ހުވަދުއަތޮޅު އުތުރުބުރީ ކޮނޑޭ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކޮނޑޭއިން ގޯތި ދޫކުރުން

އިޢުލާން

ކޮނޑޭއިން ގޯތި ދޫކުރުން:

ކޮނޑޭގެ ހުޅަނގު ދެކުނުން މުޙައްމަދު އަމީނު މަގުގެ ހުޅަނގުން ދިޔަދޫ ސައިޓް މަގުގެ ދެކުނުން 3000 (ތިންހާސް) އަކަފޫޓުގެ 11 ގޯތި ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.

ވީމާ، ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ބޭނުންވާ ފަރާތްތަކުން 2016 ނޮވެންބަރު 20 ވަނަ ދުވަހުގެ 13:00 ގެ ކުރިން ފޯމު ހުށަހެޅުން އެދެމެވެ. ގޯއްޗަށް އެދޭ ފޯމު މި އިދާރާގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ. މުއްދަތުހަމަވާ ފަހުން ހުށަހަޅާ ފޯމުތައް ބަލައިނުގަނެވޭނެއެވެ.

ގޯއްޗަށް އެދި ކުރިމަތިލާ ފަރާތްތަކުގެ ކިބައިގައި ހުންނަންޖެހޭ ޝަރުޠުތައް:

  • ދިވެހި ރައްޔިތެއް ކަމުގައިވުން.
  • އުމުރުން 21 އަހަރު ފުރިފައިވުން.
  • ބަންޑާރަ ގޯއްޗެއް ނުވަތަ އަމިއްލަ ގޯއްޗެއް އެމީހެއްގެ ނަމުގައި ރަޖިސްޓަރީ ވެފައި ނެތުން.
  • އަމިއްލަ ނުވަތަ ބަންޑާރަ ގޯއްޗެއްގައިވާ ނުއުފުލޭ މުދަލުން ލިބިގެން އެފަދަ ގޯއްޗަކުން 600 އަކަފޫޓަށްވުރެ ބޮޑުބައެއް ލިބިފައިނުވުން، ނުވަތަ ލިބިފައިވާ މިފަދަ ބައެއް، ބަންޑާރަގޯތި ދޫކުރުމާބެހޭ ގަވާއިދުގައިވާ ގޮތުގެ މަތިން ދޫކޮށްލުމަށް އެއްބަސްވުން.
  • އެއްމެދު ޢިމާރާތެއް ނުވަތަ ފުލެޓެއް އެމީހެއްގެ ނަމުގައި ރަޖިސްޓަރީވެފައި ނުވުން، ނުވަތަ މިފަދަ ތަނެއް އަމިއްލަ ނަމުގައި އޮވެ، މިތަން ދޫކޮށްލައި ނުވަތަ ވިއްކާފައިވާތާ 2 އަހަރުދުވަހަށް ވުރެ ގިނަ ދުވަސް ވެފައިވުން.
  • ހުށަހަޅާ ފަރާތުގެ އަނބި ނުވަތަ ފިރިމީހާއަށް ގޯއްޗެއް ލިބިފައި ނުވުން.

ގޯއްޗަށް އެދޭ ފަރާތަތްކަށް ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވާ ގޮތް:

1. ގޯއްޗަށް އެދޭ ފަރާތުގެ އަނބިމީހާ ނުވަތަ ފިރިމީހާއަށް 600 އަކަފޫޓުގެ ބިމެއް ނުވަތަ ފުލެޓެއް ނުވަތަ ފުލެޓަކުން ބައެއް ލިބިފައިނުވާނަމަ، 50 ޕޮއިންޓް.

  ހ. ލިބިފައިވާ ގޯއްޗެއް ދޫކުރުމަށް އިޤްރާރުވާނަމަ، ބެލެވޭނީ ގޯއްޗެއް ނެތްކަމަށެވެ.

2. މީހަކާ އިނދެގެން ހުރިނަމަ، 15 ޕޮއިންޓް.

3. 18 އަހަރުން ދަށުގެ ކުއްޖަކު ހުރިނަމަ، 4 ޕޮއިންޓް.

  ހ. 18 އަހަރުން ދަށުގެ ކުދިންގެ އަދަދު އެއްކުއްޖަކަށްވުރެ ގިނަނަމަ، އިތުރުވާ ކޮންމެ ކުއްޖަކަށް 3 ޕޮއިންޓް. (މިބަޔަށް އެންމެ ގިނައިން ދެވޭނީ 10 ޕޮއިންޓެވެ.)

4. ކޮނޑޭގައި ދިރިއުޅޭ ފަރާތެއްނަމަ 7 ޕޮއިންޓް.

  ހ. ކޮނޑޭގައި ދިރިއުޅޭ ފަރާތެއްކަމުގައި ބެލެވޭނީ، ވޭތުވެދިޔަ 3 އަހަރުދުވަހުގެ ތެރޭގައި މެދުނުކެނޑި ކޮނޑޭގައި ދިރިއުޅެފައިވާނަމައެވެ.

5. ކޮނޑޭ ނޫން އެހެން ރަށެއްގެ ރައްވެއްސެއްނަމަ، 18 ޕޮއިންޓް.

ގޯތި ދޫކުރާނެ ފަރާތްތައް ކަނޑައެޅުން:

ގޯތި ދޫކުރާނެ ފަރާތްތައް ކަނޑައަޅާނީ، ގޯތި ދޫކުރުމަށް މި އިދާރާއިން ކަނޑައަޅާފައިވާ ކޮމިޓީން ފޯމުތައް ދިރާސާކޮށް މާކްސް ދިނުމަށްފަހު، އެންމެ މަތިން މާކްސް ލިބޭ 11 ފަރާތަށެވެ. މިގޮތުން ޕޮއިންޓް ދިނުމުގައި 11 ވަނައަށް އެއްފަރާތަށް ވުރެ ގިނަ ފަރާތް ހޮވިއްޖެނަމަ، 11 ވަނަ ފަރާތް ކަނޑައަޅާނީ ގުރުއަތުލައިގެންނެވެ.

24 މުޙައްރަމް 1438

25 އޮކްޓޫބަރު 2016
ހޯދާ