މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޑޭޓާ ޕްރޮސެސިންގ އޮފިސަރ، އެޑްމިނިސްޓްރޭޓިވް އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

ޑޭޓާ ޕްރޮސެސިންގ އޮފިސަރ

މަޤާމުގެ ރޭންކް:

އެމް. އެސް. 1

މަޤާމުގެ ކްލެސިފިކޭޝަން:

ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ޑިޕާޓްމަންޓް:

ކޯޕަރޭޓް މެނޭޖްމަންޓް / އައި.ސީ.ޓީ

ވަޒީފާ އަދާކުރަންޖެހޭ ތަން:

މާލޭ ސިޓީކައުންސިލްގެ އިދާރާ

މުސާރައާއި ޢިނާޔަތްތައް:

- މުސާރަ: މަހަކު -/5610 ރުފިޔާ

- ސަރވިސް އެލަވަންސް: މަހަކު -/2000 ރުފިޔާ

- އިތުރުގަޑީގެ ފައިސާ: އިތުރުގަޑީގައި ކުރާ މަސައްކަތްތަކަށް، ހަމަޖެހިފައިވާ އުސޫލުން ފައިސާ ދެވޭނެއެވެ. އަދި ވަޒީފާއާ ގުޅިގެން ދެވޭ އެހެނިހެން ޢިނާޔަތްތައް ދެވޭނެ

ބޭނުންވާ އަދަދު:

1 (އެކެއް)  

މަޤާމް ނަންބަރު:

J-215971

މަޤާމުގެ ޝަރުޠު:

1- އިންފޮމޭޝަން ޓެކްނޮލޮޖީ / ސިސްޓަމް އެޑްމިނިސްޓްރޭޝަންގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފާވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރައެއްގައި 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2- އިންފޮމޭޝަން ޓެކްނޮލޮޖީ / ސިސްޓަމް އެޑްމިނިސްޓްރޭޝަންގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛

3- އިންފޮމޭޝަން ޓެކްނޮލޮޖީ/ ސިސްޓަމް އެޑްމިނިސްޓްރޭޝަންގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފާވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

 

1. އިންފޮމޭޝަން ޓެކްނޮލޮޖީގެ އެހީއާއެކު އޮފީހުގެ މަސައްކަތް އަވަސްކޮށް ފަސޭހަކުރުމަށްޓަކައި ހިންގަންޖެހޭ  އޮފީސް އޮޓޮމޭޝަން ޕްރޮޖެކްޓްތައް ހިންގުމުގައި އެހީތެރިވެދިނުން.

2. އޮފީހުގެ ސާރވަރ އަޕްޑޭޓްކޮށް މެއިންޓެއިން ކުރުން.

3. އޮފީހުގެ ކޮމްޕިޔުޓަރ ނެޓްވާރކް މެއިންޓެއިންކޮށް ބަލަހައްޓައި، އިތުރު ކޮމްޕިޔުޓަރުތަކަށް ނެޓްވަރކް ކަނެކްޝަން ދިނުމުގެ މަސައްކަތް ކުރުން.

4. އޮފީހުގެ ޕޮލިސީއާ އެއްގޮތަށް މުވައްޒަފުންނަށް ނެޓްވާރކް ރިސޯސްތަކަށް އެކްސެސް ދިނުމާއި، ސެކިޔުރިޓީ ބެލެހެއްޓުން.

5. އޮފީހުގެ ކޮމްޕިޔުޓަރު ސިސްޓަމްތަކަށް ޖެހޭ މައްސަލަތައް ޙައްލުކޮށް، މެއިންޓެއިންކުރުމުގެ ކަންތައްތައް ކުރުން.

6. އޮފީހުގެ އިންޓްރާނެޓާއި އިންޓަރނެޓް މެއިންޓެއިންކޮށް އަޕްޑޭޓްކޮށް ބެލެހެއްޓުމުގެ މަސައްކަތް ކުރުން.

7. އެން.ސީ.އައި.ޓީ ގެ ފޯކަލް ޕޮއިންޓެއްގެގޮތުގައި އީ ގަވަރމަންޓާ ގުޅުންހުރި މަސައްކަތްތައް ކުރުމަށް މުވައްޒަފުންނަށް އެހީތެރިވެދިނުން.

8. މަސައްކަތަށް ބޭނުންވާ ވަސީލަތްތައް ހޯދައި ބެލެހެއްޓުން.

9. އޮފީހުގެ ޕީ.އޭ.ބީ އެކްސް ސިސްޓަމް ބެލެހެއްޓުން.

އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމުގެ ރޭންކް:

ޖީ. އެސް. 3

މަޤާމްގެ ކްލެސިފިކޭޝަން:

އޮފިސަރ ގްރޭޑް 1

ޑިޕާޓްމަންޓް:

ޕަބްލިކް ސަރވިސް ޑިޕާޓްމަންޓް / ވައިޓަލް ރެޖިސްޓްރޭޝަން

ވަޒީފާ އަދާކުރަންޖެހޭ ތަން:

މާލޭ ސިޓީކައުންސިލްގެ އިދާރާ / ހުރަވީ ބިލްޑިންގ

މުސާރައާއި ޢިނާޔަތްތައް:

- މުސާރަ: މަހަކު -/4465 ރުފިޔާ

- ސަރވިސް އެލަވަންސް: މަހަކު -/1500 ރުފިޔާ

- އިތުރުގަޑީގެ ފައިސާ: އިތުރުގަޑީގައި ކުރާ މަސައްކަތްތަކަށް ހަމަޖެހިފައިވާ އުސޫލުން ފައިސާ ދެވޭނެއެވެ.

