ފެކަލްޓީ އޮފް ހެލްތު ސައެންސަސް
ދިވެހިރާއްޖެ
ރާއްޖޭގައި މަސައްކަތްކުރައްވާ ފާމަސިސްޓުންނަށާއި، މެޑިކަލް ލެބޯޓްރީ ޓެކްނޮލޮޖިސްޓުންނަށާއި، ކޮމިއުނިޓީ ހެލްތު/ ޕްރައިމަރީ ހެލްތު ކެއަރގެ ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކަށް ޚާއްޞަކޮށްގެން ފެންވަރު ބެލުމުގެގޮތުން ދެވޭ ކޮމްޕީޓަންސީ އިމްތިޙާން

އިޢުލާން

މޯލްޑިވްސް ބޯޑު އޮފް ހެލްތު ސައިންސަސްގައި ރަޖިސްޓަރީ ކުރުމުގެ ކުރިން ފެންވަރު ބެލުމުގެގޮތުން ދެވޭ އިމްތިޙާނާބެހޭ

މި ފެކަލްޓީގެ ނަންބަރު: 2016/06/MED/153-FHS ގެ އިޢުލާނާ ޙަވާލާދީ ދަންނަވަމެވެ.

އެ އިޢުލާނުގައިވާ ރާއްޖޭގައި މަސައްކަތްކުރައްވާ ފާމަސިސްޓުންނަށާއި، މެޑިކަލް ލެބޯޓްރީ ޓެކްނޮލޮޖިސްޓުންނަށާއި، ކޮމިއުނިޓީ ހެލްތު/ ޕްރައިމަރީ ހެލްތު ކެއަރގެ ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކަށް ޚާއްޞަކޮށްގެން ފެންވަރު ބެލުމުގެގޮތުން ދެވޭ ކޮމްޕީޓަންސީ އިމްތިޙާން ފެކަލްޓީގައި ބޭއްވޭނީ ތިރީގައި މިދަންނަވާ ތާވަލުގައިވާ ދުވަސްތަކުގައި ހެނދުނު 10:00 ގައެވެ.

#

މަސް

ދުވަސްތައް

1

ޑިސެންބަރު

5

2

ޖަނަވަރީ

9،23

3

ފެބުރުވަރީ

6،20

4

މާރިޗު

6،20

5

އެޕްރީލް

3،17

6

މޭ

2،15،29

7

ޖޫން

12،28

އިމްތިޙާނުގައި ބައިވެރިވެވަޑައިގަންނަވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ކަންތައްތަކަށް ސަމާލުކަން ދެއްވަންޖެހޭނެއެވެ.

  • އިމްތިޙާން އޮންނަ ދުވަހުގެ 2 ދުވަސް ކުރިން (ބަންދުދުވަސް ނުހިމަނައި) ފެކަލްޓީ އޮފް ހެލްތު ސައިންސަސްގައި ރަޖިސްޓަރީ ކުރުން.

  • އިމްތިޙާން އޮންނަ ދުވަހު އިމްތިޙާން ފެށުމުގެ 30 މިނިޓު ކުރިން އިމްތިޙާނަށް ހާޒިރުވުން.

  • އިމްތިޙާނަށް ހާޒިރުވާއިރު ޕާސްޕޯޓް (ބިދޭސީ ފަރާތެއްނަމަ)، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު (ދިވެއްސެއްނަމަ)، އިމްތިޙާނަށް ދައްކަންޖެހޭ ފީ ދެއްކިކަމުގެ ރަސީދާއި، މޯލްޑިވްސް ބޯޑް އޮފް ހެލްތު ސައިންސަސް އިން ދެއްވާފައިވާ ޕްރީ ރަޖިސްޓްރޭޝަން އެޕްރޫވަލް ސްލިޕް ނުވަތަ އެ ބޯޑުން ދެއްވާ އިންޓަވިއުއިން ފާސްވިކަމުގެ ލިއުން ގެނައުން.

އިތުރު މަޢުލޫމާތު މި ފެކަލްޓީގެ ފޯނު ނަންބަރު 3346500 އަށް ގުޅުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.

ނޯޓް: 2016 ޑިސެންބަރު 5 ވަނަ ދުވަހުގެ ފަހުން ދެން ކޮމްޕިޓަންސީ އެގްޒާމް އޮންނާނީ 2017 ޖަނަވަރީ 09 ވަނަ ދުވަހުކަން މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

  • މި އިޢުލާނާ ގުޅިގެން 2016 ނޮވެންބަރު 16 ވަނަ ދުވަހު ކުރެވިފައިވާ (ނަންބަރު: 2016/17/MED/153-FHS) އިޢުލާން ބާޠިލުކުރެވިފައިވާ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

20 ޞަފަރު 1438

20 ނޮވެންބަރު 2016
ހޯދާ