އިލެކްޝަންސް ކޮމިޝަނުގެ އިދާރާ
ދިވެހިރާއްޖެ
ފުވައްމުލަކު ސިޓީގެ މީހުން ދިރިއުޅޭ އަވަށްތަކުގައި ބަހައްޓާ ވޯޓުފޮށީގެ ނަންބަރާއި، ވޯޓުފޮށީގެ ނަމާއި، ވޯޓުލާ ސަރަޙައްދާއި ވޯޓުފޮށި ބަހައްޓާ ރަށާއި ތަން

އިޢުލާން

2017 ޖެނުއަރީ 14 ވާ ހޮނިހިރުދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި، ފުވައްމުލަކު ސިޓީގެ މީހުން ދިރިއުޅޭ އަވަށްތަކުގައި ބަހައްޓާ ވޯޓުފޮށީގެ ނަންބަރާއި، ވޯޓުފޮށީގެ ނަމާއި، ވޯޓުލާ ސަރަޙައްދާއި ވޯޓުފޮށި ބަހައްޓާ ރަށާއި ތަން މިދަންނަވަނީއެވެ.

ވޯޓުފޮށި ބަހައްޓާ ރަށް/ތަން

ވޯޓުލާ ސަރަޙައްދު

ވޯޓުފޮށީގެ ނަން

ވޯޓުފޮށީގެ ނަންބަރު

#

ޏ. ފުވައްމުލައް

މަދަރަސަތުއް ޝައިޚު މުޙައްމަދު ޖަމާލުއްދީން މަދަރުސާ ހޯލް

މި ފޮށްޓަށް ވޯޓުލާނީ ދަޑިމަގު އަވަށު މީހުންނާއި ދަޑިމަގު އަވަށުގައި ދިރިއުޅޭ އެހެނިހެން ރަށްރަށުގެ މީހުންނެވެ.

ފުވައްމުލަކު އުތުރު ދާއިރާ-1

R01.01.1

      1

ޏ. ފުވައްމުލައް

އެމް.ޖޭ.އެމް ސްކޫލް

މި ފޮށްޓަށް ވޯޓުލާނީ ދިގުވާނޑު އަވަށު މީހުންނާއި ދިގުވާނޑު އަވަށުގައި ދިރިއުޅޭ އެހެނިހެން ރަށްރަށުގެ މީހުންނެވެ.

ފުވައްމުލަކު އުތުރު ދާއިރާ-2

R01.01.2

     2    

ޏ. ފުވައްމުލައް

ކިޑްސް ގާޑަން (ހޯދަޑު ރައްޔިތުންގެ ސްކޫލް)

މި ފޮށްޓަށް ވޯޓުލާނީ ހޯދަޑު އަވަށު މީހުންނާއި ހޯދަޑު އަވަށުގައި ދިރިއުޅޭ އެހެނިހެން ރަށްރަށުގެ މީހުންނެވެ.

ފުވައްމުލަކު އުތުރު ދާއިރާ-3

R01.01.3

 3   

ޏ. ފުވައްމުލައް

ޒުވާނުންގެ މަރުކަޒު

މި ފޮށްޓަށް ވޯޓުލާނީ މާދަޑު އަވަށު މީހުންނާއި މާދަޑު އަވަށުގައި ދިރިއުޅޭ އެހެނިހެން ރަށްރަށުގެ މީހުންނެވެ.

ފުވައްމުލަކު މެދު ދާއިރާ-1

R02.01.1

  4  

ޏ. ފުވައްމުލައް

ޏ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ހޯލުގައި

މި ފޮށްޓަށް ވޯޓުލާނީ އޯކިޑްމަގުގެ ކީރަންމާގެއިން ފެށިގެން ދުވައްފާނޑުމަގުން ގޮސް، އޯކިޑްމަގުން ގޮސް، ޣާޒީމަގުން ގޮސް، ހުސްނުހީނާމަގުން ގޮސް، ވެޑިވަންމަގުން ގޮސް، އަލިވާމަގުން ގޮސް، ޖަމާލުއްދީންނައިބުތުއްތުމަގުން ގޮސް، ޕަބްލިކް ވަރކްސް ސައިޓުގެ ދެކުނަށް ގޮސް، ސަންފާގެމަގުން ގޮސް، ދުއްވާފަނޑުމަގަށް ވަށާލެވިފައިވަ ގޭގޭގައި ރަޖިސްޓަރީ ކޮށްފައިވާ މީހުންނާއި މިސްކިތްމަގު އަވަށުގައި ދިރިއުޅޭ އެހެނިހެން ރަށްރަށުގެ މީހުންނެވެ.

