ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
މާސްޓަރ އޮފް އެޑިއުކޭޝަން، ބެޗެލަރ އޮފް ޓީޗިންގ ޕްރައިމެރީ، 3. އެޑްވާންސްޑް ސެޓްފިކެޓް އިން ހިއުމަން ރިސޯސް މެނޭޖްމަންޓް، ޑިޕްލޮމާ އިން ބިޒްނަސް

ތިރީގައި މިވަނީ މިޔުނިވަރސިޓީގައި ޖަނަވަރީ 2017 ގައި ހއ. އިހަވަންދޫގައި ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކުގެ މަޢުލޫމާތެވެ. މި  ކޯސްތަކަށް ފޯމު ބަލައިގަންނަން ހަމަޖެހިފައިވަނީ  2016 ނޮވެންބަރު 29 ވާ އަންގާރަ ދުވަހުން ފެށިގެން 2016 ޑިސެމްބަރު 29  ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށެވެ. ކޯހަށް އެދޭ ފޯމު ޔުނިވަރސިޓީގެ ދަރިވަރުންގެ ޚިދްމަތްތަކާބެހޭ ބައިންނާއި ޔުނިވަރސިޓީގެ ވެބްސައިޓް www.mnu.edu.mv އިން ލިބެން ހުންނާނެއެވެ. އިތުރު މަޢުލޫމާތު 3345155 ފޯނާ ގުޅުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.

މި ކޯސްތަކުގެ ތެރެއިން ޖަނަވަރީ 2017 ގައި ހިންގަން ފަށްޓާނީ އެޕްލިކޭޝަންތައް ލިބޭ އަދަދަށް ބަލައި، ކޯހަށް ޝަރުޠު ފުރިހަމަވާ ފަރާތްތައް އެންމެ ގިނަ އަދަދަކަށް ލިބޭ ކޯހެއް އެކަންޏެވެ.

 

ފެކަލްޓީ އޮފް އެޑިއުކޭޝަން

މާސްޓަރ އޮފް އެޑިއުކޭޝަން

މުއްދަތު: 1.5 އަހަރު (3 ސިމެސްޓަރ)

 ތަޢާރުފު:

މި ކޯހަކީ ފަށާ ތަޢުލީމުގެ ހަރުފަތުގައި ކިޔަވާދޭނެ ޑިޕްލޮމާ ފެންވަރުގެ މުދައްރިސުން ތަމްރީނުކުރުމުގެ މަޤުޞަދުގައި ހިންގޭ ކޯހެކެވެ. މިކޯހުގެ މައިގަނޑު ބައިތަކުގެ ތެރޭގައި ބައިވެރިން މުދައްރިސްކަމަށް އަހުލުވެރިކުރުވުމާއި، ކިޔަވައިދިނުމުގެ ހުނަރުތައް ދަސްކޮށްދިނުމާއި، ކިޔަވައިދިނުމަށް ބޭނުންވާ މަޢުލޫމާތު މުއްސަނދިކުރުވުމާއި، ތަޢުލީމުގެ ރޮނގުން ކުރެވިފައިވާ ދިރާސާތަކަށް ބައިވެރިން އަހުލުވެރި ކުރުވުން ހިމެނެއެވެ. މުދައްރިސް ކަމަކީ މުޖްތަމަޢުގައި ގަދަރުވެރި މަޤާމެކެވެ. އަދި މުސާރަވެސް އެހާމެ ރަނގަޅު ވަޒީފާއެކެވެ. އަދި މި ކޯސް ފުރިހަމަ ކުރުމުން ރާއްޖެއިން ބޭރުގެ ޔުނިވާރސިޓީތަކުން މާސްޓަރސް ހެދުމުގެ ފުރުޞަތު ތަނަވަސްވެއެވެ.

ކޯހަށް ވަނުމަށް ބޭނުންވާ އެންމެ ދަށް މިންގަނޑު:

-1 ތަޢުލީމީ ޝަރުޠު:

ހ. އެޑިޔުކޭޝަނާ ގުޅުން ހުރި ދާއިރާއަކުން 03 އަހަރުދުވަހުގެ ބެޗްލަރ ޑިގްރީއެއް (އެމް.ކިޔު.އޭ ލެވެލް 7) ހާސިލުކޮށްފައިވުން. ނުވަތަ

ށ. އެމް.ކިޔު.އޭ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއި އެމް.ކިޔު.އޭ ގަބޫލުކުރާ ޑިޕްލޮމާ ފެންވަރުގެ އެޑިޔުކޭޝަން ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ

ނ. ޑިޕްލޮމާއިން ޓީޗިންގ ފުރިހަމަކޮށްފައިވުމާއި، 8 އަހަރުދުވަހުގެ ތަޖުރިބާ އެޑިޔުކޭޝަންގެ ދާއިރާއިން ހޯދާފައިވުމާއި އުމުރުން 25 އަހަރު ފުރިހަމަވެފައިވުން.

