އިލެކްޝަންސް ކޮމިޝަނުގެ އިދާރާ
ދިވެހިރާއްޖެ
އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް:

އޮފިސަރ

ވަޒީފާގެ ބާވަތް:

ދާއިމީ

މަޤާމުގެ ރޭންކް:

ޖީ. އެސް. 3

ބޭނުންވާ އަދަދު:

1 (އެކެއް)

ސެކްޝަން:

ހިއުމަން ރިސޯސް އެންޑް ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ސެކްޝަން

ބޭސިކް މުސާރަ:

މަހަކު -/4،465 ރުފިޔާ (ހަތަރުހާސް ހަތަރުސަތޭކަ ފަސްދޮޅަސް ފަސްރުފިޔާ)

ސަރވިސް އެލަވަންސް:

މަހަކު -/1،500 ރުފިޔާ (އެއްހާސް ފަސްސަތޭކަ ރުފިޔާ)

ލިވިންގ އެލަވަންސް:

މަހަކު -/3،000 ރުފިޔާ (ތިންހާސް ރުފިޔާ)

ޚާއްޞަ އެލަވަންސް:

މުސާރައިގެ %45 

މަސައްކަތުގެ ވަގުތު:

ކޮމިޝަނުގެ އިދާރާގެ ރަސްމީގަޑިއާއި ނުރަސްމީ ގަޑީގައިވެސް މަސައްކަތް ކުރަންޖެހިއްޖެނަމަ، ނުރަސްމީ ގަޑީގައިވެސް މަސައްކަތް ކުރާގޮތަށް.

ފެންވަރު ނުވަތަ ޝަރުޠު:

1- ޖީ.ސީ.އީ އޭ ލެވެލް ނުވަތަ އެފެންވަރުގެ އިމްތިޙާނަކުން 1 މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުމާއެކު، ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން. ނުވަތަ؛

2- ޖީ.ސީ.އީ އޯ ލެވެލް ނުވަތަ އެފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުމާއެކު، ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން.

3- ވަޒީފާއެއްގައި އުޅެ 1 (އެކެއް) އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

4- މައިކްރޯސޮފްޓް އޮފީސް ޕްރޮގްރާމްތައް ބޭނުންކުރަން އެނގުން.

5- ދިވެހިބަހާއި އިނގިރޭސިބަހުން ފަރިތަކަމާއެކު މުޢާމަލާތުކުރަން އެނގުން.

6- އުމުރުން 35 އަހަރުން ދަށުގެ މީހެއްކަމުގައިވުން.

7- ސިޔާސީ ޕާޓީއެއްގެ ރަޖިސްޓަރީގައި އެމީހެއްގެ ނަން ހިމެނިފައިވާނަމަ، ވަޒީފާއަށް ހޮވުމުން ޕާޓީން ވަކިވުން.

8- ސިޔާސީ/ސިޔާސީ ޕާޓީއެއްގެ ހަރަކާތްތަކުގައި އިސްކޮށް ބައިވެރިވެއުޅޭ މީހަކުކަމުގައި ނުވުން.

މަޤާމުގެ މަސްއޫލިއްޔަތު:

1. ކޮމިޝަނުގެ އިދާރާއަށް މުވައްޒަފުން ހޯދުމާއި، މުވައްޒަފުންގެ ރެކްރޫޓްމަންޓާ ގުޅިގެން ކުރަންޖެހޭ އެންމެހައި ކަންކަން، ވެރިން އަންގަވާ ގޮތެއްގެ މަތިން ކުރުން.

2. ކުރިޔަށް އޮންނަ އަހަރަށް ކޮމިޝަނުގެ މުވައްޒަފުންނަށް ބޭނުންވާ ޓްރޭނިންގ ރިކުއަޔަރމަންޓް ތައްޔާރުކުރުމުގެ އިދާރީ މަސައްކަތްތައް ކުރުމާއި، ލިޔެކިޔުން ބެލެހެއްޓުން.

3. މުވައްޒަފުންގެ ޕަރފޯމަންސް އެޕްރައިޒަލްއާ ގުޅިގެން ކުރަންޖެހޭ ކަންތައްތައް ކުރުން.

