ނޮޅިވަރަމު ސްކޫލް
ދިވެހިރާއްޖެ
ސްކޫލަށް އިތުރުކުރުމަށް ހަމަޖައްސާފައިވާ ބިމުގައިވާ ކުނިތައް ނަގައި ބިންސާފުކުރުމަށް

އިޢުލާން

ބީލަން ހުށަހެޅުމުގެ ދަޢުވަތު:

މި ސުކޫލުގެ އިރުމަތީ ފަރާތުން ސްކޫލަށް އިތުރުކުރުމަށް ހަމަޖައްސާފައިވާ ބިމުގައިވާ ކުނިތައް ނަގައި ބިން ސާފުކުރުމަށް ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން، މި ސްކޫލަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު، އަންދާސީހިސާބު ހުށަހެޅުން އެދެމެވެ. މަޢުލޫމާތުދިނުމާއި އަންދާސީހިސާބު ހުށަހެޅުމުގެ ބައްދަލުވުން އޮންނާނީ މި ސްކޫލްގެ ކޮންޕިއުޓަރ ލެބްގައެވެ

މަޢުލޫމާތު ސާފުކުރުމާއި އަންދާސީހިސާބު ހުށަހެޅުމަށް ހާޒިރުވާން ޖެހޭ ތާރީޚާއި ގަޑި ތިރީގައި މިދަންނަވަނީއެވެ.

މަޢުލޫމާތުދިނުމުގެ ބައްދަލުވުން

ބިޑް ހުށަހެޅުމުގެ ބައްދަލުވުން

2017 ޖަނަވަރީ 5 ބުރާސްފަތިދުވަހުގެ 11:30

2017 ޖަނަވަރީ 12 ވާ ބުރާސްފަތިދުވަހުގެ 11:30

މަޢުލޫމާތުދިނުމުގެ ބައްދަލުވުމަށާއި ބިޑް ހުށަހެޅުމުގެ ބައްދަލުވުމަށް ވަޑައިގަންނަވާ ފަރާތްތަކުން ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނަންވާނެއެވެ. ބަދަލުގައި އެހެން ފަރާތެއް ފޮނުވާނަމަ، އެފަރާތަކީ ކާކުކަން ބަޔާންކޮށް އެފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއަކާއެކު ސިޓީއެއް ހުށަހަޅަންވާނެއެވެ.

މަޢުލޫމާތު ސާފުނުކުރާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދަންނަވެމެވެ.

27 ޑިސެންބަރު 2016
ހޯދާ