ކޮޅުމަޑުލު ތިމަރަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޕްރޮޖެކްޓް އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މި އިދާރާގެ، ތިރީގައިމިވާ މަޤާމަށް މީހުން ބޭނުންވެއްޖެއެވެ. ވީމާ، ޝަރުޠު ހަމަވާ ފަރާތްތަކުން އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލި ވާހަކަ އާންމުކޮށް އަންގައި ޢިޢުލާނު ކުރީމެވެ.

ޕްރޮޖެކްޓް އޮފިސަރ

މަޤާމް:

1 (އެކެއް)

ބޭނުންވާ އަދަދު:

އެމް. އެސް. 1

މަޤާމުގެ ރޭންކް:

ސީނިއަރ އޮފިސަރ ގްރޭޑް 1 / ޓެކްނިކަލް އޮފިސަރ ގްރޭޑް 1

މަޤާމުގެ ކްލެސިފިކޭޝަން:

ކޮޅުމަޑުލު ތިމަރަފުށީ ކައުންސިލްގެ އިދާރާ

އޮފީސް / އިދާރާ:

އިކޮނޮމިކް، ސޯޝަލް އެންޑް މުނިސިޕަލްސަރވިސަސް

ސެކްޝަން:

ކޮޅުމަޑުލު ތިމަރަފުށީ ކައުންސިލްގެ އިދާރާ

ވަޒީފާ އަދާކުރަންޖެހޭ ތަން:

މަހަކު -/5،601 ރުފިޔާ

މުސާރަ:

މަހަކު -/2،000 ރުފިޔާ

ސަރވިސް އެލެވަންސް:

ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތްވާގޮތުގެމަތިން ތިރީގައިމިވާ ޢިނާޔަތްތައް ލިބޭނެއެވެ.

- އިތުރުގަޑީގެ ފައިސާ

- ރަމަޟާންމަހުގެ ޢިނާޔަތުގެ ފައިސާ

އެހެނިހެން ޢިނާޔަތްތައް:

1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛

3. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގެ ޝަރުޠުތައް:(ތަޢުލީމާއި ތަޖުރިބާ)

1. ރަށު ކައުންސިލަށް ބޭނުންވާ ޕްރޮޖެކްޓްތައް ހެދުމަށް ބޭނުންވާ އެންމެހައި މައުލޫމާތުތައް އެއްކޮށް، ޕްރޮޖެކްޓްތައް ހަދައި، ކައުންސިލަށް ހުށަހެޅުން.

2. ސަރުކާރުގެ ފަރާތުން ރަށުގައި ހިންގާ ޕަރޮޖެކްޓްތައް ބަލައި މޮނީޓަރކޮށް، ގަވައިދުން ހުށަހަޅަންޖެހޭ ތާރީޚުތަކަށް ރިޕޯޓުތައް ތައްޔާރުކޮށް ހުށަހެޅުން.

3. ރަށުގެ ފެނާއި، ކަރަންޓާއި، ނަރުދަމާއާއި، ވިޔަފާރިއާއި، އިންޑަސްޓްރިއަލް މަސައްކަތާއި، އެއްގަމާއި ކަނޑު އުޅަނދުފަހަރާއި، މަގުމަތީ ޓްރެފިކާއި، އާމްދަނީ ހޯދުމަށް ކުރާ އެންމެހައި މަސައްކަތްތަކާއި، ކުނި އުފެދޭގޮތާއި، ކުނިނައްތައިލެވޭ ގޮތާއި، ކުޅިވަރާ ކުޅިވަރު ކުޅޭ ތަންތަނާބެހޭ އެންމެހައި މަޢުލޫމާތު އެއްކޮށް، މިފަދަ މަޢުލޫމާތުތައް ހިމެނޭ ޑާޓާ ބޭސްއެއް ތައްޔާރުކޮށް، ގަވާއިދުން އަޕްޓްޑޭޓްކޮށް ބެލެހެއްޓުން.

4. ރަށުގެ ލޭންޑް ސްކޭޕް ޕްލޭންކޮށް ޑިޒައިންކޮށް ތައްޔާރުކުރުން.

5. ހިއުމަން ރިސޯސް ޕްލޭންކުރުމާއި، ރަށުގެ ބިޒްނަސް ޕްލޭން ހެދުމުގައި ކައުންސިލަށް ބޭނުންވާ ލަފާ ދިނުން.

6. އެކި ކަންކަމުގެ ކައުންސިލަށް ބޭނުންވާ ތަފާސްހިސާބުތަކުގެ ރިޕޯޓްތައް ހަދައި ހުށަހެޅުން.