4. މުވައްޒަފުންގެ ޕަރފޯމަންސް އެޕްރައިޒަލް ފޯމު ދިރާސާކޮށް، ވަކިވަކި މުވައްޒަފުންނަށް ތަމްރީނުދޭންޖެހޭ ދާއިރާތަކުގެ މަޢުލޫމާތު ތައްޔާރުކުރުން.

5. އަލަށް ކޮމިޝަނާ ގުޅޭ މުވައްޒަފުންނަށް ސެކްޝަން ހެޑްގެ އިރުޝާދާއެކީ އިންޑަކްޝަން ޕްރޮގްރާމް ހިންގުން.

6. ހިޔުމަން ރިސޯސް ޕެނަލްގެ ބައްދަލުވުންތައް އިންތިޒާމްކޮށް، އިދާރީ މަސައްކަތް ބެލެހެއްޓުން.

7. ވަރކްޝޮޕް، ސެމިނަރ، ބައްދަލުވުން، ކޯސްތަކުގައި މީހުން ފޮނުވުމާއި ބައިވެރިކުރުމާބެހޭ އިދާރީ މަސައްކަތްކުރުމާއި، ލިޔެކިޔުން ބެލެހެއްޓުން.

8. ފިނޭންސް މިނިސްޓްރީގެ "ސެޕް" ޕްރޮގްރާމް މެދުވެރިކޮށް، ކޮމިޝަނުގެ މުވައްޒަފުންނާބެހޭ މަޢުލޫމާތު އަޕްޑޭޓްކޮށް، މުސާރަ ޝީޓް ހެދުން.

9. އިންތިޚާބަކަށް ނުވަތަ ބައި- އިލެކްޝަނަކަށް އިޢުލާނުކޮށްފިނަމަ، ސެކްޝަން/ޑިވިޜަން ހެޑް އަންގަވާ ގޮތެއްގެ މަތިން ފޯކަލް ޕޮއިންޓުން ޢައްޔަންކުރުމުގެ އިދާރީ މަސައްކަތްކުރުން.

10. އިންތިޚާބަކަށް ނުވަތަ ބައި- އިލެކްޝަނަކަށް އިޢުލާނުކޮށްފިނަމަ، ސެކްޝަން/ޑިވިޜަން ހެޑް އަންގަވާ ގޮތެއްގެ މަތިން ވޯޓުލާ މަރުކަޒުގައި ހަރަކާތްތެރިވާނޭ އޮފިޝަލުން ހޯދުމަށް ކުރަންޖެހޭ އިދާރީ މަސައްކަތްކުރުން.

11. އިންތިޚާބަށް ގެންނަ އޮފިޝަލުންގެ އުޖޫރަ ހަމަޖެއްސުމަށްޓަކައި  ބަޖެޓް ސެކްޝަނަށް ހާޒިރީ ރިޕޯޓް ފޮނުވުން.

12. ސެކްޝަނުގެ މަސައްކަތްތަކާ ގުޅޭގޮތުން ވެރިން އަންގަވާ ކަންކަން ކުރުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

- ވަޒީފާއަށް އެދި ހުށަހަޅާ މަޢުލޫމާތު ފޯމު

- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތަކުގެ ކޮޕީ.

- ދާއިރާގެ މަސައްކަތާ ގުޅޭގޮތުން ހަދާފައިވާ ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

- އެއްވެސް ތަނެއްގައި މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވާނަމަ، ތަޖުރިބާގެ މުއްދަތު އެނގޭގޮތަށް އެތަނަކުން ދޫކޮށްފައިވާ ލިޔުން (މަސައްކަތު ތަޖުރިބާކަމުގައި ބަލާނީ، ހުށަހަޅާފައިވާ ތަޢުލީމީ ސެޓުފިކެޓު ހާސިލުކުރުމަށްފަހު ލިބޭ ތަޖުރިބާއަށެވެ.)

- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ)

ނޯޓު:

- މަތީގައިވާ ޝަރުޠުތަކުގައި ބަޔާންކުރެވިފައިވާ ސެޓުފިކެޓުތަކަށްވުރެ މަތީ ސެޓުފިކެޓެއް ހުށަހަޅާފައިވީނަމަވެސް، ޝަރުޠުތަކުގައި ބަޔާންކޮށްފައިވާ ސެޓުފިކެޓު ހުށަނާޅާނަމަ، ޝަރުޠު ފުރިހަމަވާ ކަމަކަށް ނުބެލޭނެއެވެ.

