މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
ޑިރެކްޓަރ ޖެނެރަލް

އިޢުލާން

މަޤާމު:                    ޑިރެކްޓަރ ޖެނެރަލް

ބޭނުންވާ އަދަދު:               01

ރޭންކް:                    އީ.އެކްސް 5

ކްލެސިފިކޭޝަން :              ޑިރެކްޓަރ ޖެނެރަލް  

މުސާރަ :                  މަހަކު -/13890 ރުފިޔާ

ސަރވިސް އެލަވަންސް:           މަހަކު -/2000 ރުފިޔާ

ވަޒީފާއޮތް އޮފީސް:             މިނިސްޓްރީ އޮފް އެޑިޔުކޭޝަން

ގިންތި:                    ދާއިމީ

ވަޒީފާއަދާކުރާ ސެކްޝަނާއި ތަން :    ސްކޫލް އެޑްމިނިސްޓްރޭޝަން ޑިވިޝަން، މިނިސްޓްރީ އޮފް އެޑިޔުކޭޝަން / މާލެ

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  • މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ހިއުމަން ރިސޯސް ޑިވިޜަންގެ މަސްއޫލިއްޔަތުތައް ޑިވިޝަން ނުވަތަ ޔުނިޓް ލެވެލަށް ބައްސަވައި ޑިވިޜަންގެ މެންޑޭޓްގައި ހިމެނޭ މަސްއޫލިއްޔަތުތައް މުވައްޒަފުންނާ ހަވާލުކޮށް، މުވައްޒަފުންގެ މަސައްކަތް ދުވަހުން ދުވަހަށް މޮނިޓަރކޮށް ޑިވިޜަންގެ މަސްއޫލިއްޔަތުތައް ރަނގަޅަށް އަދާކުރެވެމުންދާކަން ޔަގީންކުރުން. އަދި ޑިވިޝަނުގެ މަސްއޫލިއްޔަތުތައް މުވައްޒަފުންނާ ހަވާކުރެވިފައިވާ ގޮތް ރިވިއުކޮށް ޕާމަނަންޓް ސެކްރެޓަރީގެ ލަފަޔާއެކު ގެންނަން ޖެހޭ އިޞްލާޙުގެނައުން
  • މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ސެކްޝަންތަކާއި ދާއިރާގެ އެކިއެކި މަޤާމުތަކަށް އައްޔަން ކުރަންޖެހޭ މަޤާމުތަކުގެ ލިސްޓު ރިވިއުކޮށް ޕާމަނަންޓް ސެކްރެޓަރީގެ އިރުޝާދުގެ ދަށުން އެ މަޤާމަތަކަށް މީހުން ޢައްޔަންކުރުން. ޚާއްޞަކޮށް ރާއްޖެއިން ބޭރުން ހޯދަންގެ ޖެހޭ ޓީޗަރުން ފަދަ މަޤާމުތަކަށް، ހިނގަމުންދާ އަހަރު ނިމުމުގެ ކުރިން، ކުރިއަށް އޮތް އަހަރަށް ބޭނުންވާ މަޤާތަކަށް މުވައްޒަފުން ހަމަޖައްސައި އަލަށް ހަމަޖެހުނު މުވައްޒަފުންގެ އިސްޓް ސްކޫލްތަކަށް ފޮނުވުން.

  • ކޮންމެ އަހަރެއްގެ ވެސް މާރިޗުމަސް ނިމުމުގެ ކުރިން ދާއިރާގެ އެކިއެކި މަޤާމުތަކުގައި ތިބި މުވައްޒަފުންނަށް އިތުރަށް ބޭނުންވާ މަޢުލޫމާތާއި ހުނަރު އޮޅުންފިލުވައި ރިޕޯޓެއް ތައްޔާރުކޮށް ޕާމަނަންޓް ސެކްރެޓަރީގެ މަޝްވަރާގެ ދަށުން އެ މުވައްޒަފުންނަށް ތަމްރީން ދެވޭނެގޮތް ހަމަޖެއްސުން.

