މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން
ދިވެހިރާއްޖެ
ޑިޖިޓަލް މީޑިއާ ކޮންސަލްޓެންޓް

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މި ކޯޕަރޭޝަނުގެ IUL)MMPRC-HR/1/2016/60) ނަންބަރުގެ އިޢުލާނުގައި، "މަލްޓި މީޑިއާ ސްޕެޝަލިސްޓް" ގެ މަޤާމަށް މީހަކު ބޭނުންވާކަމަށް ލިޔެވިފައިވަނީ ލިޔުމުގެ ކުށަކުންނެވެ. ބޭނުންވަނީ، ޑިޖިޓަލް މީޑިއާ ކޮންސަލްޓެންޓުގެ މަޤާމަށް މީހަކު ހޯދާށެވެ. އެހެންކަމުން، އެ އިޢުލާން ބާޠިލްކޮށްފައި، ޑިޖިޓަލް މީޑިއާ ކޮންސަލްޓެންޓުގެ މަޤާމަށް މީހަކު ހޯދަން އިޢުލާން ކުރަމެވެ.

މަޤާމުގެ ނަން: ޑިޖިޓަލް މީޑިއާ ކޮންސަލްޓެންޓް

ބޭނުންވާ އަދަދު: 1 (އެކެއް)

މުސާރަ: މަހަކު -/8,000 ރުފިޔާ

އެލަވަންސް: މަހަކު -/14,000 ރުފިޔާ

ޑިޕާޓްމަންޓް / ސެކްޝަން: ޑެސްޓިނޭޝަން މާކެޓިންގ/ ޑިޖިޓަލް މީޑިއާ އެންޑް އޮންލައިން މާކެޓިންގ

މަޤާމުގެ ޝަރުޠު:

- މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛

- މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، ޑިޓަލް މީޑިއާ/ސޮފްޓްވެއަރ ޑިޒައިނިންގެ ދާއިރާގައި މަދުވެގެން 3 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

1. މި ކޯޕަރޭޝަނުގެ ޑިޖިޓަލް މީޑިއާ އެންޑް އޮންލައިން މާކެޓިންގ ސެކްޝަނުގެ މަސައްކަތްތައް ކުރިއަށްގެންދިއުން.

2. ޑިޖިޓަލް މީޑިއާ ކެމްޕެއިންތައް ރާވައި، އެ ކެމްޕެއިންތައް ކުރިއަށްގެންދިއުން.

3. މި ކޯޕަރޭޝަނުގެ ވެބްސައިޓުގެ އޯޑިއަންސަށް ކަމުދާނެފަދަ ތަފާދު ބައިތައް (ފޮޓޯ، ވީޑިއޯ، މަޢުލޫމާތު) ހިމަނައިގެން ވެބްސައިޓް ޑިވޮލޮޕްކޮށް، ވެބްސައިޓް މޮނިޓަރކޮށް، އެންމެހައި މަސައްކަތްތައް ރާވައި، ހިންގައި ބެލެހެއްޓުން.

4. މި ކޯޕަރޭޝަނަށް ބޭނުންވާ ސޮފްޓްވެއަރ ތައްޔާރުކުރުމާއި، ސޮފްޓްވެއަރ ބެލެހެއްޓުން.

ސިޓީ ފޮނުވަންވީ ތާރީޚާއި ތަން: 

2016 ނޮވެންބަރު 10 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން، ވެލާނާގޭގެ 4 ވަނަ ފަންގިފިލާގައި ހުންނަ މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަނަށް.

:ހުށަހަޅަންޖެހޭ ލިޔުންތައް

- ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ.

- ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ވަނަވަރު.

- ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (މިބައިގައި މާކްސް ދެވޭނީ، އެކްރެޑިޓްކޮށް އެޓެސްޓްކޮށްފައިވާ ސެޓުފިކެޓުތަކަށެވެ.)

- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

- ކުރިން ވަޒީފާ އަދާކޮށްފައިވާނަމަ، ވަޒީފާ އަދާކުރި އޮފީހުގެ ލިޔުން (މިބަޔަށް މާކްސް ދެވޭނީ، ލިޔުން ހުށަހަޅާފައިވާނަމައެވެ.)

މި މަޤާމަށް މީހަކު ހޮވުމުގައި އިސްކަންދޭނެ ކަންކަން:

- މި މަޤާމަށް މީހަކު ހޮވުމުގައި، ފަތުރުވެރިކަމުގެ ސިނާޢަތުގައި މަސައްކަތްކޮށްފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

- މިމަޤާމަށް މީހަކު ހޮވުމުގައި، ދިވެހިބަހާއި، އިނގިރޭސިބަހުގެ އިތުރުން، އެހެން ބަސްތަކުން ލިޔަންކިޔަން އެނގޭ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

 

އިންޓަވިއު:

މި މަޤާމަށް އިންޓަވިއު ކުރެވޭނީ، ޝަރުޠު ހަމަވާ، ތަޢުލީމާއި ތަޖުރިބާގެގޮތުން އެންމެ މަތީ 5 ފަރާތަކާއެވެ. ޝޯޓް ލިސްޓް ކުރެވޭފަރާތްތައް ފިޔަވައި އެހެން ފަރާތްތަކަށް، ނުހޮވުނުކަމުގެ ސިޓީއެއް ނުފޮނުވޭނެއެވެ.

ސިޓީ އެޑްރެސްކުރާނެ ގޮތް:

ހާރިޘް މުޙައްމަދު، އެކްޓިންގ މެނޭޖިންގ ޑިރެކްޓަރ،

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން

:އިތުރު މަޢުލޫމާތު

އިތުރު މަޢުލޫމާތު ހޯދުމަށް ގުޅާނީ، 3323228 ނަންބަރު ފޯނަށެވެ.

7 ޞަފަރު 1438  

07 ނޮވެންބަރު 2016
ހޯދާ