ޙާފިޡް އަޙުމަދު ސްކޫލް
ދިވެހިރާއްޖެ
ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

ސެކިއުރިޓީ ބެލެހެއްޓުމާ ބެހޭ:

މި ސްކޫލުގެ މި އަހަރުގެ ސެކިއުރިޓީ ބެލެހެއްޓުމުގެ މުއްދަތު 31 ޑިސެންބަރު 2016 ގެ ނިޔަލަށް ހަމަވާތީ، 2017 ވަނަ އަހަރު މި ސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ކުރެވުނު މި ސްކޫލުގެ ނަންބަރު GS74/2016/23 (7 ޑިސެންބަރު 2016) އިޢުލާނާ ގުޅިގެން ހުށަހެޅުނު އަންދާސީހިސާބުތައް، އަންދާސީހިސާބާއެކު ހުށަހަޅަން ޖެހޭ ތަކެތީގެ ޗެކްލިސްޓުގެ ނަންބަރު 1 ން 8 ގެ ނިޔަލަށްވާ ލިޔުންތައް (މިލިޔުންތައް ހުށަނޭޅުމުން އަންދާސީހިސާބު ބާޠިލުވާނެކަމަށް ބުނެފައިވާ) އެއްވެސް ފަރާތަކުން ހަމަޔަށް ހުށަހަޅާފައިނުވާތީ، އެ އަންދާސީހިސާބުތައް ބާޠިލުކޮށް އަލުން އެ ފުރުޞަތު ހުޅުވާލަމެވެ.

ވީމާ، މި ޚިދުމަތްދިނުމަށް ބޭނުންވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ސެޝަންތަކުގައި ބައިވެރިވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުން

5 ޖަނަވަރީ 2017 ވާ ބުރާސްފަތިދުވަހުގެ 9:30

އަންދާސީހިސާބު ހުށަހެޅުން

9 ޖަނަވަރީ 2017 ވާ ހޯމަދުވަހުގެ 09:30

މަޢުލޫމާތު ސާފުކުރުމަށާއި އަންދާސީހިސާބު ހުށަހެޅުމަށް ކަނޑައެޅިފައިވާ ވަގުތުގެ ފަހުން ހާޒިރުވާ ފަރާތްތަކަށް އެ ފުރުޞަތު ނުލިބޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

25 ޑިސެންބަރު 2016
ހޯދާ