މާޅޮސްމަޑުލު އުތުރުބުރީ އަލިފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް:

އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމުގެ ރޭންކް:

ޖީ. އެސް. 4 (ޖެނެރަލް ސަރވިސް 4)

މަޤާމުގެ ކްލެސިފިކޭޝަން:

އޮފިސަރ ގްރޭޑް 2

އޮފީސް/އިދާރާ:

އަލިފުށީ ކައުންސިލްގެ އިދާރާ

ޔުނިޓް:

ކޯޕަރޭޓް އެފެއާޒް

ވަޒީފާ އަދާކުރަންޖެހޭ ތަން:

އަލިފުށީ ކައުންސިލްގެ އިދާރާ

މުސާރަ:

މަހަކު -/5،020 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/1،500 ރުފިޔާ

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ޝަރުޠުތައް:

1. ބިޒްނަސް އެޑްމިނިސްޓްރޭޝަން ނުވަތަ ޖެނެރަލް އެޑްމިނިސްޓްރޭޝަން ނުވަތަ ޖެނެރަލް މެނެޖްމެންޓް ނުވަތަ ހިއުމަން ރިސޯސް މެނެޖްމަންޓް ނުވަތަ އެކައުންޓިންގ ނުވަތަ ފައިނޭންސް ނުވަތަ އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛

2. މަތީސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައިވުމުގެ އިތުރުން، ހަޔަރ ސެކަންޑަރީ ސްކޫލު ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. ނުވަތަ؛

3. ސާނަވީ  އިމްތިޙާނަކުން  2  މާއްދާއިން  ދަށްވެގެން  'ޑީ'  ގްރޭޑް  ލިބިފައި، އޭގެ  އިތުރުން،  ސެކަންޑަރީ ސްކޫލު ސެޓުފިކެޓު އިމްތިޙާނުގައި  'ދިވެހި'  މި  މާއްދާއިން  ދަށްވެގެން  'ސީ'  ގްރޭޑް  ލިބިފައިވުމާއެކު،  މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި  2  އަހަރުދުވަހުގެ  މަސައްކަތު  ތަޖުރިބާ  ލިބިފައިވުން.

 

 

 

 

 

 

 

 

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

1. ރައްޔިތުންގެ މާލިއްޔަތާއި އެންމެހައި ވަސީލަތްތައް ރައްކާތެރިކޮށް ބެލެހެއްޓުމަށްޓަކައި ކުރަންޖެހޭ އެންމެހައި ކަންކަން ކުރުން.

2. އިދާރާއާއި އިދާރާގެ ދަށުގައިވާ ޢިމާރާތްތަކާއި ތަންތަނުގެ އިންވެންޓްރީ ފުރިހަމަކޮށް ބެލެހެއްޓުން.

3. ހަރުމުދަލުގެ ރަޖިސްޓްރީ ބެލެހެއްޓުން.

4. އިދާރާއިން ބަލަހައްޓަމުންގެންދާ ސްޓޮކްތައް ފުރިހަމަކޮށް ބެލެހެއްޓުން.

5. އިދާރާއަށް ހޯދަން ބޭނުންވާ ތަކެތި ހޯދުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.

6. ކައުންސިލުންދޭ ޚިދުމަތްތަކާއި، ކައުންސިލް މެދުވެރިވެގެންދޭ ޚިދުމަތްތަކަށް ފީ ކަނޑައެޅުމާއި، ފީނެގުމާބެހޭ އެންމެހައި އިދާރީ މަސައްކަތްތައް ކުރުން.

7. މުސާރަޝީޓް ތައްޔާރުކުރުމާއި، މަހުންމަހަށް ފައިސާ ހަވާލުކުރަންޖެހޭ ފަރާތްތަކާ ހަވާލުކުރާ ޝީޓްތައް ތައްޔާރުކުރުމާއި، މުސާރައާއި އެފަދަ އެހެން ފައިސާ ހަވާލުކުރުމާބެހޭ އެންމެހައި މަސައްކަތްތައް ކުރުން.

