މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
ވެލާނާގެ ފިހާރަ ކުއްޔަށް ދޫކުރުމަށް ބާއްވާ ޕްރީބިޑް މީޓިންގ ބޭއްވުމާއި، ބިޑު ފޯމު ބަލައިގަތުން

އިޢުލާން

ވެލާނާގެ ފިހާރަ ކުއްޔަށް ދޫކުރުމަށް ބާއްވާ ޕްރީބިޑް މީޓިންގ ބޭއްވުމާއި ބިޑު ފޯމު ބަލައިގަތުން

ވެލާނާގެ ފިހާރަ ކުއްޔަށް ހިފައި ހިންގަން ބޭނުންފުޅުވާ ފަރާތްތަކަށް މަޢުލޫމާތު ދިނުމުގެ ބައްދަލުވުން، 2016 ޑިސެންބަރު 12 ވަނަ ދުވަހު 12:00 ގައި މި މިނިސްޓްރީގައި އޮންނާނެއެވެ. އަދި އަގު ހުށަހެޅުން އޮންނާނީ 2016 ޑިސެންބަރު 15 ވަނަ ދުވަހު 13:00 ގައި މި މިނިސްޓްރީގައެވެ. ޕްރީބިޑް މީޓިންގގައި ބައިވެރިނުވާ ފަރާތްތަކުގެ އަގު ބަލައިނުގަނެވޭނެ ވާހަކަވެސް މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

އަގު ހުށަހަޅުއްވާނީ ސިޓީއުރައެއްގައި ބަންދުކުރައްވާފައެވެ. ސިޓީއުރައިގެ ބޭރުގައި، އަގު ހުށަހަޅުއްވާ ފަރާތުގެ ނަމާއި، އެޑްރެސް ލިޔެފައި އޮންނަންވާނެއެވެ. އަދި ސިޓީއުރަ އެޑްރެސް ކުރެވިފައި އޮންނަންވާނީ ކޯޕަރޭޓް ސެކްޝަނަށެވެ. ޕްރޮޕޯސަލްތައް ކަނޑައި ބަލައިގަތުން އޮންނާނީ އަގު ހުށަހެޅުއްވި ފަރާތްތަކުގެ ހާޒިރުގައެވެ.

މި އިޢުލާނާ ގުޅޭގޮތުން އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވާނަމަ، މި މިނިސްޓްރީގެ ނަންބަރު 3004337 އަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.

09 ރަބީޢުލްއައްވަލް 1438

 

08 ޑިސެންބަރު 2016
ހޯދާ