ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޕްލޭނިންގ އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މި އިދާރާގެ، ތިރީގައިމިވާ މަޤާމަށް މީހަކު ހޯދަން ބޭނުންވެއްޖެއެވެ.

މަޤާމް:

ޕްލޭނިންގ އޮފިސަރ

މަޤާމުގެ ރޭންކް:

އެމް. އެސް. 2

މަޤާމުގެ ކްލެސިފިކޭޝަން:

ޓެކްނިކަލް އޮފިސަރ ގްރޭޑް 2

މުސާރަ:

މަހަކު -/6،295 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/2،000 ރުފިޔާ

ޢިނާޔަތްތައް:

1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސް ފަރުވާގެ ޚިދުމަތް.

2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގ ދަށުން ލިބިދެވޭ ޕެންޝަން ފައިސާ.

3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާއާއި، ރަމަޟާންމަހުގެ ޢިނާޔަތުގެ ފައިސާއާއި، ދަތުރު އެލަވަންސް

ބޭނުންވާ އަދަދު:

1 (އެކެއް)

މަސައްކަތް ކުރަންޖެހޭ ތަނާއި ޔުނިޓް:

ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ / (ޕޮލިސީ، ޕްލޭނިންގ، ރިސަރޗް އެންޑް މޮނިޓަރިންގ)

ތަޢުލީމާއި ތަޖުރިބާ:

1. ޕްލޭނިންގ، ލޭބަރ އިކޮނޮމިކް، ގްރޯތު އެންޑް ޑިވެލޮޕްމަންޓް، ޕަބްލިކް އިކޮނޮމީސް، އިކޮނޮމިކް ޕޮލިސީ ނުވަތަ މި ދާއިރާތަކާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2. ޕްލޭނިންގ، ލޭބަރ އިކޮނޮމިކް، ގްރޯތު އެންޑް ޑިވެލޮޕްމަންޓް، ޕަބްލިކް އިކޮނޮމީސް، އިކޮނޮމިކް ޕޮލިސީ ނުވަތަ މި ދާއިރާތަކާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތު ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

3. ޕްލޭނިންގ، ލޭބަރ އިކޮނޮމިކް، ގްރޯތު އެންޑް ޑިވެލޮޕްމަންޓް، ޕަބްލިކް އިކޮނޮމީސް، އިކޮނޮމިކް ޕޮލިސީ ނުވަތަ މި ދާއިރާތަކާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛

4. ޕްލޭނިންގ، ލޭބަރ އިކޮނޮމިކް، ގްރޯތު އެންޑް ޑިވެލޮޕްމަންޓް، ޕަބްލިކް އިކޮނޮމީސް، އިކޮނޮމިކް ޕޮލިސީ ނުވަތަ މި ދާއިރާތަކާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 5 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

1. އަތޮޅާއި ރަށްރަށުގެ ތަރައްޤީއާބެހޭ ޕްރޮޖެކްޓްތައް މޮނިޓަރކޮށް އިވެލުއޭޓްކޮށް ބެލެހެއްޓުމުގެ މަސައްކަތް ކުރުން.

2. އަތޮޅުގެ ފަޅުރަށްރަށް އިޤްތިޞާދީ މަސައްކަތްތަކަށް ދޫކުރުމާ ބެހޭގޮތުން ކުރަންޖެހޭ ކަންތައްތައް ކުރުން.

3. ބިނާވެށި ޕްލޭން ތައްޔާރުކޮށް، އަންނަ ބަދަލުތައް ބެލެހެއްޓުން.

4. ރައްޔިތުންގެ ބައިވެރިވުމާއެކު ރަށްރަށުގެ ތަރައްޤީގެ ޕްލޭންތަކަށާއި މުޅި އަތޮޅުގެ ތަރައްޤީގެ މަޝްރޫޢުތައް ރޭވުމުގައި ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ، ކަމާބެހޭ ފަރާތްތަކަށް ދިނުމުގައި ކުރަންޖެހޭ މަސައްކަތްތައް ކުރުން.

5. އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގެދަށުން އަތޮޅު ކައުންސިލަށް ލިބިދީފައިވާ ބާރާއި، މަސްއޫލިއްޔަތު އަދާކުރުމަށްޓަކައި އެ ކައުންސިލެއްގެ އިޚްތިޞާޞްގައި ހިމެނޭ ކަންތައްތައް ތަންފީޒުކުރުމަށް ބޭނުންވާ ޕްލޭންތައް  ހެދުމާއި، ބަޖެޓް ތައްޔާރުކުރުމާއި، އިދާރީ ދާއިރާގެ ފެންވަރުގައި އެކަށައަޅަންޖެހޭ ސިޔާސަތުތައް އެކަށައެޅުމާއި، އެ ސިޔާސަތުތައް ތަންފީޒުކުރުމަށް ކުރަންޖެހޭ ކަންކަން ކުރުމާއި، އެއާ ގުޅޭ ގަވާއިދު ހެދުމާބެހޭ މަސައްކަތްކޮށް ބެލެހެއްޓުން.