8. އިދާރާއަށް ބަލައިގަންނަންޖެހޭ ފައިސާ ބަލައިގަތުމާއި، ދުވަހުފޮތާއި ތިޖޫރިބާކީ ލިޔެ ފުރިހަމަކޮށް، ލިބޭ ފައިސާ ތިޖޫރީކުރުމަށް، ތިޖޫރި ހަވާލުވެ ހުންނަ މުވައްޒަފަކާ ހަވާލުކުރުން.

9. ކައުންސިލްގެ އާމްދަނީއާއި، ސަރުކާރުން ކައުންސިލް ހިންގުމަށް ދޭ ފައިސާއާއި، ސަރުކާރުން ހިންގާ މަޝްރޫޢުތަކަށް ޚަރަދުކުރުމަށް ލިބޭ ފައިސާއާއި، ކައުންސިލް މެދުވެރިކޮށް ސަރުކާރުގެ އިދާރާތަކަށް ފޮނުވުމަށް ލިބޭ ފައިސާގެ އެންމެހައި ރެކޯޑު ފުރިހަމަކޮށް ބެލެހެއްޓުން.

10. ކައުންސިލްގެ އާމްދަނީއާއި، ސަރުކާރުން ކައުންސިލް ހިންގުމަށް ދޭ ފައިސާއާއި، ސަރުކާރުން ހިންގާ މަޝްރޫޢުތަކަށް ޚަރަދުކުރުމަށް ލިބޭ ފައިސާއިން ކުރެވޭ ޚަރަދުތަކުގެ އެންމެހައި ރެކޯޑު ފުރިހަމަކޮށް  ބެލެހެއްޓުން.

11. ސަރުކާރުގެ އެހެން އިދާރާތަކަށް ފޮނުވުމަށް ލިބޭ ފައިސާ، ހަމަޖެހިފައިވާ އުސޫލުން ފޮނުވުމުގެ މަސައްކަތްތައް ކުރުން.

12. ބަޖެޓާ ގުޅޭގޮތުން މާލިއްޔަތާބެހޭ ޤާނޫނާ ގަވާއިދުތަކުގެ ދަށުން ހަދަންޖެހޭ ރިޕޯޓުތައް ހެދުން.

13. ކައުންސިލްގެ އާމްދަނީއާ ގުޅޭގޮތުން ހެދުމަށް ކައުންސިލުން ކަނޑައަޅާ ރިޕޯޓުތައް ހެދުން.

14. ކުރިއަށް އޮތް އަހަރަށް ލަފާކުރާ ބަޖެޓް ހެދުމާބެހޭ އެންމެހައި މަސައްކަތްތައް ކުރުން.

15. ފައިސާ ޚަރަދުކުރުމާއި، ބިލްތަކަށް ފައިސާ ހަވާލުކުރުމާބެހޭ އެންމެހައި ކަންތައްތައް ކުރުން.

16. ފައިސާގެ ވައުޗަރުތައް ޗެކްކުރުން.

17. ހަވާލުކުރެވިފައިވާ މަސައްކަތަކާ ގުޅިގެން ފުރިހަމަކުރަންޖެހޭ ރެކޯޑްތައް ފުރިހަމަކުރުމާއި، ހަދަންޖެހޭ ރިޕޯޓްތައް ހެދުމާއި، ފޮނުވަންޖެހޭ ތަންތަނަށް ރިޕޯޓްތައް ފޮނުވުމާއި، ލިޔުންތައް ފައިލްކޮށް ބެލެހެއްޓުން.

18. މީގެ އިތުރުންވެސް، ވަޒީފާގެ މަސްއޫލިއްޔަތާ ގުޅިގެން ކައުންސިލްގެ ރައީސް ނުވަތަ ކައުންސިލް ހިންގުމާ ހަވާލުވެ ހުރި ވެރިޔަކު އަދި ޒިންމާދާރު ވެރިޔާ ނުވަތަ ޒިންމާދާރު ވެރިޔާގެ މަސްއޫލިއްޔަތާ ހަވާލުވެ ހުންނަވެރިޔަކު އަންގާ ކަންކަން ކުރުން.

 

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

1. ލިބިފައިވާ ތަޢުލީމާއި ތަމްރީން.

2. ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ.