ބޭނުންވާ އަދަދު:

1 (އެކެއް)  

މަޤާމް ނަންބަރު:

J-215848

މަޤާމުގެ ޝަރުޠު:

1. އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓުގެ  ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފާވުމާއެކު، އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފާވުމުގެ އިތުރުން، ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

 

1. އުފަންދުވަހުގެ ސެޓުފިކެޓާއި، އުފަން ދުވަހުގެ ރަޖިސްޓްރީ ހަދައި ނިމުމުން ޗެކްކުރުން.

2. އުފަންދުވަހުގެ ސެޓުފިކެޓާއި، އުފަންދުވަހުގެ ރަޖިސްޓްރީތަކާ ބެހޭގޮތުން އެކި ފަރާތްތަކުން ހުށަހަޅާ މައްސަލަތަކާއި ޝަކުވާތައް އަޑުއަހައި ޖަވާބުދާރީވުން.

3. އުފަންދުވަހުގެ ރަޖިސްޓްރީއާއި، އުފަންދުވަހުގެ ސެޓުފިކެޓާއި، ރަށްވެހިކަމުގެ ސެޓުފިކެޓާއި، ރަޖިސްޓްރީތަކުގެ ކޮޕީތަކުގެ ނަންބަރު ތަރުތީބުކުރުމުގެ ކަންތައްކުރުން.

4. އުފަންދުވަހުގެ ރަޖިސްޓްރީއާއި، އުފަންދުވަހުގެ ސެޓުފިކެޓުގެ ކޮޕީތައް، ހަމަޖެހިފައި އޮންނަ އުސޫލުން ފޮތްފޮތަށް ހެދުމަށްޓަކައި ފޮނުވުމުގެ ކަންތައް ހަމަޖެއްސުން.

5. އުފަންދުވަހުގެ ރަޖިސްޓްރީއާއި، އުފަންދުވަހުގެ ސެޓުފިކެޓުގެ ކޮޕީތަކާއި، ހެދިފައިވާ ކޮޕީތަކުގެ ފޮތްތައް ހަލާކުވެގެން ނުދާނެ ގޮތުގެ މަތިން ބެލެހެއްޓުމުގެ އިންތިޒާމްތައް ރޭވުން.

6. މި އިދާރާއިން ހަދާދީފައިވާ ސެޓުފިކެޓާއި، ރަޖިސްޓްރީފަދަ ތަކެއްޗާއި، އެއަށް ގެނެވޭ އުނިއިތުރުތައް ބެލެހެއްޓޭނެ އިންތިޒާމްތައް ރާވައި ހަމަޖެއްސުން.

މި މަޤާމްތަކަށް މީހުން ހޮވުމުގައި އިސްކަންދޭނެ ކަންތައްތައް:

 

1. ދާއިރާއާ ގުޅޭ ތަޢުލީމާއި ތަމްރީން.

2. މަސައްކަތުގެ ތަޖުރިބާ.

3. އިންޓަވިއު

4. ގިނަވަގުތު އޮފީހުގައި މަސައްކަތްކުރެވޭނެ މީހެއްކަމުގައިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

1. މަޢުލޫމާތު ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ވަޒީފާއަށް އެދޭ ފޯމު، މި އޮފީހުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ www.csc.gov.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.)

2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

3. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ:

(ހ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތަކާއި ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ.

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒުން ކުރިޔަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ (މި ފަދަ ސެޓުފިކެޓުތައް އެކްރެޑިޓް ކުރާކަށެއް ނުޖެހޭނެއެވެ.) ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ.

(ނ) ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

4. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

5. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ (ވަޒީފާ އަދާކުރި މުއްދަތާއި، ކުރި މަސައްކަތް ބަޔާންކޮށްފައިވާ)

6. ވަޒީފާއަށް އެދޭ ފަރާތުގެ،  ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ސާފު ކޮޕީއެއް.

7. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.

ވަޒީފާއަށް އެދޭ ފޯމު ހުށަހެޅުން:

2016 ޑިސެންބަރު 26 ވާ ހޯމަދުވަހުގެ 13:30 ގެ ކުރިން، ހުރަވީ ބިލްޑިންގުގައި ހުންނަ މާލޭ ސިޓީ ކައުންސިލްގެ އިދާރާއަށެވެ.

އިންޓަވިއު އޮންނަ ދުވަހާއި ތަން:

1. މި މަޤާމުތަކަށް ކުރިމަތިލާ ފަރާތްތަކާ އިންޓަވިއުކުރުމަށް، 2017 ޖަނަވަރީ 2 ވަނަ ދުވަހުން ފެށިގެން މި އިދާރާއިން ގުޅާނެއެވެ. އިންޓަވިއު ކުރިޔަށްދާނީ، މައްޗަންގޮޅީގައި ހުންނަ، މާލޭ ސިޓީ ކައުންސިލްގެ އިދާރާގައެވެ.

2. އިންޓަވިއުއަށް ކިޔާނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓު ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.

އިތުރު މަޢުލޫމާތު:

މި ވަޒީފާއާ ބެހޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، މި އިދާރާގެ 7989840 ނަންބަރު ފޯނަށް، ނުވަތަ 3306727 ނަންބަރު ފޯނަށެވެ.

13 ރަބީޢުލްއައްވަލް 1438

12 ޑިސެންބަރު 2016
ހޯދާ