އިނގިރޭސިބަހުގެ ފެންވަރު:

ޑިޕްލޮމާ/ބެޗްލަރ ޑިގްރީ އިނގިރޭސި މީޑިއަމްއިން ކިޔަވާފައި ނުވާނަމަ ސީ.އޭ.އީ އިން ދަށްވެގެން “ސީ” ގްރޭޑް ހޯދާފައިވުން ނުވަތަ IELTS ގެ އެކަޑަމިކް މޮޑިޔުލްއިން 6.0 ލިބިފައިވުން.

 

ސެންޓަރ ފޮރ އޯޕަން ލަރނިންގ

ބެޗެލަރ އޮފް ޓީޗިންގ ޕްރައިމަރީ

މުއްދަތު:   3 އަހަރުދުވަސް (6 ސިމެސްޓަރ)

ތަޢާރުފު:

މި ކޯހަކީ ފަށާ ތަޢުލީމުގެ ހަރުފަތުގައި ކިޔަވައިދޭނެ ޑިޕްލޮމާ ފެންވަރުގެ މުދައްރިސުން ތަމްރީނުކުރުމުގެ މަޤްޞަދުގައި ހިންގޭ ކޯހެކެވެ. މި ކޯހުގެ މައިގަނޑު ބައިތަކުގެ ތެރޭގައި ބައިވެރިން މުދައްރިސްކަމަށް އަހުލުވެރިކުރުވުމާއި، ކިޔަވައިދިނުމުގެ ހުނަރުތައް ދަސްކޮށްދިނުމާއި، ކިޔަވައިދިނުމަށް ބޭނުންވާ މަޢުލޫމާތު މުއްސަނދިކުރުވުމާއި، ތަޢުލީމުގެ ރޮނގުން ކުރެވިފައިވާ ދިރާސާތަކަށް ބައިވެރިން އަހުލުވެރިކުރުވުން ހިމެނެއެވެ. މުދައްރިސް ކަމަކީ މުޖްތަމަޢުގައި ގަދަރުވެރި މަޤާމެކެވެ. އަދި މުސާރަވެސް އެހާމެ ރަނގަޅު ވަޒީފާ އެކެވެ. އަދި މި ކޯސް ފުރިހަމަ ކުރުމުން ރާއްޖެއިން ބޭރުގެ ޔުނިވާރސިޓީތަކުން މާސްޓަރސް ހެދުމުގެ ފުރުޞަތު ތަނަވަސްވެއެވެ.

ކޯހަށް ވަނުމަށް ބޭނުންވާ އެންމެ ދަށް މިންގަނޑު:

ހ. ޖީ.ސީ.އީ އޭ ލެވެލް/އެޗް.އެސް.ސީ އިމްތިޙާނުތަކުން 2 މާއްދާއިން ފާސްވެފައިވުން ނުވަތަ އެފެންވަރު ހުރުން. އަދި ޖީ.ސީ.އީ އޯ ލެވެލް/އެސް.އެސް.ސީ އިމްތިޙާނުތަކުން، ދިވެހި ހިމެނޭ ގޮތަށް 3 މާއްދާއިން ފާސްވެފައިވުން. ނުވަތަ

ށ. އެޑްވާންސްޑް ޑިޕްލޮމާ އިން ޓީޗިންގ ޕްރައިމަރީ/ބެޗްލަރ އޮފް އެޑިޔުކޭޝަން - ޕްރައިމަރީ ކޯހަށް އަމާޒު ކޮށްގެން ޔުނިވަރސިޓީން ހިންގާ ފައުންޑޭޝަން ސްޓަޑީޒް ލެވެލް 2 ން ފާސްވެފައިވުން. ނުވަތަ

ނ. ކިޔަވައިދިނުމުގެ ރޮނގުން އެމް.ކިޔު.އޭ ޤަބޫލުކުރާ ލެވެލް 4 ގެ ސަނަދެއް އޮތުން. ނުވަތަ

ރ. އުމުރުން 20 އަހަރުވުމާއި ޖީ.ސީ.އީ އޯލެވެލް/އެސް.އެސް.ސީ އެއް މާއްދާއިން ފާސްވެފައިވުން އަދި 5 އަހަރު ދުވަހު ކިޔަވާދިނުމުގެ ތަޖްރިބާ ލިބިފައިވުން.