3. ލިބިފައިވާ މަސައްކަތުގެ ހުނަރު.

4. އިންޓަވިއު.

އިންޓަވިއުއާއި، އިމްތިޙާނާއި، ޕްރެޒެންޓޭޝަން އޮންނާނެ ތަނާއި، މުއްދަތު:

ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކަށް ބޭއްވޭ އިންޓަވިއު، އޮންނާނެ ތާރީޚާއި ގަޑި، ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން މަޤާމަށް ޝަރުޠު ހަމަވާ ފަރާތްތަކަށް ފަހުން އެންގޭނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

ވަޒީފާއަށް އެދޭ ފޯމާއި، އެ ފޯމާ ގުޅޭ އެހެނިހެން ލިޔުންތައް ފޮނުވާނީ، 2016 ޑިސެންބަރު 1 ވަނަ ދުވަހުގެ 14:00 ގެ ކުރިން، އަލިފުށީ ކައުންސިލްގެ އިދާރާއަށެވެ. މީގެ އިތުރުން، ވަޒީފާއަށް އެދޭ ފޯމާއި، އެ ފޯމާ ގުޅޭ އެހެނިހެން ލިޔުންތައް އީމެއިލް މެދުވެރިކޮށް ބަލައިގަނެވޭނެއެވެ. އީމެއިލް އެޑްރެހަކީ، [email protected] އެވެ.

 

އުޖޫރައާއި ޢިނާޔަތްތައް:

1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.

2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

 

 

 

 

 

ހުށަހަޅަންޖެހޭ ލިޔުންތައް:

- ސިވި ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު، މި ކައުންސިލްގެ އިދާރާއިން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސްގެ ކޮމިޝަނުގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.)

- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް (މުއްދަތު ހަމަނުވާ ކާޑުގެ ސާފު ކޮޕީއެއް)

- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖެއިންބޭރުގެ ކޮލެޖް ނުވަތަ ޔުނިވަރސިޓީއަކުން ތައުލީމް ހާސިލުކޮށްފައިވާނަމަ، އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުގެ އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖަހާފައިވާ ކޮޕީ)

- ސްކޫލް ލީވިންގ ސެޓުފިކެޓުގެ ކޮޕީ

- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ)

- މި  ކައުންސިލް  އިދާރާ  ފިޔަވައި  އެހެން  ތަނެއްގައި  ވަޒީފާ  އަދާކުރާ  މުވައްޒަފަކު  މި  މަޤާމަށް  އެދި ކުރިމަތިލާނަމަ، ތިރީގައިވާ 2 ލިޔުން ހުށަހެޅުން. 

- ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވިއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

- ސިވިލް ސަރވިސްގައި ވަޒީފާ އަދާކުރަމުންދާ މުވައްޒަފުން، އެ މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުމުގެ ނަތީޖާއާއި، ހާޒިރީއާއި މަސައްކަތުގެ އަޚްލާޤު ހުރިގޮތް ބަޔާންކޮށް ވަޒީފާ އަދާކުރާ އޮފީހުން ދޫކުރާ "މުވައްޒަފުގެ މަސައްކަތުގެ ފެންވަރު ބެލުމުގެ ނަތީޖާއާއި ހާޒިރީއާއި މަސައްކަތުގެ އުޅުމާއި އަޚްލާޤު ހުރިގޮތް ބަޔާންކުރާ ފޯމު"

- ވަނަވަރާއި، ވަޒީފާއަށް އެދޭ ފޯމު ފިޔަވައި ހުށަހަޅާ އެހެން ލިޔުންތަކުގައި، "އަސްލާ އެއްގޮތް" ކަން ބަޔާންކޮށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑުޖަހާފައިވާ އަސްލު ހުށަހަޅަންވާނެއެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން މަޢޫލޫމާތު ސާފުކުރުމަށް ގުޅާނީ، 6580021 ނަންބަރު ފޯނަށެވެ. އީ-މެއިލް ކުރާނީ، [email protected] އަށެވެ.

                                          17 ޞަފަރު 1438

17 ނޮވެންބަރު 2016
ހޯދާ