ޅ. އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
އެސިސްޓެންޓް މެޑިކަލް ރެކޯޑް އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މި ހޮސްޕިޓަލުގައި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ކިޔަމެވެ. މި ވަޒީފާއަށް ބޭނުންވަނީ، މަސައްކަތަށް ޝައުޤުވެރިކަންހުރި، ޤާބިލް މީހުންނެވެ.

އެސިސްޓެންޓް މެޑިކަލް ރެކޯޑް އޮފިސަރ

މަޤާމް:

2 (ދޭއް)

ބޭނުންވާ އަދަދު:

މަހަކު -/4،465 ރުފިޔާ

މުސާރަ:

މަހަކު -/1،500 ރުފިޔާ

ސަރވިސް އެލަވަންސް:

- އިތުރުގަޑީގައި ކުރާ މަސައްކަތަށް އިތުރުގަޑީގެ ފައިސާއާއި، ބަންދުދުވަހެއްގައި މަސައްކަތް ކުރަންޖެހިއްޖެނަމަ ހަމަޖެހިފައިވާ އުސޫލުން ބަންދުދުވަހުގެ އެލަވަންސް.

- ހަމަޖެހިފައިވާ އުސޫލުން ރިސްކް އެލަވަންސް.

ޑިޔުޓީ އުސޫލުން މަސައްކަތްކުރާނަމަ، ޑިޔުޓީ އެލަވަންސް.

 

އިތުރު ޢިނާޔަތްތައް:

އޮފިސަރ ގްރޭޑް 1 މަޤާމުގެ ކްލެސިފިކޭޝަން:
ޖީ. އެސް. 3 މަޤާމުގެ ރޭންކް:
އެޑްމިން އެންޑް އެޗް އާރު، ޅ. އަތޮޅު ހޮސްޕިޓަލް މަސައްކަތް ކުރަންޖެހޭ ތަން:

1. ނާރސިންގ، ފާރމަސިސްޓް، މެނޭޖްމަންޓް، އެޑްމިނިސްޓްރޭޝަން، ބިޒްނަސް މެނޭޖްމަންޓްހާސިލުކޮށްފައިވުމާއެކު، ނާރސިންގ، ފާރމަސިސްޓް،  މެނޭޖްމަންޓް،  އެޑްމިނިސްޓްރޭޝަން،  ބިޒްނަސް  މެނޭޖްމަންޓް،  ބިޒްނަސް  އެޑްމިނިސްޓްރޭޝަން،  މިއިން ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމުގެ އިތުރުން، ސެކެންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން.

 

މަޤާމުގެ ޝަރުޠު:

1. ރައްކާތެރިކަމާއެކު ހޮސްޕިޓަލްގެ މެޑިކަލް ރެކޯޑުތައް ބެލެހެއްޓުން.

2. ފަސޭހައިން ހޯދޭފަދަ އިންތިޒާމެއްގެދަށުން މެޑިކަލް ރެކޯޑުތައް ބެލެހެއްޓުން.

3. ޕަބްލިކް ހެލްތު ޔުނިޓުގެ ރިޕޯޓްތައް ބަލަހައްޓައި، ސެކްޝަނުގެ މަސައްކަތްތަކުގައި އެހީތެރިކަން ދިނުން.

4. މިނިސްޓްރީ އޮފް ހެލްތަށް ފޮނުވަންޖެހޭ މެޑިކަލް ރެކޯޑާބެހޭ ލިޔުންތައް ކަނޑައެޅިފައިވާ ގަވާއިދާ އެއްގޮތަށް ފޮނުވުން.

5. އަތޮޅު ތެރެއިން ހޯދަން ޖެހޭ މެޑިކަލް ރެކޯޑުތައް އަތޮޅުތެރެއިން ހޯދައި، ރައްކާތެރިކަމާއެކު ބެލެހެއްޓުން.

6. ހޮސްޕިޓަލުގެ މެޑިކަލް ރެކޯޑްސް ސިސްޓަމް ހިނގާ ނުހިނގާގޮތް ބަލައި، އިސްވެރިންގެ ލަފާގެ މަތިން ތަރައްޤީކުރުމަށް މަސައްކަތް ކުރުން.

7. ދުވަހުން ދުވަހަށް ހޮސްޕިޓަލް އިންފޮމޭޝަން ސިސްޓަމްގެ ބެކަޕްނަގައި ބެލެހެއްޓުން.

8. ހޮސްޕިޓަލް އިންފޮމޭޝަން ސިސްޓަމަށް މައްސަލައެއް ދިމާވެއްޖެނަމަ. ވަގުތުން ވަގުތަށް ކަމާބެހޭ ފަރާތްތަކަށް ރިޕޯޓްކޮށް، މައްސަލަ ޙައްލުކުރުމަށް މަސައްކަތްކުރުން.

9. މެޑިކަލް ރެކޯޑާބެހޭ ޑެއިލީ ރެކޯރޑްސް ދުވަހުން ދުވަހަށް ތައްޔާރުކޮށް ބެލެހެއްޓުން.

10. މެޑިކޯ ލީގަލް ކޭސްތަކަށް ބޭނުންވާ ރިޕޯޓްތައް ތައްޔާރުކޮށް، ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވައި، އެތަކެތި ފައިލްކޮށް ބެލެހެއްޓުން.