- ރިސެޕްޝަނުގައި މަސައްކަތްކުރާ މީހަކަށްވާތީ، މީހުންނާ މުޢާމަލާތުކުރުމުގައި، ހިތްހެޔޮކަމާއި އޯގާތެރިކަމާއެކު މަސައްކަތްކުރެވޭނެކަން އިންޓަވިޔުގައި ދައްކައިދޭ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

ސުންގަޑި:         

މި މަސައްކަތްތަކަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 ނޮވެންބަރު 20 އާދީއްތަ ދުވަހުގެ 15:00 ގެ ކުރިން، އިލެކްޝަންސް ކޮމިޝަނުގެ އިދާރާއަށް ހުށަހަޅަންވާނެއެވެ.

އިންޓަވިއު:

- މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓުވާ ފަރާތްތަކާ އިންޓަވިޔު ކުރެވޭނެއެވެ. 

- ޝޯޓްލިސްޓުވާ ފަރާތްތަކުން، އިންޓަވިޔުއަށް ހާޒިރުވާއިރު، ހުށަހަޅާފައިވާ ސެޓުފިކެޓުތަކުގެ އަސްލު ގެންނަންވާނެއެވެ.

އިތުރު މަޢުލޫމާތު:

ވަޒީފާއަށް އެދި ހުށަހަޅާ ފޯމު، މި ކޮމިޝަނުގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ. އަދި މި ކޮމިޝަނުގެ ވެބްސައިޓް، www.elections.gov.mv އިންވެސް މި ފޯމު ޑައުންލޯޑް ކުރެވޭނެއެވެ.

އޮފިސަރ (ޖީ. އެސް. 3) އަށް މާކްސްދިނުމުގައި ބަލާނެ މިންގަނޑު:

ތަފްޞީލް

މާކްސް

ތަޢުލީމް

40 މާކްސް

މަސައްކަތުގެ ތަޖުރިބާ

10 މާކްސް

އިންޓަވިޔު

35 މާކްސް

ޚާއްޞަ ހުނަރު (ޢަމަލީ ޓެސްޓު)

15 މާކްސް

 

100 މާކްސް

ޝޯޓްލިސްޓު ކުރެވޭ ގޮތް:

- ޝޯޓްލިސްޓު ކުރާނީ، ތަޢުލީމާއި، މަސައްކަތުގެ ތަޖުރިބާއާއި، ތަމްރީނާއި ހުނަރުގެ މާކުހަށް ބެލުމަށްފަހު، ލިބޭ މާކުހުގެ މަތީ ތަރުތީބަށް ބަލައިގެންނެވެ.

- ތަޢުލީމީ ސެޓުފިކެޓަށް މާކްސް ދޭނީ، މަސައްކަތުގެ ދާއިރާއާ ގުޅޭ ސެޓުފިކެޓުތަކަށެވެ.

- މަޤާމަށް ބޭނުންވާ ޝަރުޠުތަކުގައި ބަޔާންކުރެވިފައިވާ ސެޓުފިކެޓުތަކަށްވުރެ މަތީ ސެޓުފިކެޓު ހުށަހަޅާފައިވީނަމަވެސް، ޝަރުޠުތަކުގައި ބަޔާންކޮށްފައިވާ ސެޓުފިކެޓު ހުށަނާޅާނަމަ، ޝަރުޠު ފުރިހަމަވާކަމަކަށް ނުބެލޭނެއެވެ. އަދި ޝަރުޠު ފުރިހަމަވާ ފަރާތްތަކުން ކަމާ ގުޅޭ ދާއިރާއިން ހޯދާފައިވާ މަތީ ސެޓުފިކެޓުތަކަށް، މާކްސްދެވޭނީ ތަޢުލީމަށް މާކްސް ދިނުމަށް ކަނޑައަޅާފައިވާ ގޮތެއްގެމަތީންނެވެ.

13 ޞަފަރު 1438 

13 ނޮވެންބަރު 2016
ހޯދާ