  • ދާއިރާގެ މުވައްޒަފުންގެ ތެރެއިން ޕެއިޑް ލީވްގެ ގޮތުގައާއި ލޯނު ސްކީމްގެ ދަށުންނާއި، ސްކޯލަރޝިޕްގެ ދަށުން ކިޔަވާކުދިންގެ ލިސްޓު ކޮންމެ ތިންމަހަކުން އަޕްޑޭޓްކޮށް، ކޯސް ނިމެން ތިން މަހަށް ވެފައިވާ ކުދިން ދެނެގަނެ އެ ކުދިން ވަޒީފާއަށް ނުކުންނާނެ ތާރީޚު ޔަގީންކޮށް، އެ ކުދިން ވަޒީފާއަށް ނުކުންނަން ހަމަޖެހިފައިވާ ތަނަކަށް އެންގުން.

  • މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ސެކްޝަންތަކާއި ޑިޕާޓްމަންޓުތަކާއި މަރުކަޒުތަކުގެ މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުމުގެ މަސައްކަތް ސިވިލް ސަރވިސް ކޮމިޝަންގެ ގަވާއިދުގައިވާ ގޮތުގެމަތިން ކުރިއަށް ގެންދިޔުމާއި އަދި މުވައްޒަފުންގެ ފެންވަރު ބެލުމުގެ ރިޕޯޓުތައް ސިވިލް ސަރވިސް ކޮމިޝަނަށް ފޮނުވައި ރައްކާތެރިކަމާއެކު ބެލެހެއްޓެމުންދާކަން ޔަގީންކުރުން.

  • ވަޒީފާ ދެއްވާ ޗިޓުތަކާއި ވަޒީފާއިން ވަކިކުރާ ޗިޓުތައް އަދި މުވައްޒަފުންގެ ރިކޯޑުތައް ބަރާބަރަށް ބެލެހެއްޓޭނެ އިންތިޒާމު ހަމަޖައްސައި އެ ރިކޯޑްތައް ބެލެހެއްޓެމުންދާކަން ކަށަވަރުކުރުން.

  • އަލަށް އަންނަ ބިދޭސީ މުވައްޒަފުން އެއަރޕޯޓުން ބަލައިގަތުމުގެ އިންތިޒާމު ހަމަޖެއްސުމާއި އަލަށް އަންނަ، އަދި ފުރާ ބިދޭސީ މުވައްޒަފުންނަށް ދޭންޖެހޭ އެކޮމަޑޭޝަން އެންމެ ޚަރަދު ކުޑަގޮތަކަށް (އެކޮމަޑޭޝަންގައި ތިބެންޖެހޭ މުއްދަތު އެންމެކުރު ވާނެހެން)، ހަމަޖައްސައި ރިކޯޑް ބެލެހެއްޓެމުންދާކަން ޔަގީންކުރުން.

  • ހިއުމަން ރިސޯސް ޑިވެލޮޕްމަންޓް ކޮމިޓީއަށް ހުށަހެޅޭ ވަޒީފާއާގުޅޭ މައްސަލަތަކަށް ކޮމިޓީން ނިންމާ ނިންމުމާ އެއްގޮތަށް ކުރިއަށް ގެންދިޔުމުގެ އިންތިޒާމު ހަމަޖެއްސުން.
  • މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ދޭ ވަޒީފާއާބެހޭ ޚިދުމަތްތަކަށް އެދޭ ފަރާތްތަކަށް، ވީހާވެސް ޚަރަދު ކުޑަ، ލުއި ފަސޭހަގޮތަކަށް، އަވަސް ޚިދުމަތްދެވޭނެ ގޮތްތައް ހޯދައި، ތަރައްޤީކޮށް، ކަމަށް ބޭނުންވާނެ ގައިޑްލައިންތަކާއި، ޕްރޮސީޖަރތަކާއި، އުސޫލުތައް އެކުލަވައިލައި، ޢަމަލުކުރަމުން ގެންދިޔުން.
  • މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ހިޔުމަން ރިސޯސް ޑިވިޜަންގެ މުވައްޒަފުންނާބެހޭ އެންމެހައި ކަންކަން، ކަމާގުޅޭ ޤާނޫނުތަކާއި، ސިވިލް ސަރވިސް ކޮމިޝަންގެ ގަވާއިދުތަކާ އެއްގޮތަށް ޕާމަނަންޓް ސެކްރެޓަރީގެ ލަފަޔާއެކު ހިންގުން.
  • މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ހިޔުމަން ރިސޯސް ޑިވިޜަންގައި ބޭނުންކުރާ މުދަލާއި ފައިސާއާއި އެނޫންވެސް ވަސީލަތްތައް ބޭނުން ކުރެވެމުންދަނީ ޤާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތަށްކަން ކަށަވަރުކޮށް، އެކަމާގުޅޭގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދިޔުން.
  • މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ހިޔުމަން ރިސޯސް ޑިވިޜަންގެ އެންމެހައި ކަންކަން ތަރައްޤީކުރުމަށް މަސައްކަތްކުރުމާއެކު ކުރިއަށް ދިޔުމަށް މުވައްޒަފުންނަށް މަގުދައްކައި އެހީތެރިވެދިނުން.
  • މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ހިޔުމަށް ރިސޯސް ޑިވިޜަންގެ މަސައްކަތާ ގުޅޭގޮތުން ޖަވާބުދާރީވާން ޖެހޭ އެންމެހައި ފަރާތްތަކަށް ޖަވާބުދާރީވުން.
  •  މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ހިޔުމަން ރިސޯސް ޑިވިޜަންގެ އަހަރު ރިޕޯޓު ކޮންމެ އަހަރެއް ނިމުމުން ތައްޔާރުކުރަން ހަމަޖެހިފައި އޮންނަ އުސޫލާ އެއްގޮތަށް ތައްޔާރުކޮށް، ހުށަހަޅަން ކަނޑައެޅިފައިވާ ފަރާތަކަށް ހުށަހެޅުން.

