މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
3 ސާވަރ ހޯދުން

އިޢުލާން

މާލޭ ސިޓީ ކައުންސިލަށް ތިރީގައި މިދަންނަވާ ސްޕެސިފިކޭޝަންގެ 3 (ތިނެއް) ސާވަރ ހޯދުން:

މި އިދާރާއިން 3 ސާވަރ ހޯދުމަށް ކުރެވިފައިވާ ނަންބަރު: (IUL)425-A2/2016/21 (18 އޮގަސްޓު 2016) އިޢުލާނާ ގުޅިގެން އެކަށީގެންވާވަރަށް ކުރިމަތިލާފައިނުވާތީ، އެ އިޢުލާން ބާޠިލުކޮށް، އަލުން އިޢުލާން ކުރަމެވެ.

ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ދުވަހު އަގު ހުށަހެޅުއްވުން އެދެމެވެ. 

ތަފުސީލު

ތާރީޚު

ދުވަސް

ގަޑި

ތަން

އަންދާސީހިސާބު ހުށަހެޅުން

8 ޑިސެންބަރު 2016

ބުރާސްފަތި

11:00

މާލޭ ސިޓީކައުންސިލުގެ އިދާރާގެ (މާފަންނު އޮފީސް ހިންގި ޢިމާރާތް)

 

 

ތިރީގައި މި ދަންނަވާ ސްޕެސިޕިކޭޝަންގެ 3 ސާވަރގެ އަގު ހުށަހަޅުއްވާނީ އިންސްޓޯލް ކުރުމާއި ކޮންފިގަރ ކުރުމުގެ ޚަރަދާ އެކުގައެވެ. އަންދާސީހިސާބު ހުށަހަޅުއްވަންވާނީ ސިޓީއުރައެއްގައި ބަންދުކުރައްވާފައެވެ. ސިޓީއުރައިގެ ބޭރުގައި މި އިޢުލާނުގެ ނަންބަރު ލިޔެފައި އޮންނަންވާނެއެވެ. ކަނޑައެޅިފައިވާ ގަޑިއަށް އަންދާސީހިސާބު ހުށަނާޅުއްވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ވެސް ދަންނަވަމެވެ. އިތުރު މަޢުލޫމާތު ބޭނުންފުޅުނަމަ 9179622 ނަންބަރަށް ގުޅުއްވުން އެދެމެވެ. އަދި މިކަމާ ގުޅޭ މަޢުލޫމާތުޝީޓު މި އިޢުލާނުގައި ހިމެނިފައިވާނެއެވެ.

ސާވަރ ހޯދުމަށް ބޭނުންވާ މަޢުލޫމާތު

Rack Server

2U Server 01
**************************************

Processors

2 X Intel® Xeon® E5-2620 v3 2.4GHz,15M Cache or higher

Memory

Up or to 350GB or more (12 RDIMM slots), DDR4 DIMMs  2133MT/s up to 2133MT/s

Memory Capacity: 32GB RAM or More

RAID Controller: supports, 1GB NV Cache

Storage

2.5" Chassis with up to 8 Hot Plug Hard Drives

Hard Drives:4 X 600GB 10K RPM SATA 6Gbps 2.5in Hot-plug Hard Drive

2.5" Chassis with up to 8 Hot Plug Hard Drives

Riser with Two x16 PCIe Gen3 LP slots (x16 PCIe lanes)

4 X 1Gb Network Adapter             
Power Supply: Dual, Hot-plug, Redundant Power Supply
DVD+/-RW, SATA, Internal for 8 HD Chassis 

OS Applications

Operating System: Windows Server® 2012R2, X64 Standard

3Yr Basic Hardware Warranty Repair:
Installation And Configuration

1U Server 02

******************************************************

Processors

2 X Intel® Xeon® E5-2620 v3 2.4GHz,15M Cache or higher

Memory

Up or to 350GB or more (12 RDIMM slots), DDR4 DIMMs  2133MT/s up to 2133MT/s

Memory Capacity: 32GB RAM or More

RAID Controller: supports RAID 5

Storage

2.5" Chassis with up to 8 Hot Plug Hard Drives

Hard Drives: 8 X 1TB 7.2K RPM Near-Line SAS 12Gbps 2.5in Hot-plug Hard Drive

Chassis with up to 8, 2.5" Hard Drives

Risers with up to 3, x8 PCIe Slots + 1, x16 PCIe Slots
2 X 1 GB Network Adapter
Power Supply: Dual, Hot-plug, Redundant Power Supply
DVD RW Optical Drive