6. އަތޮޅު ކައުންސިލުންދޭ ޚިދުމަތްތަކާއި، ކައުންސިލް މެދުވެރިވެގެންދޭ ޚިދުމަތްތަކަށް އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގެދަށުން ހެދޭ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ކައުންސިލުން ފީ ކަނޑައެޅުމާބެހޭ ކަންތައްތައް ބެލެހެއްޓުން.

7. ފ. އަތޮޅުގައި ހިމެނޭ ރަށްރަށުގެ ތެރެއިން އެއްރަށަށްވުރެ ގިނަ ރަށްރަށަށް ދޭންޖެހޭ ޚިދުމަތްތަކާއި، އެކިއެކި ޤާނޫނުތަކުގެ ދަށުން އަތޮޅު ކައުންސިލާ ހަވާލުކޮށްފައިވާ މަސައްކަތްތައް ހިނގާނުހިނގާގޮތް ބެލެހެއްޓުން.

8. ރަށު ކައުންސިލްތަކަށް ބޭނުންވާ ފަންނީ އަދި މާލީ އެހީ ފޯރުކޮށްދިނުމުގައި އެހީތެރިވުމަށް ކުރަންޖެހޭ އެންމެހައި ކަންތައްތައް ބެލެހެއްޓުން.

9. ސެކްޝަނުން ކުރާ މަސައްކަތްތަކާ ގުޅޭގޮތުން ރަށު ކައުންސިލްތަކަށް ބޭނުންވާ ލަފާ ދިނުމުގެގޮތުން ކުރަންޖެހޭ ކަންކަން ބެލެހެއްޓުން.

10. ފ. އަތޮޅުގެ ތަރައްޤީގެ ޕްލޭނުގައި ހިމެނޭ ކަންތައްތަކުގެ ތެރެއިން ވަކި ރަށު ކައުންސިލަކާ ހަވާލުނުކޮށް ހުންނަ މަޝްރޫޢުތައް ހިންގުމާ ގުޅޭގޮތުން ކުރަންޖެހޭ ކަންތައްތައް ކުރުން.

11. ކޮންމެ އަހަރެއްގެ އޮގަސްޓުމަހުގެ ނިޔަލަށް ތަރައްޤީގެ ޕްލޭނަށް ބިނާކޮށް، ކުރިއަށް އޮތް އަހަރުގެ މަސައްކަތު ތާވަލާއި ބަޖެޓު ތައްޔާރުކުރުމުގައި، ބަޖެޓް ސެކްޝަނަށް ލަފަޔާއި މަޝްވަރާދިނުމުގެގޮތުން ކުރަންޖެހޭ ކަންކަން ކުރުން. 

12. ޢަމަލުކުރަމުންދާ ތަރައްޤީގެ ޕްލޭނުގެ މުއްދަތު ހަމަވުމުގެ 4 (ހަތަރެއް) މަސްދުވަސް ކުރިން، ޤައުމީ ތަރައްޤީގެ ޕްލޭނަށް އަމާޒުކޮށްގެން ކުރިއަށްއޮތް 5 (ފަހެއް) އަހަރުދުވަހަށް ތައްޔާރުކުރާ ތަރައްޤީގެ ޕްލޭން ތައްޔާރުކޮށް، ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށް ފޮނުވުމުގެގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުން. 

13. ސަރުކާރުގެ މިނިސްޓްރީތަކާއި އެކިއެކި އޮފީސްތަކުން ރައްޔިތުންނަށް ދޭންޖެހޭ ޚިދުމަތްތަކުގެ ތެރެއިން، އެ މިނިސްޓްރީތަކާއި އޮފީސްތަކުން އަތޮޅު ކައުންސިލް މެދުވެރިކޮށް ފ. އަތޮޅުގައި ދޭން ކަނޑައަޅާ، މި ޔުނިޓުގެ މަސައްކަތާ ގުޅޭ ޚިދުމަތްތައް ދިނުމާ ގުޅޭގޮތުން ކުރަންޖެހޭ އެންމެހައި ކަންތައް ކުރުން.

14. ޕީ،އެސް،އައި،ޕީ ގެ ދަށުން އަތޮޅުގެ އިދާރީ ދާއިރާގެ ތަރައްޤީއަށް ހުށަހަޅަންޖެހޭ ޕްރޮޖެކްޓްތައް ތައްޔާރުކޮށް، ކަމާބެހޭ ފަރާތްތައް ހުށަހެޅުން.   