ފުވައްމުލަކު މެދު ދާއިރާ-2

R02.01.2

      5      

ޏ. ފުވައްމުލައް

މިސްކިތްމަގު އަންހެނުންގެ ކޮމެޓީގެ ޢިމާރާތް

މި ފޮށްޓަށް ވޯޓުލާނީ ވެޑިވަންމަގުގެ ދެކުނަށް ގޮސް، އަލިވާމަގުން ނައިބުތުއްތުމަގަށް ގޮސް، ނައިބުތުއްތުމަގުގެ ދެކުނަށް، ސްޑޭޑިއަމްގެ އިރުދެކުނަށް ގޮސް، ފުނާޑާއި މިސްކިތްމަގާގުޅޭ އިންމަތިން އުތުރަށް ގޮސް، ހުސްނުހީނާ މަގުގެ ދެފަރާތް ހިމެނޭ ސަރަޙައްދުން ގޮސް ދަށުކުބައިގެޔާ ހަމައަށް ހުރި ގޭގޭގައި ރަޖިސްޓަރީކޮށްފައިވާ މީހުންނެވެ.

ފުވައްމުލަކު މެދު ދާއިރާ-3

R02.01.3

      6      

ޏ. ފުވައްމުލައް

މާލެގަން ޕްރީސްކޫލް (މާލެގަން ރައްޔިތުންގެ ސްކޫލް)

މި ފޮށްޓަށް ވޯޓުލާނީ މާލެގަން އަވަށު މީހުންނާއި، މާލެގަމުގައި ދިރިއުޅޭ އެހެނިހެން ރަށްރަށުގެ މީހުންނެވެ.

ފުވައްމުލަކު މެދު ދާއިރާ-4

R02.01.4

      7      

ޏ. ފުވައްމުލައް

ހާފިޒު އަޙްމަދު ސްކޫލް

މި ފޮށްޓަށް ވޯޓުލާނީ ފުނާޑު އަވަށުގައި ދިރި އުޅޭ މީހުންގެ ތެރެއިން މި ފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރިކޮށްފައިވާ މީހުންނާއި ފުނާޑު އަވަށުގައި ދިރިއުޅޭ އެހެނިހެން ރަށްރަށުގެ މީހުންނެވެ.

ފުވައްމުލަކު ދެކުނު ދާއިރާ-1

R03.01.1

8  

ޏ. ފުވައްމުލައް

ފުވައްމުލަކު ސްކޫލްގެ ސްޓާފްރޫމް (ގޭޓް ނަންބަރު 1 ވަންނަ)

މި ފޮށްޓަށް ވޯޓުލާނީ ދޫނޑިގަން އަވަށުގެ މާލެގަމާ ގުޅުނު ހިސާބުން ފެށިގެން ދެކުނަށް ގޮސް ބަހަރުމަގުގެ ދެފަރާތް ހިމެނޭގޮތަށް ބޮޑުފަންނުމަގުގެ އުތުރުފަރާތުން ގޮސް ފުނާޑު އަވަށާ ހަމައަށް ހުރި ގޭގޭގެ ރަޖިސްޓަރީގައިވާ މީހުންނާއި ދޫނޑިގަން އަވަށުގައި ދިރިއުޅޭ އެހެނިހެން ރަށްރަށުގެ މީހުންނެވެ.

ފުވައްމުލަކު ދެކުނު ދާއިރާ-2

R03.01.2

9

ޏ. ފުވައްމުލައް

ފުވައްމުލަކު ސްކޫލްގެ ހޯލް (ގޭޓް ނަންބަރު 2 ވަންނަ)

މި ފޮށްޓަށް ވޯޓުލާނީ ބޮޑުފަންނުމަގުގެ އިރުދެކުނަށް ގޮސް ޖަމާލުއްދީން ނައިބުތުއްތުމަގާ ދޭތެރޭ ހިމެނޭ ގޭގޭގެ ރަޖިސްޓަރީގައިވާ މީހުންނެވެ.

ފުވައްމުލަކު ދެކުނު ދާއިރާ-3

R03.01.3

10

މިހެންވެ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

1 ޞަފަރު 1438

01 ނޮވެންބަރު 2016
ހޯދާ