މަޑިފުށީ ސްކޫލް، ތ. މަޑިފުށި
ދިވެހިރާއްޖެ
ގެއެއް ކުއްޔަށްހިފުމަށް ބޭނުންވެއްޖެ

އިޢުލާން 

ގެއެއް ކުއްޔަށް ހިފުމަށް ބޭނުންވެއްޖެ:

މި ސުކޫލުގެ ޕްރިންސިޕަލް ހުންނެވުމަށް ގެއެއް ކުއްޔަށް ހިފުމަށް ކުރި އިޢުލާން ނަންބަރު: GS-180/2016/186 އާ ގުޅިގެން އެކަށީގެންވާ އަދަދަށް އަންދާސީހިސާބު ހުށަހަޅާފައިނުވާތީ އެ އިޢުލާން ބާޠިލުކޮށް އަލުން އިޢުލާން ކުރަމެވެ.

މި ސްކޫލްގެ ޕްރިންސިޕަލް ހުންނެވުމަށް ގެއެއް ކުއްޔަށް ހިފަން ބޭނުންވެއްޖެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް މި ސްކޫލަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުން

އަންދާސީ ހިސާބު ހުށައެޅުން

2017 ޖަނަވަރީ 08 ވާ ހޯމަދުވަހުގެ 13:00 ގައި.

2017 ޖަނަވަރީ 16 ވާ ހޯމަދުވަހުގެ 13:00 ގައި.

ސިޓީ ހުށަހަޅާއިރު، ގެއާއި ގޯތީގެ ފްލޯޗާޓާއި އިންވެންޓްރީ ލިސްޓު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅާ ސިޓީ ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

ކުއްޔަށް ދޫކުރާ ގޭގައި މިދަންނަވާ ފަސޭހަތައް ލިބެން ހުންނަންވާނެއެވެ.

  • ގޭގެ ދިއްލުންތަކާއި ފަންކާއާއި، ފެން ނަގާ ޕަމްޕު ފަދަ އަސާސީ އިލެކްޓްރިކް ފިޓިންގްސްއާއި މި ދެންނެވުނު ފަދަ އަސާސީ އެންމެހައި ތަކެތި ފުރިހަމައަށް ހުރުން.
  • ފެން ނަގާ ވަޅާއި، ބޯފެން ރައްކާކުރެވޭނެ އިންތިޒާމު ހަމަޖެހިފައިވުން. އަދި ފެންވަރާ ފެނުގައި އެއްވެސް ބާވަތެއްގެ ތަޣައްޔަރުކަމެއް ހުރިނަމަ، އެކަން ހުންނަންވާނީ ހައްލުވެފައެވެ.
  • ދޮވެ އިސްތިރިކުރުމަށް ބޭނުންވާ ތަކެތި ފުރިހަމައަށް ހުރުން.
  • ހުސް ވަގުތު އިށީނދެ ތިބުމަށާއި ލިޔެކިޔުމުގެ ކަންތައްތައްކޮށް އުޅުމަށް ބޭނުންވާ ސާމާނު.
  • ދަތިނުވެ 2 މީހަކަށް ނިދައި އުޅެވޭނެ ފަރުނީޗަރާއި އެހެނިހެން ސާމާނު.
  • ސްކޫލާ ކައިރި އަދި ފަސޭހައިން، އިތުރު ބަޔަކާ އެކުނުވެ ވަދެނިކުމެވޭގޮތަށް ހުރުން.

މި ދެންނެވި ޚިދުމަތްތައް، ކުއްޔަށް ހިފާ ފަރާތުން ދައްކަންޖެހޭ އެއްވެސް އުޖޫރައެއްނެތި ލިބެން ހުންނަންވާނެއެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ ރަސްމީ ބަންދުދުވަސްތައް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން 13:00 އަށް 6780568 ނަންބަރު ފޯނަށެވެ.                                                           

ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

04 ރަބީޢުލްއާޚިރު 1438

02 ޖަނަވަރީ 2017
ހޯދާ