7. ދިރިއުޅުމަށާއި އެހެން ބޭނުންތަކަށް ރަށުގައި ބުރިބުރިއަށް އިމާރާތްކުރެވޭ ތަންތަނުގެ ފެންވަރުބަލައި މޮނީޓަރކުރުން.

8. ރަށު ކައުންސިލްގެ ބެލުމުގެ ދަށުގައިވާ އެންމެހައި އިމާރާތްތަކާއި، ތަންތަނާއި، ބަނދަރާއި ޕަބްލިކް ޕާކް ފަދަ ތަންތަން މަރާމާތުކުރުމަށް ބޭނުންވާ ޕްރޮޖެކްޓްތައް ހަދައި ކައުންސިލަށް ހުށަހެޅުން (މެއިންޓެނެންސް ޕްރޮޖެކްޓްސް)

9. އެކިއެކި ކާރިސާތަކާބެހޭ މަޢުލޫމާތު އެއްކުރުމާއި، ދިމާވާ އެކިއެކި ހާދިސާތަކާއި، ކާރިސާތަކުން ލިބޭ ގެއްލުމުގެ ތަފްސީލް ރިޕޯޓް ހަދައި ކައުންސިލަށް ހުށަހެޅުން.

10.  ކައުންސިލްގެ އިދާރާއިން ހިންގާ ޚައްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި، ކޮމިޓީތަކުގައި ބައިވެރިވެގެން މަސައްކަތްކުރުމާއި، އިވެލުއޭޝަން ކޮމިޓީގެ އިދާރީ މަސައްކަތްކުރުން.

11. ދައުރުވާގޮތަށް އޮފީސް ހުޅުވައި ލެއްޕުން.

12. މީގެ އިތުރުންވެސް ކައުންސިލްގެ މަސައްކަތުގެ ދާއިރާގެތެރެއިން ހަވާލުކުރެވޭ މަސައްކަތްތައް ކުރުން.

މަޤާމުގެ މަސްއޫލިއްޔަތު:

- ވަޒީފާއަށް ޝަރުޠު ހަމަވުން (% 11)

- ތަޢުލީމާއި ތަމްރީނު (ކަނޑައެޅިފައިވާ އިންސައްތަ %38)

- މަސައްކަތު ތަޖުރިބާ (ކަނޑައެޅިފައިވާ އިންސައްތަ %8)

- އިންޓަވިޔުއާއި ޕްރެޒެންޓޭޝަން (ކަނޑައެޅިފައިވާ އިންސައްތަ %43)

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
2017 ޖަނަވަރީ 5 ވަނަ ދުވަހުގެ މެންދުރު 13:00 ގެ ކުރިން، ތިމަރަފުށީ ކައުންސިލްގެ އިދާރާއަށް.

އެޕްލިކޭޝަން ފޮނުވަންވީ ތާރީޚު:

1. މަޢުލޫމާތު ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު، ތިމަރަފުށީ ކައުންސިލްގެ އިދާރާއިން ލިބެން ހުންނާނެއެވެ. އަަދި ސިވިލް ސަރވިސް ކޮމިޝަނުގެ www.csc.gov.mv ގެ ވެބްސައިޓުން މިފޯމު ޑައުންލޯޑްވެސް ކުރެވޭނެއެވެ.

2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

3. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު، ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ)

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިޔަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ (މި ފަދަ ސެޓުފިކެޓުތައް އެކްރެޑިޓްކުރާކަށެއް ނުޖެހޭނެއެވެ.) ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ.

(ނ) ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ކޮޕީ.

4. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

5. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ (ވަޒީފާ އަދާކުރި މުއްދަތާއި، ކުރި މަސައްކަތާއި، މުވައްޒަފުންގެ އަދަދު ބަޔާންކޮށްފައިވާ)

6. ވަޒީފާއަށް އެދޭ ފަރާތުގެ، ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.

7. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)

ހުށަހަޅަންޖެހޭ ލިޔުންތައް:

މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިޔު، 2017 ޖަނަވަރީ 5 އާއި  22 ޖަނަވަރީ 2017 އާ ދެމެދުގައި، ތިމަރަފުށީ ކައުންސިލް އިދާރާގައި އޮންނާނެއެވެ.

އިންޓަވިއު:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 6780702 ނަންބަރު ފޯނާއެވެ. އީ މެއިލް ކުރާނީ، [email protected] އަށެވެ.

އިތުރު މަޢުލޫމާތު:
23 ރަބީޢުލްއައްވަލް 1438
22 ޑިސެންބަރު 2016
ހޯދާ