ރަސްމާދޫ ސްކޫލް
ދިވެހިރާއްޖެ
ގެއެއް ކުއްޔަށް ހިފަން

އިޢުލާން

ޕްރިންސިޕަލް ހުންނަވާނެ ގެއެއް ކުއްޔަށް ހިފަން ބޭނުންވެއްޖެ

2017 ވަނަ އަހަރު މި ސްކޫލުގެ ޕްރިންސިޕަލް ހުންނަވާނެ ގެއެއް ކުއްޔަށް ހިފަން ބޭނުންވެއްޖެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރުމާއި، އަންދާސީހިސާބު ހުށަހެޅުން ތިރީގައިވާ ތާވަލާ އެއްގޮތަށް އޮންނާނެއެވެ. މަޢުލޫމާތު ސާފުކުރާ ފަރާތުގެ ބަދަލުގައި އަންދާސީހިސާބު ހުށަހަޅުއްވަން ވަޑައިގަންނަވާ ފަރާތްތަކުން އެކަން އެނގޭނެފަދަ ސިޓީއެއް ހިއްޕަވައިގެން ވަޑައިގެންނެވުން އެދެމެވެ. މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. އަދި މި މަސައްކަތް ކުރުމަށް ކުރިމަތިލެވޭނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 18/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު 19/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

މަޢުލޫމާތު ސާފުކުރުން

އަންދާސީހިސާބު ހުށަހެޅުން

2016 ނޮވެންބަރު 28 ވާ ހޯމަދުވަހުގެ 10:00 ގައި

2016 ޑިސެންބަރު 8 ވާ ބުރާސްފަތިދުވަހުގެ 10:00 ގެ ކުރިން

ރަސްމާދޫ ސްކޫލުގެ ސްޓާފްރޫމްގައި

ރަސްމާދޫ ސްކޫލުގެ ސްޓާފްރޫމްގައި

15 ޞަފަރު 1438
15 ނޮވެންބަރު 2016
ހޯދާ