މަޑިފުށީ ސްކޫލް، ތ. މަޑިފުށި
ދިވެހިރާއްޖެ
ގެއެއް ކުއްޔަށް ހިފުން

އިޢުލާން

ގެއެއް ކުއްޔަށް ހިފުން:

2017 ވަނަ އަހަރު މި ސްކޫލުގެ އިސްވެރިޔާ ހުންނެވުމަށް މި ދަންނަވާ ޝަރުޠުތައް ފުރިހަމަވާގޮތަށް ގެއެއް ކުއްޔަށް ހިފުމަށް އިޢުލާންކުރަމެވެ.

  • 3 ނިދާކޮޓަރި (ފަރުނީޗަރާއި ފާޚާނާ ހުރި)
  • މަދުވެގެން 1 ކޮޓަރީގައި އެއަރކޯން ހަރުކުރެވިފައި ހުރުން.
  • ސިޓިންގރޫމް (ފަރުނީޗަރާއެކު)
  • ޑީބޯޑު އަޅައި ރަނގަޅަށް ކަރަންޓު ވައިރުކޮށް، ވަކި މީޓަރެއް ލާފައިވުން.
  • ބޯފެނާއި އާދައިގެ ފެން ލިބެން ހުރުން.
  • ބަދިގެ (ކައްކައި ކެއުމަށް ބޭނުންވާ ތަށިތެއްޔާއި، ހިފައިގެންގުޅޭ ސާމާނާއެކު)
  • ގޭތެރޭ ކަންތައްތައް ކޮށްދީ ބަލަހައްޓާނެ މީހަކު ހަމަޖެހިފައި ހުރުން.

ވީމާ، ގެ ކުއްޔަށް ދިނުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ދުވަސްތަކާއި ގަޑިތަކުގައި މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

ތަފުސީލު

ތަން

ތާރީޚު

މަޢުލޫމާތުދިނުމުގެ ބައްދަލުވުން

މަޑިފުށީ ސްކޫލުގެ އޮފީސް

2016 ޑިސެންބަރު 7 ވާ ބުދަދުވަހުގެ 13:00 ގައި

އަންދާސީހިސާބު ހުށަހެޅުން

މަޑިފުށީ ސްކޫލުގެ އޮފީސް

2016 ޑިސެންބަރު 14 ވާ ބުދަދުވަހުގެ 13:00 ގައި

ކުންފުނި ނުވަތަ އަމިއްލަ ފަރާތެއްގެ ބަދަލުގައި އެހެން ފަރާތަކުން ވަޑައިގަންނަވާނަމަ، އެ ކުންފުންޏެއް ނުވަތަ އެ ފަރާތެއްގެ ސިޓީއެއް ގެންނަވަންވާނެއެވެ. މަޢުލޫމާތުދިނުމުގެ ސެޝަނަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ.

01 ޑިސެންބަރު 2016
ހޯދާ