ކްރިމިނަލް ކޯޓު
ދިވެހިރާއްޖެ
ފޮޓޯކޮޕީ މެޝިންތައް ސާރވިސްކުރުން

އިޢުލާން

ކްރިމިނަލް ކޯޓުގައި ބޭނުންކުރާ ޒެރޮކްސް، ޓޮސީބާ، ކެނޯން ބްރޭންޑުގެ ފޮޓޯކޮޕީ މެޝިންތައް ސާރވިސް ކުރުމަށް ކުރެވުނު ނަންބަރު 2016/70 /SP-145 (15 ނޮވެންބަރު 2016) އިޢުލާނާ ގުޅިގެން އަންދާސީހިސާބު ހުށަހެޅުމަށް އެއްވެސް ފަރާތަކުން ހާޒިރުވެފައިނުވާތީ، އެ އިޢުލާން ބާޠިލުކޮށް 3 ވަނަ ފަހަރަށް އިޢުލާން ކުރަމެވެ.

ކްރިމިނަލް ކޯޓުގައި ބޭނުންކުރާ ޒެރޮކްސް، ޓޮސީބާ، ކެނޯން ބްރޭންޑުގެ ފޮޓޯކޮޕީ މެޝިންތައް މަރާމާތުކުރުމާއި، 2 އަހަރުދުވަހަށް ސާރވިސްކޮށް ދިނުމަށް އެދޭ ފަރާތްތަކުން 2016 ނޮވެންބަރު 28 ވަނަ ދުވަހުގެ 11:00 އަށް ކްރިމިނަލް ކޯޓަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

ހޯދަން ބޭނުންވާ ޚިދުމަތާގުޅޭ މަޢުލޫމާތު ކްރިމިނަލް ކޯޓުގެ ވެބްސައިޓް www.criminalcourt.gov.mv އިން ލިބެން ހުންނާނެއެވެ.

އިތުރު މަޢުލޫމާތު ހޯދުމަށް ނަންބަރު 7668281 ފޯނާ ގުޅުން އެދެމެވެ.

22 ނޮވެންބަރު 2016
ހޯދާ