15. ކައުންސިލަށް ދިމާވާ ކުއްލި އިމަޖެންސީތަކާއި، ކައުންސިލް އިދާރާއިން ކުރިއަށްގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި، ކައުންސިލް އިދާރާގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ހަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

1. ތަޢުލީމާއި ތަމްރީނު.

2. މަސައްކަތުގެ ތަޖުރިބާ.

3. މަސައްކަތުގެ ހުނަރާއި، ފެންވަރާއި، ޤާބިލްކަމުގެ ސިފަތައް.

4. ގިނަވަގުތު މަސައްކަތުގައި އުޅެވޭ ފަރާތަކަށްވުން.

5. އިންޓަވިއުއިން (ޕްރެކްޓިކަލްސްއާއެކު) އެންމެމަތީ މާކްސް ހޯދާ ފަރާތް.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

2016  ނޮވެންބަރު  23  ވަނަ  ދުވަހުގެ  13.00  ގެ  ކުރިން،  'ސިވިލް  ސަރވިސްގެ  ވަޒީފާއަށް  އެދޭ  ފޯމު' ފުރިހަމަކުރުމަށްފަހު، މި އިދާރާއަށް ހުށަހެޅުން.

އިންޓަވިއުއާއި، ޢަމަލީ މަސައްކަތް އޮންނާނެ ތަނާއި މުއްދަތު:

މި  މަޤާމަށް  މީހަކު  ހޮވުމަށް  ބޭއްވޭ  އިންޓަވިއު  އޮންނާނީ، 24 ނޮވެންބަރު 2016 އާއި، 27 ނޮވެންބަރު 2016 އާ ދެމެދު، ފ. އަތޮޅު ކައުންސިލްގެ އިދާރާގައެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

1. ފުރިހަމަކޮށްފައިވާ، ވަޒީފާއަށް އެދޭ ފޯމާއި، ސިވިލް ސަރވިސްގެ ވަޒީފާއަށް އެދި ހުށަހަޅާ ލިޔުންތައް ލިބުނުކަން ކަށަވަރުކުރާ ފޯމު (މި ދެ ފޯމު، ފ. އަތޮޅު ކައުންސިލްގެ އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި އިދާރާގެ www.faaf.gov.mv ގެ ވެބްސައިޓުން މި ފޯމުތައް ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.)  

2. ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާފައިވާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

3. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ:

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓްކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީއާއި، ޓްރާންސްކްރިޕްޓުގެ ކޮޕީ)

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިޔަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ (މިފަދަ ސެޓުފިކެޓުތައް އެކްރެޑިޓްކުރާކަށެއް ނުޖެހޭނެއެވެ.) ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، ޓްރާންސްކްރިޕްޓުގެ ކޮޕީ.

(ނ) ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

4. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

5. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ (ވަޒީފާ އަދާކުރި މުއްދަތާއި، ކުރި މަސައްކަތާއި، މުވައްޒަފުންގެ އަދަދު ބަޔާންކޮށްފައިވާ)

6. ވަޒީފާއަށް އެދޭ ފަރާތުގެ، ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.

7. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު.

އެހެނިހެން ކަންތައްތައް:

- މި މަޤާމަށް ކުރިމަތިލާ މީހުންނަކީ، އުމުރުން 55 އަހަރުވެފައިވާ މީހުންކަމުގައި ވެގެންނުވާނެއެވެ.

- ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ސުންގަޑި ހަމަވުމަށްފަހު ހުށަހަޅާ ހުށަހެޅުންތަކާއި، އެޓޭޗްކުރަންޖެހޭ ލިއުންތައް ހަމަނުކޮށް ހުށަހަޅާ ހުށަހެޅުންތަކާއި، ފުރިހަމަނުކޮށް ހުށަހަޅާ ހުށަހެޅުންތައް ބަލައެއް ނުގަނެވޭނެއެވެ.

އިތުރު މަޢުލޫމާތު:

މި  އިޢުލާނާ  ގުޅިގެން  އިތުރު  މަޢުލޫމާތު  ސާފުކުރަން   ބޭނުންވާނަމަ،  މި  އޮފީހުގެ  6740017  ނަންބަރު  ފޯނަށް، ނުވަތަ  6740018  ނަންބަރު  ފޯނަށް  ގުޅުން  އެދެމެވެ. ފެކްސް  ނަންބަރަކީ،  6740019  އެވެ. އީމެއިލް  އެޑްރެހަކީ، [email protected] އެވެ.

10 ޞަފަރު 1438

10 ނޮވެންބަރު 2016
ހޯދާ