11. ސަރުކާރުގެ އެކި ދާއިރާތަކަށް ފޮނުވަންޖެހޭ ތަފާސްހިސާބުތައް، ކަނޑައެޅިފައިވާ ގޮތުގެމަތިން ފޮނުވުން.

12. ނުރައްކާތެރި ބަލިބައްޔާއި ނޮޓިފައިބަލް ޑިޒީޒް ގަވާއިދުން ހެލްތު ޕްރޮޓެކްޝަން އެޖެންސީއަށް ފޮނުވަމުންދޭތޯ ދުވަހުން ދުވަހަށް ބަލައި، ސުޕަވައިޒްކުރުން.

13. އެއްވެސްކަހަލަ ރޯގާއެއް އުޅޭނަމަ، އެކަމާބެހޭ ރިޕޯޓުތައް ތައްޔާރުކޮށް ފޮނުވުމުގައި އިސްވެރިންނަށް އެހީތެރިވުން.

14. ހޮސްޕިޓަލުގައި ބޭނުންކުރާ މެޑިކަލް ރެކޯރޑްސް ހިމެނޭ ސޮފްޓްވެއަރތައް ބޭނުންކުރާ ފަރާތްތަކަށް އެހީތެރިކަން ދިނުމާއި، އެ މަސައްކަތްކުރާ މުވައްޒަފުން ޗުއްޓީގައި ތިބިނަމަ، ނުވަތަ ސަލާމުގައި ތިބިނަމަ، އެ މަސައްކަތްތައް ކުރުން.

15. މެޑިކަލް ރެކޯރޑްސްއަށް ބޭނުންވާ ފޯމެޓްތައް، ކަމާ ގުޅޭ ސެކްޝަންތަކުގެ ޚިޔާލާއި ލަފާގެ މަތިން ތައްޔާރުކޮށް، ޚިދުމަތަށް ދަތިނުވާނެ ގޮތެއްގެމަތިން ހުސްވިޔަނުދީ ބެލެހެއްޓުން.

 

 

 

 

 

 

 

މަޤާމުގެ މައިގަނޑު މަސައްކަތްތައް:

1- މަޢުލޫމާތު ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (" ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު"  ޅ. އަތޮޅު ހޮސްޕިޓަލުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ www.csc.gov.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ.)

2- ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.   

3- ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ:

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓް ކޮށްފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު، ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ)

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިޔަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ (މި ފަދަ ސެޓުފިކެޓުތައް އެކްރެޑިޓް ކުރާކަށެއް ނުޖެހޭނެއެވެ.) ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ.

(ނ) ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

4- ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީންތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

5- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ (ވަޒީފާ އަދާކުރި މުއްދަތާއި، ކުރި މަސައްކަތާއި، މުވައްޒަފުންގެ އަދަދު ބަޔާންކޮށްފައިވާ)

6- ވަޒީފާއަށް އެދޭ ފަރާތުގެ، ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.

7- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)

 

 

 

 

 

 

 

ހުށަހަޅަންޖެހޭ ލިޔުންތައް:

1. ތަޢުލީމާއި ތަމްރީނު.

2. މަސައްކަތުގެ ތަޖުރިބާއާއި، ފެންވަރާއި، ހުނަރު.

3. ޤާބިލުކަމުގެ ސިފަތައް. 

4. އިންޓަވިއުން އެންމެމަތީ މާކްސް ހޯދާ ފަރާތް.

 

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

- މި މަޤާމަށް ކުރިމަތިލާ މީހުންނާ އިންޓަވިއު ކުރެވޭނީ، ޅ. އަތޮޅު ހޮސްޕިޓަލުގައެވެ.

- މީހަކު  ހޮވުމަށް  ބާއްވާ  އިންޓަވިއު  އޮންނާނީ،  މި  މަޤާމަށްއެދި  އެޕްލިކޭޝަން  ހުށަހެޅުމުގެ  އެންމެ  ފަހު ތާރީޚުން ފެށިގެން 5 ހަފުތާގެ ތެރޭގައެވެ.

- އިންޓަވިއުއަށް ދަޢުވަތު ދެވޭނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު، ހޮވޭ ފަރާތްތަކަށް އެކަންޏެވެ.

 

އިންޓަވިއު ކުރުން:

މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުން، ވަޒީފާއަށް އެދޭ ފޯމު ހުށަހެޅުމުގެ އެންމެފަހުގެ ތާރީޚަކީ، 28 ޑިސެންބަރު 28 ވަނަ ދުވަހުގެ 14:00 އެވެ. ވަޒީފާއަށް އެދި ފޮނުވާ ސިޓީއާއި ތަކެތި ބަލައިގަންނާނީ، ޅ. އަތޮޅު ހޮސްޕިޓަލުންނެވެ.

ސުންގަޑި:

އިތުރު މަޢުލޫމާތު ހޯދުމަށް ގުޅާނީ، 6620048 ނަންބަރު ފޯނާއެވެ.

އިތުރު މަޢުލޫމާތު:

16 ރަބީޢުލްއައްވަލް 1438

15 ޑިސެންބަރު 2016
ހޯދާ