 

އެޑްވާންސްޑް ސެޓްފިކެޓް އިން ހިއުމަން ރިސޯސް މެނޭޖްމަންޓް

މުއްދަތު: 1  އަހަރުދުވަސް (2 ސެމިސްޓަރ)

ތަޢާރުފު:

މި ކޯހަކީ އިންސާނީ ވަސީލަތްތައް ބެލެހެއްޓުމުގެ ހުނަރު ކޯހުގެ ބައިވެރިންނަށް އުނގަންނައިދިނުމަށްޓަކައި ފަރުމާކުރެވިފައިވާ ކޯހެކެވެ. މި ކޯސް އަމާޒު ކުރެވިފައިވަނީ އޮފީސްތަކުގައި އުޅޭ އިދާރީ މަސައްކަތް ކުރާ ފަރާތްތަކަށް އަމާޒު ކޮށްގެންނެވެ. މި ކޯހުގައި ވަޒީފާގައި އުޅޭ މުވައްޒަފުންނަށް ވަޒީފާގައި ދެމިހުރެވޭނެ ގޮތާއި ކުރިއަށް ދިއުމުގެ ގޮތްތަކުގެ މަޢުލޫމާތާއި ހުނަރު އުނގަންނައިދެވެއެވެ. އަދި މީގެ އިތުރުން ޒަމާނީ ވިޔަފާރީގެ މުޢާމަލާތުތައް ހިންގާނެ ގޮތް ދަސްކޮށްދެވެއެވެ.

ކޯހަށް ވަނުމަށް ބޭނުންވާ އެންމެ ދަށް މިންގަނޑު:

ޖީ.ސީ.އީ އޯލެވެލް/އެސް.އެސް.ސީ 3 މާއްދާއިން ފާސްވެފައިވުން.

 

ޑިޕްލޮމާ އިން ބިޒްނަސް

މުއްދަތު: 2  އަހަރު (4 ސިމެސްޓަރ)

ތަޢާރުފު:

މިއީ ވިޔަފާރިއާއި ވިޔަފާރި ހިންގުމާބެހޭ ޑިޕްލޮމާ ލެވެލްގެ ކޯހެކެވެ. ބައިނަލްއަޤްވާމީ ފެންވަރުގެ ވިޔަފާރިއާބެހޭ މަޢުލޫމާތު ބައިވެރިންނަށް އުނގަންނައިދެވޭ މި ކޯހުގެ ސަބަބުން ބައިވެރިންގެ މުޢާމަލާތުކުރުމުގެ ހުނަރާއި، ކަންކަމާ މެދު ވިސްނުމުގެ ހުނަރާއި، އެއްބައިވަންތަ ކަމާއެކު މަސައްކަތްކުރުމުގެ ހުނަރާއި، މައްސަލަ ޙައްލުކުރުމުގެ ހުނަރު ތަރައްޤީވެއެވެ. ކިލާހުގައި ކިޔަވައިދެވޭ ފިލާވަޅުތައް މަސައްކަތު މާޙައުލުގައި ބޭނުން ކުރުމުގެ ފުރުޞަތު ވެސް ކޯހުގައި ބައިވެރިންނަށް ލިއްބައިދެވެއެވެ. މި ކޯސް ނިންމާ ފަރާތްތަކަށް ވިޔަފާރީގެ ދާއިރާއިންނާއި ރިސޯޓު ދާއިރާއިންނާއި ހިންގުމުގެ ދާއިރާއިން ވަޒީފާގެ ފުރުޞަތުތައް ލިބެއެވެ. އަދި މިކޯސް ފުރިހަމަކުރާ ފަރާތްތަކަށް ޑިގްރީއަށް ކިޔެވުމުގެ ފުރުޞަތު ފަހިވެގެންދެއެވެ.

ކޯހަށް ވަނުމަށް ބޭނުންވާ އެންމެ ދަށް މިންގަނޑު:

ހ. ޖީ.ސީ.އީ އޯލެވަލް 2 މާއްދާ ހިމެނޭގޮތަށް ޖީ.ސީ.އީ އޯލެވެލް/އެސް.އެސް.އީ އިމްތިޙާނުން މަދުވެގެން 3 މާއްދާއިން ފާސްވެފައިވުން. ނުވަތަ

ށ. ޔުނިވަރސިޓީން ހިންގާ ފައުންޑޭޝަން ލެވެލް 1 ން ފާސްވެފައިވުން. ނުވަތަ

ނ. އެމް.ކިޔު.އޭ ގަބޫލުކުރާ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ

ރ. ގްރޭޑް 10 ނިންމާފައިވުމާއި 18 އަހަރު ފުރިފައިވުމާއި 1 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ

ބ. ގްރޭޑް 7 ނިންމާފައިވުމާއި 20 އަހަރު ފުރިފައިވުމާއި 3 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

29 ނޮވެންބަރު 2016
ހޯދާ