ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
ލޭބަރެއް ބޭނުންވެއްޖެ

މަޤާމް :ލޭބަރަރ
ބޭނުންވާ އަދަދު :1

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މި ކުންފުނީގެ ތިރީގައި މިދަންނަވާ މަޤާމަށް މުވައްޒަފުން ބޭނުންވެއްޖެއެވެ.

މަޤާމު: ލޭބަރަރ

ބޭނުންވާ އަދަދު: 1 (އެކެއް)

މުސާރަ:  މަހަކު  -/3240 ރުފިޔާ

ވަޒީފާގެ ބާވަތް: ކޮންޓުރެކްޓު (2 މަސްދުވަސް)

މަސައްކަތް ކުރަންޖެހޭ ތަން: އެސްޓީއޯ ގއ. ވިލިނގިލީ ފިހާރަ

އެހެނިހެން ޢިނާޔަތްތައް:

* އިތުރު އެލަވަންސް: މަހަކު -/1350 ރުފިޔާއާއި -/2400 ރުފިޔާއާ ދެމެދުގެ އަދަދެއް ލިބޭނެއެވެ.

* އިތުރުގަޑީގައްޔާއި، ރަސްމީ ބަންދު ދުވަހެއްގައި މަސައްކަތް ކޮށްފިނަމަ، ވަޒީފާއާބެހޭ ޤާނޫނުގައި ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

* ޕެންޝަން: ވަޒީފާއާއި ބެހޭ ޤާނޫނުގައި ކަނޑައެޅިފައިވާ އުސޫލުގެ މަތިން ޕެންޝަނަށް ފައިސާ އުނިކުރެވޭނެއެވެ.  

މަޤާމުގެ މަސްއޫލިއްޔަތު:

* ކަސްޓަމަރުންނަށް މުދާޑެލިވަރ ކުރުމުގައި އެހީތެރިވުން.

* ޑެލިވަރ ކުރެވޭ މުދާތަކުގެ އަދަދު ޗެކުކޮށް ބެލެހެއްޓުން.

* ވޮޗަރަކުނެތް ވަގުތެއްގައި ވޮޗަރެއްގެ ޑިއުޓީ އަދާކުރުން.

* ފިހާރައާއި ގުދަނުގެ އެތެރެއާއި ބޭރު ފޮޅައި ސާފުކުރުން.

* ފިހާރައަށް އަންނަ ކަސްޓަމަރުންނަށް އެހީތެރިވުމާއި، މީގެ އިތުރުންވެސް ފިހާރާގައި ކުރަން ޖެހޭ އެހެނިހެން މަސައްކަތް ކުރުން.                                  

ތަޢުލީމާއި ތަޖުރިބާ:

* ދިވެހިބަސް ލިޔަންކިޔަން އެނގުން.

* މަޤާމާގުޅޭ ދާއިރާއަކުން މަސައްކަތުގެ ތަޖުރިބާ ލިބިފައިވުމާއި، ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ ފަރާތެއްކަމުގައިވުން

ސުންގަޑި:

މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 ޑިސެންބަރު 15 ވާ ބުރާސްފަތި ދުވަހުގެ 12:30 ގެ ކުރިން އެސްޓީއޯގެ ވަޒީފާއަށް އެދޭ ފޯމު ތިރީގައިވާ  އެޑުރެހަށް ހުށަހެޅުއްވުން އެދެމެވެ.

އެޕްލިކޭޝަން ފޯމު އެސްޓީއޯ ގއ. ވިލިނގިލީ ފިހާރައިންނާއި އެސްޓިއޯގެ ހެޑް އޮފީހުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި ކުންފުނީގެ ވެބްސައިޓުން ޑައުންލޯޑު ކުރެވެންވެސް ހުންނާނެއެވެ.

ނޯޓް:

އިންޓަރވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ. މިމަޤާމަށް މުވައްްޒަފުން ހޮވުމުގައި ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަަކަށް ބެލުމަށްފަހު ޝަރުޠު ހަމަވާ އެޕްލިކޭޝަނެއް ނުލިބިއްޖެނަމަ މަސައްކަތުގެ ތަޖުރިބާއަށާއި އިންޓަރވިއުއަށް ބަލައިި އެންމެ މަތިން މާކްސް ލިބޭ ފަރާތެއް ހޮވޭނެއެވެ.

ވަޒީފާ ހަމަޖެއްސުމުގައި ޕޮލިސް ރިޕޯޓު / ކުށުގެ ރިކޯޑަށް ބަލާނެއެވެ.

އެޑްރެސް:

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ، ހެޑް އޮފީސް

ބޮޑުތަކުރުފާނު މަގު، މާފަންނު، މާލެ – 20345

ފޯން: 3344272، ފެކްސް: 3344041   

އެސްޓީއޯ ގއ. ވިލިނގިލީ ފިހާރަ

ހަވީރީ ހިނގުން، ގއ. ވިލިނގިލި

ފޯން:3012669

ވެބްސައިޓް:   www.sto.mv

09 ރަބީޢުލްއައްވަލް 1438      

 

 

08 ޑިސެންބަރު 2016
ހޯދާ