OS Applications

Operating System: Windows Server® 2012R2, X 64 Standards

MS Office Professional Latest

3Yr Basic Hardware Warranty Repair:
Installation And Configuration

2U Server 03
**************************************

Processors

2 X Intel® Xeon® E5-2603 v3 1.6GHz,15M Cache or higher

Memory

Up or to 350GB or more (12 RDIMM slots), DDR4 DIMMs  2133MT/s up to 2133MT/s

Memory Capacity: 32GB RAM or More

RAID Controller: supports, 1GB NV Cache

Storage

2.5" Chassis with up to 8 Hot Plug Hard Drives

Hard Drives:5 X 2TB 7.2K RPM SATA 6Gbps 3.5in Hot-plug Hard Drive

2 X 8GB RDIMM, 2133MT/s, Dual Rank, x4 Data Width

ReadyRails™ Sliding Rails With Cable Management Arm

2.5" Chassis with up to 8 Hot Plug Hard Drives

Riser with Two x16 PCIe Gen3 LP slots (x16 PCIe lanes)

4 X 1Gb Network Adapter             
Power Supply: Dual, Hot-plug, Redundant Power Supply
DVD+/-RW, SATA, Internal for 8 HD Chassis 

OS Applications

Operating System: Windows Server® 2012R2, X64 Standard

MS Office Professional Latest.

3Yr Basic Hardware Warranty Repair:
Installation And Configuration

Server Rack:

**************

Netshelter SX 42U

1 x Rack Fan Tray, 208-230V

Rack PDU, Basic, Zero U, 16A, 208/230V, (15) C13

KVM Switch and Console

*****************************

18.5in LED KMM DKMMLED185 KVM console Monitor

8-port KVM Switch

8 X DUSBIAC-10 for 10FT USB/VGA CAT5 Integrated KVM Cable

UPS BACKUP
****************
UPS/2200 VA
Including Surge Protection and Filtering
Battery Type: Maintenance-free sealed Lead-Acid battery

UPS for Servers

************

DELL 5KV UPS

އިންސްޓޯލްކޮށްދިނުމާއި ކޮންފިގަރ ކުރުން

3 ސާވަރގައި ވިންޑޯސް ސާވަރ 2012R2 64 ބިޓްސް ސްޓޭންޑަރޑް ލައިސަސްކޮށް ލައިސަން ފެންނަން ހުންނަންވާނެއެވެ.

މައިކްރޯސޮފްޓް އޮފީސް ޕްރޮފެޝަނަލް ގެ އެންމެ ފަހުގެ ވާޝަން އިންސްޓޯލްކޮށް ލައިސަން ފެންނަންވާނެއެވެ.

ސާވަރ 1 ކޮންފިގަރ ކުރެވެންވާނީ ފައިލް ސާވަރރޯލް މެނޭޖްކުރާ ގޮތަށެވެ.

ސާވަރ 2 ކޮންފިގަރ ކުރަންވާނީ މިދެންނެވި ރޯލްތައް ހިމަނައިގެންނެވެ.

  • އެކްޓިވް ޑައިރެކްޓަރީ ޑޮމެއިން ސާވަރ
  • ޑީ.އެން.އެސް
  • ގްރޫޕް ފޮލިސީ އެޑް ކުރެވެންވާނެއެވެ.

ސާވަރ 3 ކޮންފިގަރ ކުރެވެންވާނީ ބެކަޕް ސާވަރއެއްގެ ގޮތަށެވެ. އަދި ސާވަރ 1 އަދި 2 ގެ ބެކަޕްތައް ބަލަހައްޓަންވާނީ ސާވަރ 3 ބޭނުންކޮށްގެންނެވެ.

އޮފީހުން ކަނޑައަޅާ ތަނެއްގައި ސާވަރ ބަހައްޓައި އިންސްޓޯލްކޮށް ކޮންފިގަރކޮށް ނިންމަންވާނެއެވެ.

1- 3 ސާވަރއާއި، ސާވަރ އިންސްޓޯލް ކުރުމާއި، އަދި ކޮންފިގަރ ކުރުމުގެ އަގު ހުށަހަޅުއްވާނީ ވަކިވަކިންނެވެ.

2- ސާވަރގެ ސްޕެސިފިކޭޝަން މަޢުލޫމާތުޝީޓުގައި ހިމެނިފައިވާނެއެވެ.

3- އަންދާސީހިސާބާއެކު ހުށަހަޅުއްވަންޖެހޭ ތަކެތި: (މި ލިޔުންތައް ހުށަނާޅުއްވާ ފަރާތްތަކުގެ ބިޑް ބަލައެއް ނުގަނެވޭނެއެވެ.)