ޝަރުޠު:                                               

  1. އެޑްމިނިސްޓްރޭޝަން ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، އެޑްމިނިސްޓްރޭޝަން ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ

  2. އެޑްމިނިސްޓްރޭޝަން ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 8 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، އެޑްމިނިސްޓްރޭޝަން ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ

  3. އެޑްމިނިސްޓްރޭޝަން ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 9 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން:

ހ. ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.

ށ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

ނ. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއު ކޮށްގެން.

ރ. ކޮމްޕިއުޓަރަށް އަހުލުވެރިވެފައިވާ މިންވަރަށް ބަލައިގެން.

އިންޓަރވިއު ކުރުން އަދި ޕްރެޒެންޓޭޝަން ހުށަހެޅުން.

ހ. މި މަގާމަށް މީހަކު ހޮވުމަށް އިންޓަރވިއު އަދި ޕްރެޒެންޓޭޝަން އޮންނާނީ 20 ޑިސެންބަރު  2016 – 30 ޑިސެންބަރު 2016 އާ ދެމެދުގެ ތާރީޚެއްގައެވެ.

ށ. އިންޓަރވިއުއަށް އަދި ޕްރެޒެންޓޭޝަނަށް ދެންނެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

1. ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު، މިނިސްޓްރީ އޮފް އެޑިއުކޭޝަނުންގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ވަޒީފާއަށް އެދޭ ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ www.csc.gov.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ.)

2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

3. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ:

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިންބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކިފެންވަރެއްގައި އެކްރެޑިޓްކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ)

(ށ) ރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިޔަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ (މިފަދަ ސެޓުފިކެޓުތައް އެކްރެޑިޓްކުރާކަށެއް ނުޖެހޭނެއެވެ.) ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ.

(ނ) ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން ހިންގާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

4 ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

5. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުންދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ (ވަޒީފާ އަދާކުރި މުއްދަތާއި، ކުރި މަސައްކަތާއި، މުވައްޒަފުންގެ އަދަދު ބަޔާންކޮށްފައިވާ)

6. ވަޒީފާއަށް އެދޭ ފަރާތުގެ، ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.

7. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.

ތަކެތި ހުށަހަޅަންޖެހޭ އޮފީހާއި، ހުށަހަޅަންޖެހޭ ތާރީޚު:

މި ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، މިނިސްޓްރީ އޮފް އެޑިޔުކޭޝަން (ހ. ވެލާނާގޭގެ 8 ވަނަ ފަންގިފިލާ) ގެ ކައުންޓަރަށެވެ.

ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 2016 ޑިސެންބަރު 19 ވަނަ ދުވަހުގެ 13:30 އެވެ.

ނޯޓު:  

މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކާ އިންޓަވިއު ކުރުމަށްފަހު، އޭގެ ތެރެއިން އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، މި މިނިސްޓްރީގެ 3341427 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

06 ޑިސެންބަރު 2016
ހޯދާ