވާ ފޯމާއި އެ ފޯމުގައި ބަޔާންކޮށްފައިވާ ތަކެތި.
  • ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ތައްގަނޑު ޖަހާފައި)
  • އެދޭ ފަރާތުގެ ވަނަވަރު.

ބޮންޑު

ކޯސް ފުރިހަމަކުރުމަށްފަހު އެކްސެލް އިންޓަރނޭޝަނަލް ސްކޫލުގައި ފަސް (5) އަހަރުދުވަހުގެ މުއްދަތަށް ޚިދުމަތްކޮށްދިނުން.

ސްކޮލަރޝިޕް ފޯމު ބަލައިގަންނަ އެންމެފަހު ތާރީޚު:

2017 ޖަނަވަރީ 12 ވާ ބުރާސްފަތިދުވަހުގެ 14:00 ގެ ކުރިން ޔުނިވަރސިޓީގެ ރިސެޕްޝަނަށް،  ކޯހަށް ވަންނަން އެދޭ ފޯމު، ސްކޮލަރޝިޕަށް އެދޭ ފޯމާއެކު ހުރިހާ ޑޮކިއުމަންޓްތަކެއް ހުށަހަޅަން ވާނެއެވެ.

ނޯޓް: ސްކޮލަރޝިޕަށް ކުދިން ހޮވޭނީ ސްކޮލަރޝިޕަށް ކުރިމަތިލާފައިވާ ފަރާތްތަކުން ހުށަހަޅާ ޑޮކިއުމަންޓްތައް، ސްކޮލަރޝިޕް ކޮމިޓީއިން ބަލައި ދިރާސާ ކުރުމަށްފަހުގައެވެ.

ކޯހަށް ވަންނަން އެދޭ ފޯމާއި ސްކޮލަރޝިޕަށް އެދޭ ފޯމު ހެނދުނު 8:30 އިން މެންދުރުފަހު 14:00 އަށް ޔުނިވަރސިޓީގެ ރިސެޕްޝަނަށް، އަދި ޔުނިވަރސިޓީގެ ވެބްސައިޓުން http://www.ium.edu.mv ލިބެން ހުންނާނެވެ. އިތުރު މަޢުލޫމާތު 3022100 ނަންބަރު ފޯނުން ލިބިވަޑައިގަންނަވާނެއެވެ.

ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

05 ރަބީޢުލްއާޚިރު 1438

 

03 ޖަނަވަރީ 2017
ހޯދާ