މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކަމްޕެނީ ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
ނ.ވެލިދޫގައި ގާއިމުކުރަން ހަމަޖެހިފައިވާ ނަރުދަމާގެ ނިޒާމު (ޒޯން 2) ގެ ހޮޅިވަޅުލުމުގެ މަސައްކަތާއި، ޕަމްޕިންގ ސްޓޭޟަން ހަދައިދޭނެ ފަރާތެއް ހޯދުން

ބީލަން ހުށަހެޅުއްވުމުގެ ދަޢުވަތު 

ނ.ވެލިދޫގައި ގާއިމުކުރަން ހަމަޖެހިފައިވާ ނަރުދަމާގެ ނިޒާމު (ޒޯން 2) ގެ ހޮޅިވަޅުލުމުގެ މަސައްކަތާއި، ޕަމްޕިންގ ސްޓޭޝަން ހަދައިދޭނެ ފަރާތެއް ހޯދުން

މި ކުންފުނީގެ ފަރާތުން ދޭ މަޢުލޫމާތާ އެއްގޮތްވާގޮތުގެ މަތިން ނ.ވެލިދޫގައި ގާއިމުކުރަން ހަމަޖެހިފައިވާ ނަރުދަމާގެ ނިޒާމު (ޒޯން 2) ގެ ހޮޅިވަޅުލުމުގެ މަސައްކަތް ކުރުމަށާއި، ޕަމްޕިންގ ސްޓޭޟަންތައް ހަދައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝައުޤުވެރިވެލައްވާ އެންމެހައި ފަރާތްތަކަށް ހުޅުވާލަމެވެ.

ބީލަމުގައި ބައިވެރިވެވޭނީ ބީލަމުގައި ބައިވެރިވުމަށް ފައިސާ ދައްކަވާ ފަރާތްތަކަށް އެކަންޏެވެ. ބީލަން ފޮތް ވިއްކުމަށް ހަމަޖެހިފައިވާ އަގަކީ -/500 ރުފިޔާއެވެ. ބީލަންފޮތްތަކަށް ފައިސާ ބަލައިގަތުން އޮންނާނީ 28 ނޮވެންބަރު 2016 އިން 01 ޑިސެންބަރު 2016 އަށް، ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން މެންދުރުފަހު 03:00 އަށް އެމް.ޑަބްލިޔު.އެސް.ސީ (ފެން ބިލްޑިންގ ދެވަނަ ފަންގިފިލާ) އިންނެވެ. ބީލަންފޮތް ދޫކުރުން އޮންނާނީ 2016 ޑިސެންބަރު 04 ވަނަ ދުވަހުގެ ރަސްމީގަޑީގައި ފެން ބިލްޑިންގގެ 5 ވަނަ ފަންގިފިލައިންނެވެ.

ޕްރީބިޑް މީޓިންގ ބޭއްވުމަށް ހަމަޖެހިފައި ވަނީ 2016 ޑިސެންބަރު 06 ވަނަ ދުވަހު 11:00 ގައެވެ. އަދި ބިޑް ހުށަހަޅަން ހަމަޖެހިފައިވާ ތާރީޚަކީ 2016 ޑިސެންބަރު 12 ވަނަ ދުވަހު 11:00 އެވެ. ބިޑް ހުށަހަޅާއިރު ބިޑް ސެކިއުރިޓީގެ ގޮތުގައި -/10000 ރުފިޔާގެ ބިޑް ސެކިއުރިޓީ ހުށަހަޅުއްވަންވާނެއެވެ. ބިޑް ސެކިއުރިޓީގެ ގޮތުގައި ބަލައިގަނެވޭނީ ބޭންކް ގެރެންޓީ ޗެކް ނުވަތަ ބޭންކް ގެރެންޓީ ލެޓަރއެވެ.  ބިޑް އެވޯޑްކުރެވޭ ފަރާތުން ޕާރފޯމަންސް ގެރެންޓީގެ ގޮތުގައި ބިޑްކުރި އަދަދުގެ % 10 ބިޑް އެވޯޑްކުރެވޭތާ 14 ދުވަހުގެ ތެރޭގައި ހުށަހަޅަންވާނެއެވެ.

 

28 ނޮވެންބަރު 2016
ހޯދާ