ކަނޑޫދޫ ސްކޫލް
ދިވެހިރާއްޖެ
މަރާމާތުތައް ކޮށްދޭނެ ފަރާތެއް ހޯދަން

އިޢުލާން

މި ސްކޫލުގެ ތިރީގައި މިދަންނަވާ މަރާމާތުތައް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

  • ވަށާފާރުގައި ސިމެންތި ޖެހުން
  • 1 ކްލާސްރޫމުގައި މިހާރުހުރި ތަޅުންގަނޑު ތަޅާލައި، އަލުން ތަޅުން އަޅައި މުށިޖެހުން
  • 1 ކުލާސްރޫމުގައި މިހާރުހުރި ސީލިންގ ރޫޅައި އަލުން ސީލިންގ އެޅުމާއި، ކަރަންޓް ވައިރު ރަނގަޅުކުރުން
  • ދިޔަދޮވި މަރާމާތު ކުރުން
  • އިމާރާތުގައި ކުލަލުން

ވީމާ، އަމިއްލަ ތަކެތީގައި މި މަސައްކަތްތައް ކޮށްދެއްވަން ބޭނުންވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ގަޑިއަށް ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ކަނޑައެޅިފައިވާ ގަޑިއަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަދި އަންދާސީހިސާބު ހުށަހެޅުއްވުމަށް ފުރުޞަތު ދެވޭނީ، މަޢުލޫމާތު ސާފުކުރެއްވުމަށް ކަނޑައެޅިފައިވާ ގަޑިއަށް ވަޑައިގަންނަވާ ފަރާތްތަކަށް ކަމުގައިވެސް ދެންނެވީމެވެ. މަޢުލޫމާތު ސާފުކުރެއްވޭނީ، ވަޑައިގަންނަވާ ކޮންމެ ބޭފުޅަކަށްވެސް އެއްފަރާތެއްގެ ނަމުގައެވެ. އަދި ބަދަލުގައި ވަޑައިގަންނަވާ ފަރާތްތަކަށްވެސް މަޢުލޫމާތު ސާފުކުރެއްވޭނީ އެއްފަރާތެއްގެ ނަމުގައެވެ. އަދި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބުތަކާއި ކަނޑައެޅިފައިވާ ވަގުތުގެ ފަހުން ހުށަހަޅުއްވާ އަންދާސީހިސާބުތައް ބާޠިލުކުރެވޭނެ ކަމުގައި ދަންނަވަމެވެ.

މަޢުލޫމާތު ސާފުކުރުމަށް ހަމަޖެހިފައިވާ ތާރީޚު

އަންދާސީހިސާބު ހުށަހަޅަން ހަމަޖެހިފައިވާ ތާރީޚު.

2016 ނޮވެންބަރު 10 ވާ ބުރާސްފަތިދުވަހުގެ 11:30

2016 ނޮވެންބަރު 15 ވާ އަންގާރަދުވަހުގެ 11:30

އިތުރު މަޢުލޫމާތެއް ސާފުކުރެއްވުމަށް ބޭނުންފުޅުވާނަމަ، ރަސްމީގަޑީގައި 6780573 ފޯނާ ގުޅުއްވުމުން މަޢުލޫމާތު ސާފުވެވަޑައިގަންނަވާނެއެވެ. ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ

6 ޞަފަރު 1438

06 ނޮވެންބަރު 2016
ހޯދާ