ސ. އަތޮޅު މަދަރުސާ
ދިވެހިރާއްޖެ
ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން       

ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން.

2017 ވަނަ އަހަރަށް މި ސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު GS16/2016/35 އިޢުލާނާ ގުޅިގެން އަންދާސީހިސާބު ހުށަހެޅުމުގައި އަންދާސީހިސާބު ހުށަހެޅި ބައެއް ފަރާތްތަކުން ގަވާއިދާ ޚިލާފުވެފައިވާތީ، އެ އިޢުލާން ބާޠިލުކޮށް 2017 ވަނަ އަހަރު މި ސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން އަލުން އިޢުލާންކުރަމެވެ.

މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ނަންބަރު 09/2011 ސަރކިއުލަރއިން ސްކޫލް މަދަރުސާތަކުގެ ސެކިއުރިޓީ އައުޓްސޯސްކުރުމަށް ނިންމާފައިވުމާ ގުޅިގެން ވިޔަފާރި އުސޫލުން 2017 ވަނަ އަހަރު ސ. އަތޮޅު މަދަރުސާގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މި މަސައްކަތްކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް ސ. އަތޮޅު މަދަރުސާއަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުން

އަންދާސީހިސާބު ހުށަހެޅުން

2016 ޑިސެންބަރު 18 ވާ އާދީއްތަދުވަހުގެ 10:00 އަށް

 2016 ޑިސެންބަރު 25 ވާ އާދީއްތަދުވަހުގެ 10:00 އަށް

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރަން ހާޒިރުނުވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައެއް ނުވެއެވެ. އިތުރު މަޢުލޫމާތު ސާފުކުރަން ގުޅާނީ 6895679 ނަންބަރު ފޯނާއެވެ.

9 ރަބީޢުލްއައްވަލް 1438

08 ޑިސެންބަރު 2016
ހޯދާ