  •  ކުންފުންޏެއްނަމަ، ޖީ.އެސް.ޓީ ރަޖިސްޓްރޭޝަނުގެ ކޮޕީ
  • ކުންފުންޏެއްނަމަ، ކުންފުނީގެ ރަޖިސްޓްރޭޝަނުގެ ކޮޕީ / އަމިއްލަ ފަރާތެއްނަމަ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ކުންފުންޏެއްނަމަ، ޖީ.އެސް.ޓީ ދައްކާކަމުގެ ލިޔުން
  • ކުންފުންޏެއްނަމަ، ކުންފުނީގެ އަހަރީ ފީ ދައްކާ ކަމުގެ ލިޔުން
  • ކުންފުނީގެ ރަޖިސްޓްރޭޝަނުގެ ކޮޕީ

4- މަތީގައި (4 ވަނަ ޕޮއިންޓުގައި) ބަޔާންކޮށްފައިވާ ލިޔެކިޔުންތައް އަންދާސީހިސާބުގައި ހިމެނިފައިނުވާނަމަ އަންދާސީހިސާބު ބަލައެއްނުގަނެވޭނެއެވެ. އަދި ޕޮއިންޓް ދިނުމަށް ބޭނުންވާ އެއްވެސް މަޢުލޫމާތެއް ފުރިހަމަނުވާނަމަ އެބަޔަކަށް ޕޮއިންޓް ނުލިބޭނެއެވެ.

5- ކުންފުނީގެ ރަޖިސްޓަރީގެ ކޮޕީ ހުށަހަޅަންވާނީ އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖައްސަވާފައެވެ.

6- އަންދާސީހިސާބު ހުށަހަޅަންޖެހޭ ސުންގަޑީގެ ފަހުން، އަންދާސީހިސާބަށް ބަދަލު ގެނައުމުގެ ފުރުޞަތެއް ނުދެވޭނެއެވެ.

7- މަސައްކަތް ހަވާލުކުރެވޭނީ ތިރީގައިވާ އުސޫލުން ޕޮއިންޓު ދިނުމަށްފަހު އެންމެ ގިނަ ޕޮއިންޓު ލިބޭ ފަރާތަކަށެވެ.

1

މަސައްކަތުގެ އަގު: މި ބަޔަށް ކަނޑައެޅިފައިވަނީ %50 އެވެ.

ހުރިހާ އަގުތަކުން އެންމެ ކުޑަ އަގަކީ ބެންޗްމާކެއް ކަމުގައި ބަލައިގެން ކްރައިޓީރިއާއަށް އެލޮކޭޓް ކުރެވިފައިވާ % ހުރިހާ އަގުތަކެއްގެ މެދުގައި ބަހާލައިގެންނެވެ.

މިބަޔަށް ޕޮއިންޓް ދޭން ބޭނުންވާ މަޢުލޫމާތު ހުށަހަޅާފައިނުވާނަމަ، އަންދާސީހިސާބު ބާޠިލު ކުރެވޭނެއެވެ.

2

ޑެލިވަރީ: މިބަޔަށް ކަނޑައެޅިފައިވަނީ %5 އެވެ.

ބިޑް އެވޯޑް ކުރުމަށްފަހު ތަކެތި ޑެލިވަރކޮށްދިނުމަށް ކަނޑައަޅާ މުއްދަތަށް ދެވޭ މާކްސްއެވެ.

މިބަޔަށް ޕޮއިންޓް ދޭއިރު ބަލާނީ އެކަށީގެން އެންމެ ކުޑަ މުއްދަތެއްގައި މިކަން ކޮށްދެވޭނެ ފަރާތްތަކަށެވެ.

3

ހާރޑްވެއަރ ޕާޓްސް ވޮރަންޓީއަށް ދެވޭ މާކްސް: މިބަޔަށް ކަނޑައެޅިފައިވަނީ %25 އެވެ.

މިބަޔަށް ޕޮއިންޓް ދިނުމުގައި އެންމެ ދިގު މުއްދަތު ހުށަހަޅާ ފަރާތަކަށް އިސްކަން ދެވޭނެއެވެ.

4

ޕްރޮފައިލަށް ކަނޑައެޅިފައިވަނީ %20 އެވެ.

މިބަޔަށް ޕޮއިންޓް ދިނުމުގައި މަސައްކަތުގެ ތަޖުރިބާ، އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރޝިޕް އަދި ޓެކްނިކަލް ސަޕޯޓް ދެވޭ ސަރޓިފައިޑް މުވައްޒަފުން ތިބުން ފަދަ ކަންކަމަށް ބެލެވޭނެއެވެ.

އަގު ހުށަހަޅުއްވާނީ 2016 ޑިސެންބަރު 8 ވާ ބުރާސްފަތިދުވަހުގެ 11:00 އަށް މާލޭ ސިޓީ ކައުންސިލުގެ އިދާރާ (ކުރީގެ މާފަންނު އަވަށު އޮފީސް / ކަނބާއައިސާރަނި ހިނގުން) އަށެވެ. ބިޑް ސިޓީއުރަ ކެނޑުން އޮންނާނީ ބިޑް ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައި 2016 ޑިސެންބަރު 8 ވާ ބުރާސްފަތިދުވަހުގެ 11:00 ގައެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް: 9179622 / 3321684 (އައި.ސީ.ޓީ ސެކްޝަން/ ޢަބްދުﷲ ރަމީޒު)

27 ޞަފަރު 1438

27 ނޮވެންބަރު 2016
ހޯދާ